08 ސެޕްޓެމްބަރ 2018
މި މަހު އޮންނަ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބުކުރެވިދާނެ ކަމަށް ވިސްނައި، "އަތް އުރާލައިގެން" ތިބެއްޖެ ނަމަ 2008ގައި ފެނުނު ފަދަ އަވާމެންދުރެއް ފެނިދާނެކަމުގެ އިންޒާރު ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް މިއަދު ދެއްވައިފި އެވެ.
މި މަހު އޮންނަ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބުކުރެވިދާނެ ކަމަށް ވިސްނައި، "އަތް އުރާލައިގެން" ތިބެއްޖެ ނަމަ 2008ގައި ފެނުނު ފަދަ އަވާމެންދުރެއް ފެނިދާނެކަމުގެ އިންޒާރު ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް މިއަދު ދެއްވައިފި އެވެ.
ލ. މާމެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ "ފަސޭހަ އިންތިހާބެއް" ނޫން ކަމަށެވެ. އެ ގޮތަށް ވިދާޅުވެފައި އެމަނިކުފާނު މިސާލު ދެއްކެވީ މިހާރު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމަށް 2008 ގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީންނެވެ.
"[ރިޔާސީ އިންތިހާބު ބޭއްވި] 2008 ގައި ވަރަށް ހިތްހަމަޖެހިގެން، [އަދި] ހަމަޖެހިލައިގެން ތިބީ ރައީސް މައުމޫން ހޮވޭނެ ކަމަށް. ނޫނިއްޔާ މައުމޫން ގެންނެވި ތަރައްގީއަށް ބަދަލެއް ނާންނާނެ ކަމަށް،" އެ އިންތިހާބުގައި މައުމޫން ހޮވަން މަސައްކަތް ކުރެއްވި ރައީސް ޔާމީން ވިދާޅުވި އެވެ.
އެކަމަކު "އަޅުގަނޑުމެންނަށް އަވާމެންދުރު ދެއްތޯ ފެނިގެން ދިޔައީ. އެއަށް ޖާގަ ނުދެއްވާ މިފަހަރު."
ރައީސްގެ މި ވާހަކަފުޅު މިއައީ "85 ޕަސެންޓް"، "80 ޕަސެންޓް" ގެ ތަފާތަކުން އެމަނިކުފާނަށް މި ފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް އެންމެ އަރިސް ބޭފުޅުން އެކި ފަހަރުމަތިން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ. އެކަމަކު އެވަރުގެ ތަފާތަކުން ރައީސް މައުމޫން ހޮވިވަޑައިގެންފާނެ ކަމަށް، 2008 ގައި އެކަކު ވެސް ނުބުނެ އެވެ.
އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބު ރިޕީޓްވެދާނެތީ އެކަމަށް ޕީޕީއެމްގެ މެމްބަރުން ސަމާލުވާން އެދިވަޑައިގަތުމުގެ އިތުރުން ރައީސް ޔާމީން ގޮވާލެއްވީ އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދޭ ހަދިޔާތަކަށް ވިސްނުން ދޫކޮށްނުލުމަށެވެ.
"ވަރަށް ހަދިޔާ ހިނގާނެ. ވަރަށް ހަދިޔާ އެ ބޭފުޅުންނަށް ލިބޭނެ. އެބޭފުޅުންގެ އަތުގައި އެ ތަނަވަސްކަން އެބަހުރި،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު، އެ ހަދިޔާގައި [ހިފީމަ] ގާދޫކޮލުން ނުކުމެގެން ދާނީ އަޅުގަނޑުމެންގެ ދީނާއި މިނިވަންކަމާއި އަޅުގަނޑުމެންގެ ގައުމިއްޔަތު. އަމާންކަމާ ހުރިހާ ކަމެއް ނިމިގެންދާނެ."
ރައީސް މިއަދު ވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަކީ ސިޔާސީ ވޯޓެއް ނޫން ކަމަށެވެ. މިއީ ވަކި ޕާޓީގެ ފިކުރަކަށް ދޭ ވޯޓެއް ނޫން ކަމަށާއި މިއީ ގައުމީ ވޯޓެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ބޭފުޅުންގެ ގޮތުގައި ތިއްބެވީ "އަމިއްލަ މުހުތާދުތަކެއް" ފުއްދަވަން މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށެވެ. އެކަމަކު، ރާއްޖޭގައި ހުރި ހުރިހާ "ފަޅެއް އެކަކަށް" ނުދެވޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ބުނާ ކަންކަން ކޮށްދެވެން ނެތް ކަމަށް، އިދިކޮޅު އެއް ލީޑަރު ގާސިމް އިބްރާހިމަށް އަމާޒުކުރައްވާ، ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ލ. މާމެންދު އަށް ވަޑައިގެން އެ ރަށުގެ ނަރުދަމާގެ ހިދުމަތް ފައްޓަވައި ދެއްވަނީ - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ރައީސް މިއަދު ވެސް ވިދާޅުވީ އިންސާފުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފަދަ ބޭރުގެ ފަރާތްތަކަށް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ފަދަ ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ތަންފީޒު ކުރަމުން ދަނީ ރާއްޖޭގެ ގާނޫނުތައް ކަމަށެވެ.
މީހަކު ކުށްވެރިވަނީ އެ މީހަކަށް ކޯޓުގައި މައުސޫމްކަން ސާބިތުނުކޮށް ދެވުމުން ކަމަށާއި އެއީ ކޯޓުތަކުގައި ހިނގާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ކޯޓުގައި މައުސޫމްކަން ބަޔާން ނުކޮށްދެވިއްޖަ ނަމަ އޭގައި ރައީސް ކުރާނެ ކަމެއް ނެތް،" އިދިކޮޅު ހުރިހާ ލީޑަރުންހެން ޖަލަށް ލާފައި ވާތީ އަމާޒުވެފައިވާ ފާޑުކިއުންތައް ދިފާއުކުރައްވަން ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ބޭފުޅުންނަށް ކުރެއްވޭނެ ކަމަކީ ދޮގު ތުހުމަތުތަކާއި އަބުރު ނަގާލުމެވެ. އަދި އެކަންކަމާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރުކާރުގައި ނޫނީ ދައުލަތުގެ މަސްއޫލުވެރިއަކު ގޯހެއް ހަދައިފި ނަމަ، އެ ވާހަކަ ދެއްކެން ވާނެ. އެކަމަކު ތުހުމަތުކޮށްގެން އަސާސެއް ނެތް ވާހަކަ ދައްކާކަށް ޖާގައެއް ނުލިބޭނެ،" ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ނޫން މީހަކު އިހްތިޔާރު ކުރަން ނެތް: ރައީސް
ރައީސް ޔާމީން ލ. އަތޮޅަށް ވަޑައިގެންފި
އިގްތިސާދީ ވާހަކަ ދައްކާނީ އަޅުގަނޑުގެ ހިޔަނީގައި ހުރެ
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް
އިބޫ ވައުދުވަނީ ފުރިހަމަކޮށްދިން ކަންކަމަށް: ރައީސް
ސިޔާސީ ވޯޓަކަށް ނަހަދައި، ތަރައްގީއަށް ވޯޓު ދީ: ރައީސް
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ