06 ޖުލައި 2018
މި އަހަރުގެ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ 60 ޕަސެންޓު ވޯޓު ހޯއްދަވައިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ 60 ޕަސެންޓު ވޯޓު ހޯއްދަވައިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ފޮނަދޫ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު، ރައީސް ޔާމީން ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ ކިހާ ބޮޑު ތަފާތަކުންތޯ "މިހާރު" ން ފަހުން ކުރި ސުވާލުގެ ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ، އެއީ 60 ޕަސަންޓު ވޯޓުން ކަމަށެވެ. އަދި އިންތިޚާބަށް ކުޑަތަން ވެފައި ވާއިރު، އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން، އިންތިޚާބު ކާމިޔާބު ކުރައްވާނީ 60 ޕަސެންޓުން ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިދިޔަ މަހުގެ 30 ގައި ވިދާޅުވެފައިވާ އަދަދަކީ 52 ޕަސެންޓެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ހުރިހާ ދިވެހިން ވަނީ ރައީސް ޔާމީން، ތަޖުރިބާ އަދި ޓެސްޓްކޮށްފަ އެވެ. މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން "އޭ ޕްލަސް ރިޕޯޓެއް" ހޯއްދަވައި، އެންމެން ފަޚުރުވެރިވާ ލީޑަރަކަށް ވެވަޑައިގެންފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެ އަށް ތަރައްގީ އާއި ކުރިއެރުންތައް ގެނެސް ދެއްވަނީ ރައީސް ޔާމީން ކަމަށް ވިދާޅުވެ، އާދަމް ޝަރީފް ވަނީ ރާއްޖެ އަށް ގެނައި ކުރިއެރުމުގެ "ބާނީ" އަކީ ރައީސް ޔާމީން ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖޭގެ ކަނބަލުން ބާރުވެރި ކުރުމަށް ރައީސްގެ އަނބިކަނބަލުން [ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް] ކުރެއްވި މަސައްކަތަކީ ރާއްޖޭގެ ރައީސް ކަމަށް [ޔާމީން] ދެވަނަ ފަހަރަށް ގެނައުމަށް އެހީތެރިކަން ލިބޭނެ ކަމެއް،" ފޮނަދޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް މިފަހަރު ވޯޓު ދޭން ތިބީ ރައީސް ޔާމީނަށެވެ. އެއާ އެކު، ތަރައްގީ އަށް ލޯބިކުރާ ހުރިހާ އެންމެންނާއި އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ވެސް ރައީސް ޔާމީނަށް ވޯޓު ދޭނެ މީހުން އެބަަތިބި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
މިދިޔަ ފަސް އަހަރު ފޮނަދޫ ދާއިރާ ގައި ގިނަ ކުރިއެރުންތަކެއް ހޯދިކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެ ކުރިއެރުންތައް ދަމަހައްޓައި، އިތުރު ކުރިއެރުންތައް ބޭނުންވާ ނަމަ، ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ފޮނަދޫ ރައްޔިތުން ވަރުގަދަ އަޒުމެއްގައި މަސައްކަތް ފައްޓަން ޖެހޭ ކަމަށެވެ.
"ހުރިހާ އެންމެން އަތް ގުޅާލައިގެން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން މަސައްކަތް ކުރަން ޖެހޭ. އުންމީދު ކުރަނީ އަދި ޔަގީން ކުރަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ނިސްބަތުގައި މިފަހަރު ފޮނަދޫ އަކީ އެއްވަނަ ހޯދާނެ އަހަރަކަށް ވެގެންދާނެ ކަމަށް،" ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ލ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ވަޒީރު އާދަމް ޝަރީފް ވިދާޅުވި އެވެ.
"އުންމީދު ކުރަނީ މުޅި ރާއްޖެ އިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާ އަތޮޅަކަށް މި އަތޮޅު ވެގެން ދާނެ ކަމަށް."
ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް
އަޅުގަނޑު ނޫން މީހަކު އިހްތިޔާރު ކުރަން ނެތް: ރައީސް
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ރައީސްގެ ވާހަކަފުޅު އަމާޒުވަނީ އެމަނިކުފާނަށް: މާރިޔާ
ރައީސް ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން:އަދުރޭ
އެންމެ ކޮރަޕްޓް މީހުން ތިބީ އިދިކޮޅުގައި: ރައީސް
ރައީސް ޔާމީން ސިޔާސީ ގޮތުން ވިސްނުން ތޫނު: މަސީހް