09 އޯގަސްޓް 2018
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފެށުމުން، އެ ގަވާއިދަށް ތައްޔާރުވުމުގެ ގޮތުން ކްރިމިނަލް ކޯޓުން މިއަދު ހުރިހާ ޝަރީއަތްތަކެއް ކެންސަލް ކޮށްފި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފެށުމުން، އެ ގަވާއިދަށް ތައްޔާރުވުމުގެ ގޮތުން ކްރިމިނަލް ކޯޓުން މިއަދު ހުރިހާ ޝަރީއަތްތަކެއް ކެންސަލް ކޮށްފި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ހެދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އިއްޔެ އާންމުކޮށް، ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލް ކޮށްފައި ވާ ހުރިހާ ޝަރީއަތްތައް ކެންސަލް ކުރީ އެ ގަވާއިދަށް އަމަލުކުރަން ފެށުމުން، އިދާރީ ގޮތުން އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. ކެންސަލް ކޮށްފައި ވަނީ މިއަދުގެ ޝަރީއަތްތައް އެކަނި ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދަކީ ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި ބަލައިގަތުމާއި ޝަރީއަތް ހިންގަން ޖެހޭ އިޖްރާއާތުތައް ބަޔާންކުރާ ގަވާއިދެވެ. އަދި ކޯޓު އަމުރު ދޫކުރުމާއި ބަންދާ މެދު ގޮތެއް ނިންމުމާއި ކަފާލާތުގެ އުސޫލުތަކުގެ އިތުރުން ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ވެސް އެ ގަވާއިދުގައި ހިމެނެ އެވެ. އެ ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު، ކުރިން އަމަލު ކުރި ހަ ގަވާއިދެއް ވެސް އިއްޔެ ވަނީ އުވިފަ އެވެ.
ބަންދު ކޮޓަރިއަކުން ދުނިޔެއަށް: މި ހިސާބުން ނިމުނީތަ؟
ވައްކަމުގެ ޖޫރިމަނާ ނުދެއްކުމުން ދެ މަހަށް ޖަލަށް
ކުރީގެ މަރުތަކުގައި އާ ހެއްކާއެކު ދެން ދައުވާ ކުރެވޭނެ
ކޯޓު މުވައްޒަފެއްގެ ގަޔަށް ކުޅު ޖެހުމުން ޖަލަށް
އުދައްޔުގެ މަރު: ހެކިންގެ މައުލޫމާތު ސިއްރުކޮށްފި
100 ކިލޯ ޑްރަގް: ވަކީލުން ހޯދަން ފުރުސަތު ދީފި
ހެކިބަސް ބަދަލު ކުރުވުން: މިހާރު ލުއި އަދަބު ހޯދަން؟
މައްސަލަތައް ނުނިމި އެތައް އަހަރެއް: ހައްލެއް ނެތް؟
ރާ ފެނުނު ކާރެއްގައި ތިބި ބަޔަކު ދޫކޮށްލަން އަންގައިފި
ތަހުގީގަށް ބަންދު ނުކުރުން: އާންމުންނަށް ނެތް ހައްގެއް