Roadha Mihaaru

އޭދަފުށީ ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ހުންނެވީ އިދިކޮޅާ އެކު: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރެއް ކަމަށްވާ، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި ތ. ގުރައިދޫ ދާއިރާގެ ހުސައިން މަނިކު ދޮންމަނިކު ހުންނެވީ އިދިކޮޅު ކޯލިޝަނާ އެކު ކަމަށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އޭދަފުށީ ސަލީމާއި ހުސައިން މަނިކު ހުންނެވީ އިދިކޮޅާއެކު
އަހުމަދު ސާއިލް އަލީ
ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

07 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރެއް ކަމަށްވާ، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި ތ. ގުރައިދޫ ދާއިރާގެ ހުސައިން މަނިކު ދޮންމަނިކު ހުންނެވީ އިދިކޮޅު ކޯލިޝަނާ އެކު ކަމަށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދުން ކުރިމަތިލައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި، ލަތީފް އެހެން ވިދާޅުވިއިރު، ސަލީމާއި ހުސައިން މަނިކު ދާދި ފަހުން ވަނީ އެ ދެބޭފުޅުންގެ ރަށުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމާ އެކު ކެމްޕެއިން ކުރައްވައިފަ އެވެ. އެގޮތުން، މިދިޔަ މަހުގެ 26 ގައި ރައީސް ޔާމީން ކުއްލި ގޮތަކަށް ގުރައިދު އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ހުސައިން މަނިކު ބައިވެރިވެވަޑައިގެން ޕީޕީއެމަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.

ރައީސް ޔާމީން، ގުރައިދޫގައި މިދިޔަ މަހުގެ 26 ގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނާއި ހުސެއިން މަނިކު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ގުރައިދޫގައި މިދިޔަ މަހުގެ 26 ގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނާއި ހުސެއިން މަނިކު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ އެ ޖަލްސާގައި ވިދާޅުވެފައި ވަނީ ގުރައިދޫގެ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަމަށެވެ.

ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މިދިޔަ މަހުގެ މެދުތެރޭގައި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގަތުމުން، އެކަމަނާ އަށް އިސްތިގްބާލް ކުރައްވައި އިސްވެ މެހުމާންދާރީ އަދާކުރެއްވީ ވެސް ސަލީމެވެ.

ސަލީމާއި ހުސައިން މަނިކު ރައީސް ޔާމީނާއި ޕީޕީއެމާ ފެއަށް ޖެހިވަޑައިގަންނަވަން އުޅުއްވާ ވާހަކަ ދޭތެރެދޭތެރެއިން އިވެ އެވެ. އެކަމަކު، އެއިން ކޮންމެ ފަހަރަކު ވެސް އެ ދެބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވަ އެވެ.

މީގެ ތެރެއިން ހުސައިން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޕާޓީގެ އޭރުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިދިޔަ ފެބްރުއަރީ މަހު ވިދާޅުވުމުން ވެސް ހުސައިން މަނިކު އެ ވާހަކަތައް ދޮގުކުރެއްވި އެވެ. މިހާރު ޖަލަށް ލާފައިވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ އެ ވާހަކަތަކާ މެދު ހިތްހަމަޖަހިވަޑައިނުގެން ހުސައިން މަނިކު "މިހާރު" އަށް އޭރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނާއި ޕީޕީއެމް ދޫކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނާއި ޕީޕީއެމުން ބޭނުންވާ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ ކަމަށެވެ.

ސަލީމާއި ހުސައިން މަނިކަކީ ރައީސް ޔާމީންގެ އިތުރުން، މިހާރު ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެސް ވަރަށް ގާތް ދެ ބޭފުޅުންނެވެ. ޚާއްސަކޮށް މައުމޫންގެ 30 އަހަރުގެ ސަރުކާރު ދިފާއު ކުރެއްވުމުގައި ސަލީމާއި ހުސައިން މަނިކު އިސް ދައުރެއް އޭރު އަދާކުރެއްވި އެވެ. މީގެ ތެރެއިން ސަލީމް ވަނީ ރައީސް ޔާމީނާ މެދު ހިޔާލު ތަފާތުވެ، މައުމޫން ފެކްޝަންގައި ވެސް ދުވަސްކޮޅަކަށް މަސައްކަތް ކުރައްވައިފަ އެވެ.

ސަލީމާއި ހުސައިން މަނިކާ، ގާތްގުޅުމެއް އޮންނަ ލަތީފް ވިދާޅުވީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުންގެ އިތުރުން އިދިކޮޅު ކޯލިޝަނާ ގުޅުމުން ޕީޕީއެމުން ވަކިކުރި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުންނެވީ ސާބިތު ކަމާ އެކު ކަމަށެވެ.

"މިހާރު [އިދިކޮޅު ކޯލިޝަނަށް] 13 މެމްބަރުންނަށް ވެގެން ދިޔައީ، އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 23 އަންނައިރު އެމަނިކުފާނު ކައިރި ނުތިބޭނެ [މީހުންނެއް]" އަމިއްލަ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު، ޕީޕީއެމާ ގުޅިވަޑައިގެންނެވި ލަތީފް ވިދާޅުވި އެވެ.

Guraidhoo rayyithun thibee Raees Yaamin aa eku: MP Hussain Manik

Guraidhoo rayyithun thibee Raees Yaamin aa eku: MP Hussain Manik

The most trusted news source in the Maldives

Mihaaru

ރައީސް ޔާމީނަށް ތާއީދު ކުރާކަން މެމްބަރު ހުސައިން މަނިކު ހާމަކުރުން--

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ ވެސް ވަނީ ރައީސް ޔާމީނާ އެކު މިހާރު ތިއްބެވި ބޭފުޅުން އިދިކޮޅާ ގުޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ތޭވީސް ސެޕްޓެމްބަރާ ހިސާބަށް މަނިކުފާނާ އެކު ތިބޭނީ މަދުބައެއް. އަވަހަށް އެކަން ވިސްނި ވަޑައިގެން މިއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހައްދަވައި ދެއްވާ،" ރައީސް ޔާމީނާ އެކު، ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި ގޮތުގައި، މި ރިޔާސީ އިންތިޚާބަކީ އޭނާ އާއި ރައީސް ޔާމީނާ ދެމެދު އޮންނަ ވާދަވެރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ރައްޔިތުން ނިންމާ ނިންމުމެއް ކަމަށް އިބޫ ވިދާޅުވި އެވެ.