08 އޯގަސްޓް 2018
ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު މަރާލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ ދައުވާލިބޭ މީހާ ކްރިމިނަލް ކޯޓުން އިއްޔެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު މަރާލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ ދައުވާލިބޭ މީހާ ކްރިމިނަލް ކޯޓުން އިއްޔެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމިން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ޖަލު ބަންދުގައި ހުރި ޔާމީން ގޭ ބަންދަށް ބަދަލުކުރީ އިއްޔެ ބޭއްވި އެ މައްސަލާގެ އަޑުއެހުމުގައި އޭނާގެ ފަރާތުން އެގޮތަށް އެދުމުންނެވެ. މީގެކުރިން 2015 ގައި ހިންގި މާރާމާރީއެއްގައި ޔާމީންގެ ގޮހޮރަށް ގެއްލުންވެފައިވާ ކަމަށާއި އެކަމުގެ ވޭން އަދިވެސް އޭނާ ތަހައްމަލުކުރާ ކަމަށް އޭނާގެ ފަރާތުން ބުންޏެވެ.
ޔާމީންގެ ބަންދަށް ލުޔެއް ދޭން ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ވަކި ކަހަލަ މާހައުލެއްގައި ދިރިއުޅެން ޔާމީނަށް ޑޮކްޓަރު ލަފާދީފައި ނެތް ކަމަށާއި އަދި އެ މައްސަލައަކީ ގިނަ އަދަދެއްގެ ހެކިން ހިމެނޭ ބޮޑު މައްސަލައަކަށް ވާތީ، އޭނާ ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބް ނިންމެވީ ޝަރީއަތް ނިމެންދެން ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން އޮތީ 17 ސިއްރު ހެކިވެރިންނާއި 13 ކިތާބީ ހެއްކެއް ހުށަހަޅައިފަ އެވެ. އިބްތިދާއީ މަރުހަލާގައި އޮތް އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ.
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ބޭބެ މަރާލި ކަމަށް ކޯޓުގައި ކޮއްކޮ އެއްބަސްވެއްޖެ
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ހާރިސްގެ މަރުގެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ
ނަދީމް މަރާލުން:އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
ނަދީމް މަރާލުން: ދައުވާލިބުނު އެންމެން ސަލާމަތްވެއްޖެ