Roadha Mihaaru
ރައީސް ޔާމީން ލ. އަތޮޅަށް ވަޑައިގެންފި

ރައީސް ޔާމީން ލ. އަތޮޅަށް ވަޑައިގެންފި

08 ސެޕްޓެމްބަރ 2018

ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމާއި ރިޔާސީ ކެމްޕޭނަށް، ލ. އަތޮޅުގެ ފަސް ރަށަކަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމާއި ރިޔާސީ ކެމްޕޭނަށް، ލ. އަތޮޅުގެ ފަސް ރަށަކަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ލ. ހިތަދޫގައި ހެދި ބަނދަރު ހުޅުއްވައިދެއްވުމަށް އެރަށަށެވެ.

އޭގެ ފަހުގައި، އެމަނިކުފާނު ލ. މާމެންދު އަށް ވަޑައިގެން އެ ރަށުގައި ގާއިމްކުރި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށް ދެއްވާނެ އެވެ. އަދި ލ. މާބައިދޫ ބަނދަރު ވެސް ހުޅުއްވައި ދެއްވާނީ ރައީސް ޔާމީން އެވެ.

ރައީސްގެ ދަތުރުފުޅުގައި ހަތަރު ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ ލ. ގަމަށެވެ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރާއި ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައި ދެއްވާނެ އެވެ. އަދި ރައީސްގެ ފަހު މަންޒިލެއްގެ ގޮތުގައި ލ. ފޮނަދު އަށް ވަޑައިގެން ފެނުގެ ހިދުމަތް ފައްޓަވައި ދެއްވާނެ އެވެ.

ރައީސް މިއަދު ލ. ކައްދޫ އެއާޕޯޓަށް ވަޑައިގަތުމާ ގުޅިގެން ހައްދުންމަތީގެ ގިނަ ބަޔަކު ނުކުމެ، އެމަނިކުފާނަށް ހޫނު މަރުހާބާއެއް ދެންނެވި އެވެ.