Roadha Mihaaru
ސިޔާސީ ވޯޓަކަށް ނަހަދައި، ތަރައްގީއަށް ވޯޓު ދީ: ރައީސް

ސިޔާސީ ވޯޓަކަށް ނަހަދައި، ތަރައްގީ އަށް ވޯޓު ދީ: ރައީސް

02 ޖުލައި 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ދޭ ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހަދައި، ތަރައްގީ ދެމެހެއްޓުމަށް ދޭ ވޯޓަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ދޭ ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހަދައި، ތަރައްގީ ދެމެހެއްޓުމަށް ދޭ ވޯޓަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

ށ. ފުނަދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިމުން ފާހަގަ ކުރުމަށާއި ރަންވޭ އެޅުމުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިފަހަރުގެ ވޯޓަކީ ރަށުގެ ތަރައްގީ އާއި ހަމަޖެހުމަށް ދޭ ވޯޓަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެ ވޯޓަކީ އިސްލާމް ދީން ދެމިއޮތުމަށް ދޭ ވޯޓަކަށް ހަދަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އެއީ ސިޔާސީ ވޯޓެއް ކަމަށް ދެކިވަޑައިނުގަންނަވާ. ސިޔާސީ މަސައްކަތެއް ވޯޓުލުމަކީ. އެހާ އިހްތިރާމް ލިބިގެންވާ، އެހާ ރައްކާތެރި މަސައްކަތަކަށް ވޯޓުލުންވާތީ ސަރުކާރުން ހުއްޓުވާލީ ބާލިދީގައި ވޯޓު އަޅައިގެން ގެންދާ ގެންދިއުން. ބާލިދީ އާއި ލަކުޑި ބުރީގަ އާއި ލަކުޑި ފޮށީގަ އާއި އުވަގަށާ މެޝިނާއި ސިމެންތި ގަށާ މެޝިނުގައި ގެންދިއައީމަ އެއީ ވޯޓަށް އޮންނަ ކަރާމާތާއި އިހްތިރާމް ކެނޑިގެންދާ ކަމެއް،" އެމްޑީޕީގެ ޕްރައިމަރީގެ ވޯޓަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ފުނަދު އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ފުނަދު އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް އޮފީސް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލުހުން މެދުވެރިކޮށް، ޕްރައިމަރީ ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. އެގޮތުން ވޯޓުލާން ބޭނުން ކުރި ފޮށިތައް ފުލުހުން ގެންދިއުމާއެކު، ބައެއް ރަށްރަށުގައި ވޯޓު އެޅީ ބާލިދީ އާއި ޑަބިޔާ އާއި ސިމެންތި ގަށާ މެޝިންތަކުގަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ގެނެސްފައި ހުރި ތަރައްގީ ދަމަހައްޓާނީ ކިހިނެއްކަން ރައްޔިތުން ވިސްނަން ޖެހެ އެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަންކަމާއި ދައުލަތް ކުރިއަށް ގެންދިއުމާއި ރަށަށް އަންނަން ވާ ތަރައްގީއާ ބެހޭ ކަންކަން ނިންމާނީ ސިޔާސީ ވޯޓަކުން ނޫން ކަމަށާއި އެކަން މިނަން ވާނީ ރައްޔިތުންގެ ހިތްހަމަޖެހުމާއި ރައްޔިތުންގެ އުފާވެރި ކަމަށް ބެލުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުނަދޫގެ އެއާޕޯޓުގެ މަޝްރޫއުގެ ނުހިމަނައި ސަރުކާރުން އެ ރަށަށް 275 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ފުނަދޫ އެއާޕޯޓަށް 130 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފުނަދޫ ދާއިރާގައި ހިންގީ 105 މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ފުނަދު އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ފުނަދު އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް އޮފީސް

މި ތަފާސްހިސާބުތަކަށް ބަލާއިރު، ސިޔާސީ މިސްރާބު ގެންގުޅެއްވީ ކޮން ދިމާލަކަށް ކަން ފުނަދޫގެ ރައްޔިތުންނަށް އޮޅިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހއ. އާއި ހދ. އަދި ށ. އަތޮޅަކީ ޓޫރިޒަމްގެ ސިނާއަތުގައި ޖާގަ އޮތް ތަނެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފުނަދޫ އާއި ށ. ބިލެތްފަހީގައި އެއާޕޯޓެއް އަޅަނީ ޓޫރިޒަމްގެ ސިނާއަތް ތަރައްގީކޮށް، އަތޮޅުގެ ރައްޔިތުންނަށް އޭގެ ނަފާ ހޯދައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވިސްނުމުގައި ހުންނަން ޖެހޭނީ ރައްޔިތުންގެ މިހާރުގެ ހާލަތު، އެއަށްވުރެ ކުރިއަށް ދާން ބޭނުންވާ ކަމެވެ. އަދި ކޮންމެވެސް ނަސީބެއްގެ ތެރެއިން ކަންކަން ރަނގަޅުވެގެން ދާނެ ކަމަށް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެނިފެސްޓޯގައި ލިޔަނީ ހާލަތު އެނގިގެން، ހާލަތު ބަދަލު ކުރަން ބޭނުމޭ. ހާލަތު ބަދަލު ކުރަން ބޭނުންވަނީ ރައްޔިތުންގެ ތަރައްގީއަށްޓަކައޭ. އަދި އެ ތަރައްގީއަށްޓަކައި އެންމެ ދުވަހެއް ވެސް ނަގާލާކަށް ބޭނުމެއް ނޫނޭ. ތަރައްގީއަށްޓަކައި އަޅުގަނޑުމެން ބޭރުން ލޯނު ވެސް ނަގާނަމޭ،" ދަރަނި އަދާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ހުއްޓިފައި އޮތް ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ އައިހެވަންގެ މަޝްރޫއު ހުއްޓިފައި އޮތީ ކޮން ސަބަބަކާ ހުރެކަން ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ހުއްޓުވަން އިދިކޮޅު ފަރާތްތަކުން އުޅުނު މިންވަރު އެ މީހުންނަށް ވެސް އެނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމާ ނިންމުންތަކާ ދޭތެރޭގައި އެކި ފަރާތްތަކުގެ ފިއްތުން ހުރިވަރު، ރައްޔިތުންނަށް އެނގޭ. އެހެންވެ ކަންކަން ކުރުމުގައި ދަތިތަކެއް ހުންނާނެ ކަން ގަބޫލު ކުރައްވާ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ފ. އަތޮޅުގެ ބޮޑު މަޝްރޫއު، ސިޔާސީ އިދިކޮޅު މީހުން ހުއްޓުވާފައި އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ ވަކި ބަރެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުތައް ހިނގާނަމަ، ދައުލަތާއި ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ކަމަށާއި އެކަމުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ކީއްކުރަންތޯ ފަޅުގޮވާން ކުރާ ވާހަކަ ދައްކަންވީ މަކުނުދޫ ފަޅުތެރޭގައި؟ އެއީ އަޅުގަނޑުމެން ދައްކާނެ ވާހަކައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.