20 ޖުލައި 2018
ހއ. ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓް އެޅުމަށް ހއ. މާފިނޮޅުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިރޭ ފަށައިފި އެވެ.
ހއ. ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓް އެޅުމަށް ހއ. މާފިނޮޅުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިރޭ ފަށައިފި އެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަން ޖެހެނީ 203 ދުވަހުން ކަމަށް ވިޔަސް، އޭގެކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މާފިނޮޅުގެ ބިން ހިއްކުމާ ބެހޭ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ލިބިފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
މި ސަރުކާރުން އެމްޓީސީސީގެ ކުރިއެރުމަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވައި، ޒިޔަތު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް ބިން ނުހިއްކޭ މިންވަރަށް އެ ކުންފުނިން މިހާރު ބިން ހިއްކާފައިވާ ކަމަށެވެ. އެ ކުންފުނީގެ ޚިދުމަތް އެހާ އަވަސްވި އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރު އެ ކުންފުނިން ހޯދި މަހާ ޖައްރާފު ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަކީ އެއްފަހަރާ ތިން އެއާޕޯޓްގެ މަސައްކަތް ކުރެވޭނެ ގާބިލް ކުންފުންޏަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ މަޝްރޫއުގެ ދަށުން 16 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކާނެ އެވެ. މީގެކުރިން ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކީ ވެސް އެމްޓީސީސީންނެވެ.
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް
ހޯރަފުށި އެއާޕޯޓް ސެޕްޓެމްބަރުގައި ނިމޭނެ: އެމްޓީސީސީ
ހޯރަފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
ހޯރަފުށީ ފަޅުގައި އެއާޕޯޓް އަޅާތީ ފާޑުކިޔަނީ
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
މާފިނޮޅު އެއާޕޯޓް ހޯރަފުއްޓަށް ބަދަލު ކުރަނީ
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހުރަސްތަކެއް
ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
މުލީ އެއާޕޯޓް ޖުލައި 26ގައި ހުޅުވަން އަމާޒު ހިފައިފި