02 އޯގަސްޓް 2018
ޑިޖިޓައިޒްކޮށް ބައެއް ސްކޫލުތަކުގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭން ފަށައިފި އެވެ.
ޑިޖިޓައިޒްކޮށް ބައެއް ސްކޫލުތަކުގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭން ފަށައިފި އެވެ.
ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏަސް އަދި ވެސް ބައެއް ސްކޫލުތަކަށް ޓެބްލެޓް ބަހައި ނުނިމެ އެވެ. އެކަމަކު ޓެބްލެޓް ލިބުނު ބައެއް ސްކޫލުތަކުގައި މިހާރު ވަނީ އެ ބޭނުން ކޮށްގެން ކިޔަވައިދޭން ފަށައިފަ އެވެ.
މަތީ ސާނަވީ އަށް ކިޔަވައިދެމުން އަންނަ ސީއެޗްއެސްއީގެ ގްރޭޑް 12ގެ ދަރިވަރުން މި ހަފުތާގައި ޓެބްލެޓް ބޭނުންކުރަން ވަނީ ފަށައިފަ އެވެ. އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވި ގޮތުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވާ އިރު، ދަރިވަރުންގެ ފަރާތުންް ބަދަލުތަކެއް ފެނެ އެވެ. އަދި ހުރިހާ މާއްދާއެއް ކިޔަވައިދޭން ވެސް ޓެބްލެޓް ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިޒްނަސް، ކެމިސްޓްރީ މާއްދާތައް ކިޔަވައިދޭން ޓީޗަރުން ޓެބްލެޓް ބޭނުންކުރަން ފަށައިފި. ދަރިވަރުންގެ ޝައުގުވެރިކަން އެބަ ފެނޭ ޓެބްލެޓުން ކިޔަވައިދޭން ފެށީމަ،" ހާހަކަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން ވެސް ވަރަށް ޝައުގުވެރިވާ ކަމަށެވެ. އެކަމުގެ ހެޔޮ ބަދަލުތައް ދަރިވަރުންގެ ނަތީޖާ އިން ފެނިގެންދާނެ ކަން ސަފޫރާ ފާހަގަކުރެއްވި އެވެ.
ކަލާފާނު ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުން ވެސް އިއްޔެ ވަނީ ޓެބްލެޓް ބޭނުންކުރަން ފަށައިފަ އެވެ.
މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8459 ޓީޗަރުންނާ ޓެބްލެޓް ހަވާލުކޮށްފަ އެވެ. އެ ބޭނުން ކުރާނެ ގޮތާ މެދު ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރިކުރުވަން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުންކުރާނެ ޓެބްލެޓް ގަންނަން މިނިސްޓްރީން ހަވާލުކުރީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފައި ވެ އެވެ. ޓެބްލެޓް ބޭނުންކޮށް ސްކޫލުތައް ޑިޖިޓައިޒްކުުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.
އަންނަހަފުތާގައި ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ
ދަރިވަރުންނަށް އަދި ޓެބްލެޓް ބަހައެއް ނުނިމޭ
ޓެބްލެޓް ބޭނުންކުރަން ބެލެނިވެރިން އަހުލުވެރިކުރުވަނީ
ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށައިފި
ޓީޗަރުންނަށް މި މަހު ޓެބްލެޓް ދޫކުރާނެ: އެޑިއުކޭޝަން
ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް
ހުރިހާ ޓީޗަރުން ކުރު ދެ ކޯހެއް ފުރިހަމަކުރަން ޖެހިއްޖެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ