18 ޖުލައި 2018
ބޭރުގެ ގައުމުތައް މެދުވެރިކޮށް ރާއްޖެ އަށް ކުރިމަތިކުރުވި ފިއްތުންތަކާ އެކު ދަތިކުރުމުގެ ފިޔަވަޅު އަޅާތީ "އީދު" އައީ ކަމަށް ބަލައި އަތްޖަހަމުންދާ ސިޔާސީ ލީޑަރުންނަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. ދިއްދޫގައި ވިދާޅުއްޖެ އެވެ.
ބޭރުގެ ގައުމުތައް މެދުވެރިކޮށް ރާއްޖެ އަށް ކުރިމަތިކުރުވި ފިއްތުންތަކާ އެކު ދަތިކުރުމުގެ ފިޔަވަޅު އަޅާތީ "އީދު" އައީ ކަމަށް ބަލައި އަތްޖަހަމުންދާ ސިޔާސީ ލީޑަރުންނަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. ދިއްދޫގައި ވިދާޅުއްޖެ އެވެ.
މި ސަރުކާރުން ދިއްދޫގައި ހިންގި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގައުމަށް ހަމަޖެހުމާއި ރައްޔިތުންނަށް ތަރައްގީ އާއި ކުރިއެރުން އަންނަން އިދިކޮޅު ލީޑަރުން ބޭނުން ނުވާ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދައި އީދެއް އައީ ކަމަށް ބަލައިގެން އުފާފާޅުކުރަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅަށް "އީދެއް" އައިސްގެން އުޅޭ ކަމަށް ރައީސް މި ސިފަކުރެއްވީ، ސަރުކާރުގެ އިސްވެރިންނާ ދޭތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅަން ނިންމައި މިދިޔަ ހޯމަ ދުވަހު އޮނިގަނޑެއް ފާސްކޮށްފައި ވަނިކޮށެވެ. އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އޭގައި ވެ އެވެ.
"މިއަދު ކޮން ބައެއްތޯ ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ނުފޫޒު ފޯރުވަން ނުވަތަ އަޅުގަނޑުމެންނާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާއިރު އެންމެ ގަދައަށް އަތްޖަހާފައި އީދު ގެނެސްގެން މި އުޅެނީ ކޮން ބައެއްތޯ؟ އެއީތޯ ގައުމަށް ހެޔޮއެދުމަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ރައީސް ކަމަކު ޔާމީން އަބަދަކު ނުހުންނާނެ. ދައުލަތް ހިނގަން ވާނެ. އިންޑިއާ ކަނޑުގައި ބޮޑެތި ރާޅު އަބަދުވެސް ނަގާނެ. އެ ރާޅު މަތަކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ ފިތުރަތުގެ އިންސާފު."
ރައީސް ދިއްދު އަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދަނީ އިދިކޮޅު ލީޑަރުންގެ އަމިއްލަ އެދުން ބޮޑު ކަމުންނެވެ. އިދިކޮޅުގައި މުޅިން ވެސް ތިބީ "މަވެތި" ނުވަތަ އަމިއްލަ އެދުން ބޮޑު ލީޑަރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ގައުމަށް ހެޔޮއެދޭ މީހުން ގައުމުގެ ފަތިފުށެއް ބޭރަކު ނުކިޔާނެ. ގައުމަށް ދެރަވާ ގޮތަކަށް ކަންކަމެއް ނުކުރާނެ. ގައުމުގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން އަތް ބާނާކަށް ޖާގައެއް ނުދޭނެ. އެއީކީ، ގައުމަށް ހެޔޮއެދޭ މީހުންގެ ސިފައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ ހައްގުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ ޖާގައެއް އެ މީހުންނަކަށް ނޯންނާނެ. އެ މީހުންނަކީ އެ މީހުންގެ ކުލަތައް، ސިފަތައް ކުރިއަށް ނެރުނު ބައެއް. އަދި މިކަންކަން ކުރުމުގައި ދައުލަތަށް ޚިދުމަތް ކުރެއްވި ކިތަންމެ އިސް ބޭފުޅުންނެއް މިކަމުގައި އުޅުއްވި ނަމަވެސް އަޅުގަނޑުގެ ފޮތުގައި، އަޅުގަނޑުގެ ކުރިމަތީގައި ކުށެއް ވެއްޖިއްޔާ، ކުށަކަށް ވާނެ ކުޑަ މީހަކު ކުރިއަސް ބޮޑު މީހަކު ކުރިއަސް."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުންގެ އެޖެންޑާ އަށް ވުރެ މުޅި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހެ އެވެ. އެކި ކަންކަމުގައި ޚިޔާލުތަފާތުވާ ކަންކަމަކީ މަޝްވަރާގެ މޭޒު ދޮށަށް އައިސްގެން ހައްލު ކުރެވެނެ ކަންކަން ކަމަށާއި އެކަމަކު 12 ފަހަރު ދިން ދައުވަތު ވެސް އިދިކޮޅުން ގަބޫލުނުކުރި ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން، ބޮޑެތި ކުށްތައް ކޮށްފައި ތިބި ބޭފުޅުންނަށް މިނިވަންކަން ހޯދައިދޭން އިދިކޮޅުން މަސައްކަތް ކުރާތީ، އެ އުސޫލްތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނުގައި ލިއެގެން ގެނެސްދޭން ވެސް އެދިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ގާނޫނުގައި ލިއެގެން އައީމަ، ވަކި މީހުންނަށް ވަކި ފަރުވާ ދޭން ވެސް އަޅުގަނޑު މިހިރީ ތައްޔާރަށް ކަމަށް އަޅުގަނޑު ދެންނެވިން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
ފިޔަވަޅު އަޅައިގެން އަޅުގަނޑަށް ގެއްލުމެއް ނުލިބޭނެ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދާތި: ރައީސް
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"
ދަރަނިވެގެން ވެސް ތަރައްގީ ހޯދައިދޭނަން: ރައީސް
ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން: އާދަމް ޝަރީފް
ރައީސް ޔާމީން އުފަންވިކަން އެއީ ނަސީބެއް: ފަލާހު