17 ޖުލައި 2018
ހއ. ދިއްދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައި، ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ އަޑު އިއްވުމަށް ރައީސް އަބްދުﷲ ޔާމީން ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ އެމަނިކުފާނަށް ދިއްދޫން މާފު ދެވެން ނެތް އަނިޔާއެއް ކަމަަށް އެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައި، ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ އަޑު އިއްވުމަށް ރައީސް އަބްދުﷲ ޔާމީން ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ އެމަނިކުފާނަށް ދިއްދޫން މާފު ދެވެން ނެތް އަނިޔާއެއް ކަމަަށް އެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ހއ. އާއި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދު އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ. މިއީ، އެމަނިކުފާނު 2013 ގައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އެ ރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިކަމާ ގުޅިގެން ފާޑުވިދާޅުވެ، ލަތީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް ދެ މަހަށް ވެފައި ވަނިކޮށް މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމުގެ ނަމުގައި ރައީސް ޔާމީން ދިއްދު އަށް ވަޑައިގަންނަވަނީ އަނެއް ދައުރުގެ ކެމްޕޭނަށް ކަމަށެވެ. އެހެންކަމުން ރައީސްގެ އެ ދަތުރުފުޅު ބަލައިގަނެ ދިއްދޫ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުޖެހޭ ކަމަށް ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ދައުރުގައި ދިއްދޫގެ ތަރައްގީ އާއި ޒުވާނުންގެ ކުރިއެރުމަށް ފުއްދަވައިދެއްވަން ރައީސް ޔާމީން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދަވާފައި ނުވާ ކަން އެ ރަށުގެ ރައްޔިތުން ހެކިވާނެ އެވެ.
"އެކަމަކު މި ފަސް އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އަޅުގަނޑު ވާނީ، ދިއްދޫގެ ތަރައްގީ އަށާއި ޒުވާނުންނަށް ރައްޔިތުންގެ ކުރިއެރުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ދިއްދޫގައި ކުރިއަށް ގެންގޮސްފަ އެވެ. މިކަމަށް ދިއްދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން ހެކިވާނެ ކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިއްދޫ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ތެރޭގައި އޭނާ ކުރެއްވި މަސައްކަތް ހުއްޓުވާލައި މަޖިލީހުގައި އެ ދާއިރާގެ އަޑު ކަނޑުވާލާފައިވާ ކަމަށެވެ. އެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސުން ކަނޑައެޅީ ވެރިކަން ކުރާ ޕީޕީއެމުން އެދިގެންނެވެ. އެކަމަކު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ކޯޓުގައި ގޮނޑީގެ މައްސަލަ ހިނގަމުން އަންނައިރު، ބުރާސްފަތި ދުވަހު ހުކުމް އިއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ލަތީފް ވިދާޅުވި ގޮތުގައި މަޖިލީހުގައި ދިއްދޫ ރައްޔިތުންގެ އަޑު ކަނޑުވާލުމުން، ދިއްދޫ ބޮޑު ފާލަމާއި ރަށްވެހިގެ ބިނާކުރުމާއި ޒުވާނުންނަށް ޓާފް ދަނޑު އެޅުމުގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ވަނީ ހުއްޓިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރޭގަ އާއި ސަރުކާރުގެ ތެރޭގައި ދިއްދޫ ރައްޔިތުންގެ އަޑު އުފުލަން އިންތިހާބުކޮށްފައި ހުރި މެމްބަރުގެ އަޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލްތަކާ ހިލާފަށް ސަރުކާރުން ކަނޑުވާލުމަކީ ހިންގާފައިވާ މާފުކުރެވެން ނެތް ބޮޑު ޖަރީމާއެއް ކަމާއި ދިއްދޫ ރައްޔިތުންނަށް ރައީސް ޔާމީން ދެއްވި އެންމެ ބޮޑު އަނިޔާ ކަމަށް ދަންނަވަމެވެ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ހަތިޔާރު އެޅި ސިފައިންނާއި ކޯޓު އަމުރުތަކާ އެކު ރަށްތަކަށް ވަަޑައިގެން ރައީސް ޔާމީން ހައްދަވާ އިތުރުފުޅުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި އެމަނިކުފާނަށް ދިއްދޫން ވެސް ވޯޓުދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
12 މެމްބަރުން ރައީސަށް:ތިއޮތީ ކުޑަކަކޫ ޖަހަންޖެހިފައި
އޭދަފުށީ ސަލީމާއި ހުސައިން މަނިކު ހުންނެވީ އިދިކޮޅާއެކު
މެމްބަރުންތަކެއްގެ ގޮނޑި "ގެއްލުން"، އާ މައްސަލައެއް
4މެމްބަރަކު ޕީޕީއެމުން ވަކިވިކަން މަޖިލިހަށް އަަންގައިފި
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ
ޖަމީލު ވަކިކުރި މައްސަލައަށް ކޯޓުން ހައްލެއް ނެތް
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ
ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހެއް
ދެމިހުންނާނީ އިބޫ އާއި ނަޝީދާ އެކު: މެމްބަރު ލަތީފް