14 މާޗް 2019
ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ، މާފިނޮޅުގައި ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާ ނުވާ ކަމަށާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ކޮންނަ ބޯޓާއި އެހެނިހެން ސާމާނު ގެންގޮސްފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް އޭރު ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ ވިސްނުން ހުރީ ވީވަރަކުން ރަށްތައް ހަލާކު ނުކޮށް ޖަޒީރާވަންތަކޮށް ބޭއްވުމަށް. މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ހިއްކައިގެން އެއާޕޯޓް އެޅުމުގެ ވިސްނުން ގެންގުޅެނީ،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސްގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، ހޯރަފުށީގެ އެއާޕޯޓުގެ މަސައްކަތް ވެސް އެ ކުންފުންޏަށް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ ޕްރޮޖެކްޓްގައި ރަސްމީކޮށް ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާފިނޮޅުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ ކުރީކޮޅު ފަށައި، ބިން ހިއްކުމަށް އެމްޓީސީސީއާ މިދިޔަ އަހަރުގެ މެއި މަހު ހަވާލުކުރި އެވެ. އެގޮތުން 1.2 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހުނެވެ. އެ މަސައްކަތް ކުރުމަށް 64 މިލިއަން ރުފިޔާ ހަރަދު ކުރުމަށް އޭރު ނިންމާފައިވެ އެވެ.
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް
ހޯރަފުށި އެއާޕޯޓް ސެޕްޓެމްބަރުގައި ނިމޭނެ: އެމްޓީސީސީ
ހޯރަފުށީގައި އެއާޕޯޓު އަޅަން ބޮޑު ބައެއް ހިއްކައިފި
ހޯރަފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
ހޯރަފުށީ ފަޅުގައި އެއާޕޯޓް އަޅާތީ ފާޑުކިޔަނީ
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހުރަސްތަކެއް
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި