އެންމެ ފަހުން ރާއްޖޭގައި އޮތް ވެރިކަމުގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާން ނެތޭނެހާ ގިނަ ދުވަހެއް ނުވެ އެވެ. އެ ވެރިކަމުގައި އެންމެ އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވުނީ ތިން ބާރު ވަކިކޮށްފައި އޮތް ގޮތާ މެދުގަ އެވެ. އަދުލުއިންސާފް ގާއިމްކުރުމުގެ ބާރުން އެއިރު ދުށް ގޮތުގައި ހުރިހާ ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު އޮތީ އެތަނުގަ އެވެ. އެ ވެރިކަމުގައި ބައެއް ކަންތައްތައް ހިނގާ ދިޔަ ގޮތް ކަމުނުގޮސްގެން ހަމައަކަށް އެޅުވުމަށް ރައްޔިތުންގެ މަޖިލީހުން އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ އެވެ.
އެންމެ ފަހުން ރާއްޖޭގައި އޮތް ވެރިކަމުގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާން ނެތޭނެހާ ގިނަ ދުވަހެއް ނުވެ އެވެ. އެ ވެރިކަމުގައި އެންމެ އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވުނީ ތިން ބާރު ވަކިކޮށްފައި އޮތް ގޮތާ މެދުގަ އެވެ. އަދުލުއިންސާފް ގާއިމްކުރުމުގެ ބާރުން އެއިރު ދުށް ގޮތުގައި ހުރިހާ ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު އޮތީ އެތަނުގަ އެވެ. އެ ވެރިކަމުގައި ބައެއް ކަންތައްތައް ހިނގާ ދިޔަ ގޮތް ކަމުނުގޮސްގެން ހަމައަކަށް އެޅުވުމަށް ރައްޔިތުންގެ މަޖިލީހުން އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑެތި ގޯސް ހެދިފައި އޮތީ މުއައްސަސަތަކަށް ގާނޫނުން ލިބިދޭ ބާރުތައް، ގާނޫނުން ދީފައި އޮތް ބާރުގެ އިމުން ބޭރުން، ބޭނުން ކުރުމުގަ އެވެ. ޤާނޫނު ތަރުޖަމާ ކުރުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ވެސް ގެއްލުވައިލާފައި ވެ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ޤާނޫނާ ޚިލާފަށް ކަންތައް ކޮށްފައި ވެސް އެބަ ހުއްޓެވެ. އިލެކްޝަން ކުރިއަށް ގެންދާނެ މިންގަނޑު ބުނެދީފައި އެބަ ހުއްޓެވެ.
ފާއިތުވި ވެރިކަމުގައި އެކިއެކި މުއައްސަސާތަކުން ކޮށްފައި ހުރި ޤާނޫނާ ޚިލާފް ކަންތައްތައް ބެލުމުގެ ތެރޭގައި، ގިނަ އަހަރުތަކެއް ވެފައި ހުރި ބައެއް ކަންތައް ބަލަން ނިންމުމުން މި ދެވެނީ ބަދަލުހިފުމުގެ އޮއިވަރެއްގެ ތެރޭގައި ނޫން ބާވައޭ ހިތަށްއަރަ އެވެ. ނުވަތަ ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ރާޅު ބާނީއެއްގެ ތެރޭގައި އުޅެވެނީ ނޫން ބާވައޭ ވެސް ހިތަށްއަރަ އެވެ. މިސާލަކަށް ދަންނަވާ ނަމަ، ރިޔާސީ އިންތިޚާބުގެ ކަންތައްތައް ނުނިމިގެން، އެއިރު ވެރިކަމުގައި ހުންނެވި ރައީސް ސްޕްރީމް ކޯޓުގެ ނިންމުމަށް ވެރިކަމުގައި އިތުރު ހަ ދުވަހު ހުންނެވި ހުންނެވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެ ހަ ދުވަހު ވެރިކަން ހަވާލުނުކުރެވުނީ ކީއްވެތޯ އެވެ؟ އެފަދަ ހާލަތަކާ ބެހޭ ގޮތުން ޤާނޫނުއަސާސީގައި އެއްޗެއް ބުނެފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދުމަށް އެ ހާލަތުގައި މަޖިލީހަށް ދިއުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ އެވެ. މަޖިލީހުގެ ރައީސް އެ މައްސަލައިގައި ޝާމިލް ވާތީ ވެ އެވެ. މިހެންވުމާ އެކު ހައްލު ހޯދަން އެ ހާލަތުގައި ދެވެން އޮތީ ސްޕްރީމް ކޯޓަށެވެ. މިހާރު ކުރެވެން އޮތް ކަމަކީ ނިމިގެން ދިޔަ ޙާދިސާގެ ތަޖުރިބާގެ އަލީގައި، އެފަދަ ޙާލަތެއްގައި ކަންކުރާނެ ގޮތް ސާފުކޮށް ޤާނޫނުއަސާސީގައި ލިއުމެވެ. މާއްދާއެއް އިތުުރުކޮށްގެންނެވެ. ނަމަވެސް އެއީ ތެދު ނިޔަތުގައި އެކަން ކުރަން ބޭނުން ނަމަ އެވެ.
ސްޕްރީމް ކޯޓަށް ލިބިފައި ނުވާ ބާރުގެ ބޭނުން ކޮށްފައި އޮތް ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ކުރީގައި ސްޕްރީމް ކޯޓުން ބުނަމުން ގެންދިޔައީ ޢަދުލު އިންޞާފް ގާއިމްކުރުމުގެ ހުރިހާ ބާރެއް ލިބިގެންވަނީ ސްޕްރީމް ކޯޓަށް ކަމަށެވެ. އެއީ ތެދެކެވެ. އެކަމަކު ޤާނޫނުއަސާސީގެ މުއައްސަސުން ހުރިހާ ބާރު ކަމަށް މާނަކޮށްފައި ވަނީ ޝަރީޢަތް ކުރުމާއި ޝަރީޢަތް ހިންގުމުގެ ހުރިހާ ބާރެއްގެ ވާހަކަ އެވެ. އެއްވެސް އެހެން ފަރާތެއްގެ ނުފޫޒެއް، ލަފައެއް، މަޝްވަރާއެއް ނެތި އެވެ. ލިޔެފައި އޮތް ޤާނޫނުގައި އޮތް ގޮތަށެވެ. ޝަރީޢަތް ކުރާ މީހަކަށް އެ ޤާނޫނު މާނަކުރެވޭ ގޮތަކަށެވެ. އެހެންނަމަވެސް އެއިރުގެ ސްޕްރީމް ކޯޓުގެ ބާާރާ ބެހޭ ގޮތުން ގެންގުޅުނީ އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގެ ވިސްނުމެކެވެ. ސްޕްރީމް ކޯޓުގެ އެ ވިސްނުމަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރާ ބެހޭ ގޮތުން މަޖިލީހުން މިހާރު ފާޅުކޮށްފައި ވަނީ ސްޕްރީމް ކޯޓުގެ ބާރާ ބެހޭ ގޮތުން، ކުރިން އެތަނުން ޤާނޫނު މާނަކޮށްފައި އޮތް ކަހަލަ ގޮތަކަށެވެ. ޤާނޫނު ހެދުމުގެ ހުރިހާ ބާރެއް އޮތީ ރަައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އޭގެ ތެރޭގައި ޑްރާފްޓުކުރުން ވެސް ހިމަނައިގެންނެވެ. ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ ގޮތް ކަމަށް 1932 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މާނަކުރެވިފައި، އަދި އަމަލު ކުރަމުން އަންނަނީ މަޖިލީހަށް ހުށައެޅިގެން ފާސްނުކުރާ ބިލެއް ގާނޫނަކަށް ނުވާނެ ގޮތަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވާހާ ހިނދަކު އެ ޤާނޫނެއް ތަންފީޒް ނުކުރެވޭނެ ގޮތަށެވެ. ސަރުކާރުން މަޖިލީހަށް ބިލް ހުށައަޅާ ގޮތަށެވެ. އެ ނޫން ގޮތަކަށް މަޖިލީހަށް ބިލް ހުށައެޅެނީ އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. އާއްމުކޮށް ދުނިޔޭގެ ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުން ބިލް ހުށައަޅަނީ އިޖްތިމާއީ ކަންތައްތަކާ ބެހޭ ގޮތުންނެވެ. އަމިއްލަ މެމްބަރުން ބިލް ހުށައެޅުމަށް ހާއްސަ ކުރެވިފައި އޮންނަ ދުވަހުގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މަސައްކަތަކީ ބިލްތައް ޑްރާފްޓު ކުރުމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ، އެ މަޖިލީހަށް ހުށައަޅާ ބިލްތަކާ މެދު ގޮތެއް ނިންމުމެވެ. ބައެއް ފަހަރު ބައެއް ބިލްތައް ކޮށައިމަށައި، އެ ބިލަކާ ބެހޭ ގޮތުން އިތުރު ހޯދުންތައް ހޯދައި، އެ ބިލަކުން އަސަރު ކުރާނެ ފަރާތްތަކާ ވާހަކަ ދައްކާ އިސްލާހެއް ގެންނަން ފެންނަ ފަހަރު އެ ބިލަކަށް އިސްލާހެއް ގެނައުމެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރީ މަސައްކަތުގައި، ޤާނޫނީ ބޭފުޅުން ބައިތިއްބަނީ މިފަދަ ކަންކަމުގައި މެމްބަރުންނަށް އެހީތެރިވެ ދިނުމަށެވެ. ކޮމިޓީތަކުގައި މަސައްކަތް ކުރެވޭ އިރުގައި މެމްބަރުން ބިލްތަކުގެ މާއްދާތަކަށް ގެންނަވާ އިސްލާހު ޤާނޫނީ ބަހުރުވައިން ލިއުއްވާ ދެއްވުމަށެވެ. އެ އިސްލާޙެއް ގެނައުމުން ވާނެ ގޮތުގެ ޤާނޫނީ ލަފާ ދެއްވުމަށެވެ. ވަރަށް ގިނަ ފަހަރު ބިލަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތް ކުރަމުން ގެންދެވޭ އިރު އެ ބިލެއްގައި ހިމެނޭ މަސައްކަތްތައް ތަންފީޒު ކުރާނެ އޮފީހުގެ މަންދޫބުން ވެސް ތިބެ އެވެ. އަދި އެ ބިލެއް ފަރުމާ ކުރުމުގައި މަސައްކަތް ކުރި އޮފީހުގެ ފަރުމާކުރި ޓީމުގެ މަންދޫބެއް ވެސް ޝާމިލު ކުރެ އެވެ. މި ސްޓޭޖްގައި އަޅުގަނޑުމެން މިދައްކަނީ ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ، ވަރަށް ބުރަ މަސައްކަތެއްގެ ވާހަކަ އެވެ.
ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ބިލްތައް ތަރުތީބު ކުރުމުގައި އިސްފަސްކަން ދިނުމުގެ ތަރުތީބު ކުރުމަކީ ހިންގުމުގެ ދާއިރާގެ ކަމެކެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ ނިންމެވުމެކެވެ. އެކަން ނިންމަވާނެ ކަމަށް ބެލެވެނީ ސަރުކާރު ހިންގުމަށް އެއިރަކު އެންމެ ބޮޑަށް ބޭނުންވާ ބިލަކަށް އިސްކަން ދީގެންނެވެ. މިކަން ރިޔާސީ ބަޔާން އިއްވާ ޖަލްސާތަކުގައި ފެނެ އެވެ. އެ އަހަރުގައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައަޅުއްވާނެ ބިލްތައް އިޢްލާންކުރައްވަ އެވެ. އަދި ބައެއް މުހިއްމު ބިލްތަކާ ބެހޭ ގޮތުން ބައެއް ފަހަރު ކުރު ތަޢާރަފެއް ވެސް ދެއްވަ އެވެ.
މަޖިލީހަށް ފޮނުވުމަށް ބިލްތައް ޑުރާފްޓު ކުރުމަކީ ވަރަށް ފަންނީ މަސައްކަތެކެވެ. ފުރަތަމަ މަރުހަލާގައި އެ މަސައްކަތް ކުރަނީ ކަމާ ބެހޭ އޮފީހުގެ ކަމާ ބެހޭ ތަޖުރިބާކާރުންނެވެ. އެ މަސައްކަތުގެ ތެރޭގައި އެ ބިލަކުން އަސަރު ކުރާނެ ފަރާތްތަކާ މަޝްވަރާ ކޮށްގެން އެ ފަރާތްތަކުގެ ޚިޔާލު ވެސް ހޯދަ އެވެ. އެއަށް ފަހު އެޓާނީ ޖެނަރަލްގެ އޮފީހުގެ ޤާނޫނީ ޓީމު މަސައްކަތް ކުރެ އެވެ. އެންމެ ފަހުގެ ޑުރާފްޓަށް ދެ އޮފީހުގެ ތަޖުރިބާކާރުން ބަހުސްކޮށް ނިންމުމަށް ފަހު ފޮނުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ގިނަ ފަހަރު ބިލްތައް މަޖިލީހަށް ފޮނުވެނީ ވަޒީރުންގެ މަޖިލީހުގައި ވެސް މަޝްވަރާ ކުރުމަށް ފަހުގަ އެވެ. ވަޒީރުންގެ މަޖިލީހުން، ބައެއް ފަހަރު ބިލް ޑުރާފްޓު ކުރާ ފަރާތަށް، ބިލުގައި ހުރި ބައެއް ކަންކަމާ މެދު އިތުރު ވިސްނުމަކަށް، ނުވަތަ ދެވަނަ ވިސްނުމަކަށް ވެސް ފޮނުވަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ހޮވުމަށް އެންމެ ފަހުން ބޭއްވި އިންތިޚާބުގައި މަސައްކަތް ކުރެވުނީ އޭރު އޮތް ސަރުކާރާ ނުގުޅޭ ހުރިހާ ޕާޓީއެއް ގުޅިގެންނެވެ. ރިޔާސީ ކެންޑިޑޭޓަކަށް ހުރިހާ ޕާޓީއެއްގެ ރުހުން ލިބޭ، ސަރުކާރުގެ ސިޔާސަތާ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓަކު ހަދައިގެންނެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އާއްމު އިންތިޚާބުގައި މުޅި މަޖިލިސް ކަހަލަ ގޮތަކަށް ގަބްޒާ ކުރީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީންނެވެ. ސަރުކާރު މައިގަނޑު ގޮތެއްގައި ހިންގަނީ ވެސް އެ ޕާޓީގެ ވައުދުތައް ފުއްދުމުގެ މަގުގަ އެވެ. މިހެން ކަން އޮތް އިރު އެ ޕާޓީން މުހިއްމުކަން ދޭ ބިލްތަކުގެ ވާހަކަ، ހަމަޖެހިފައި އޮންނަ އުސޫލަކުން، ޕާޓީގެ މިހާރުގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ އަށް ޕާޓީން ހުށައަޅައިގެން ކުރިއަށް ނުގެންދެވެން ވީ ސަބަބެއް ނެތެވެ.
"ހޯދާ ނުބަލާ ކަމަކު ތެރަށް ބޯނުމަހާ ދޭ ބޯދާ ބަހެކޭ ގޯހެކެ މަކޮޔާ ނުހިތާ ދޭ"
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި
ރައީސް ތީމުގެ އަށް ބަދަލުވާން އަސްލަމް ހުށަހަޅުއްވައިފި
މިފަހަރު ހުވާކުރާ ގަޑި ވެސް، ތަން ވެސް ތަފާތު!
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ދެ ރައީސުންގެ ސިޔާސީ ވާދަވެރިކަމުގައި އާންމުން ފިތިފައި
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
ބޮޑެތި ފާޑުކިޔުންތަކާ އެކު ނަޝީދަށް މަލާމާތް!
އިދިކޮޅުގެ ބޮޑު ބެނާއެއް ރައީސްގެ ކުރިފުޅުމައްޗަށް
މައުމޫންގެ ޓުވީޓާއެކު، ނަޝީދު ރަތަށް