ރައްޔިތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ނުހޮވުމާއި ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމް ކުރުމުން ރައީސް އަބްދުﷲ ޔާމީން ކުޑަކޫ ޖަހަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.
22 އޮކްޓޯބަރ 2018
ރައްޔިތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ނުހޮވުމާއި ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމް ކުރުމުން ރައީސް އަބްދުﷲ ޔާމީން ކުޑަކޫ ޖަހަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ބަލިވި ރައީސް ޔާމީން ބަލި ގަބޫލު ނުކުރައްވައި، އިންތިޚާބު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ހުކުމްގައި ވަނީ އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ރައީސް ޔާމީނަށް ދެން 12 މެމްބަރުން ވެސް އަތު ނުވާނެހާ ފަހަތުގައި މިހާރު ހުންނެވީ،" ---ލަތީފް
މަޖިލިހުގެ އިދިކޮޅު މެމްބަރުންތަކެއް ކުނޫޒު ބޭރުގައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މިހާރު" އާ ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރާއި ރިޔާސީ އިންތިޚާބުގެ ވޯޓާއި ސުޕްރީމް ކޯޓުގެ އިއްޔެގެ ހުކުމުން، ރައީސް ޔާމީން ބަލިވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަކީ، ރައީސް ޔާމީން ޖެއްސެވި އެންމެ ފަހު ކާޑު ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
RY dhen ves bali gabool kuravvai, emmenah aniyaadhee, tharaqqee ey kiyaigen rayyithunnah olhuvaali olhuvaalumah maafah edhivadaigathun avas kuravvanvee noontho? RY ah thaaeedheh nehkan majlis aai rayyithunge vote aai court in ves saabithu vejje noontho?#VotunHafusCourtunChokun
— MP Abdul Latheef (@funamalatheef) October 21, 2018
ލަތީފް ރޭ ކުރެއްވި ޓުވީޓު.
"ރުމާލު ދޭއް ވެސް އެ ނިމުނީ. ރައީސް ޔާމީން ވަނީ އަމާން ދީފައި ހިތާ ދެކޮޅަށް. އެމަނިކުފާނު ވަޑައިގަންނަވަން ޖެހެނީ އުފަލެއް ނުލިބި،" ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ބަލި ކުރެއްވީ އެމަނިކުފާނު މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ.ރައީސް ޔާމީންގެ އިތުރުން، ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވެސް ކުޑަކަކޫމައްޗަށް ތިރިވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން އެ ވަނީ ބިމަށް ބޯ ވެސް ތިރި ކުރަން ޖެހިފައި،" ލަތީފް ވިދާޅުވި އެވެ.
Alhamdhulillahi. ?? ✌️
— Mohamed Ameeth (@MohamedAmeeth) October 21, 2018
އަމީތު ކުރެއްވި ޓުވީޓު.
ލަތީފް ވިދާޅުވި ގޮތުގައި އިންތިޚާބު އަލުން ބާއްވަން ޖެހޭ ކަމަށް ބުނެ، ޕީޕީއެމްގެ އިސް ސަފުގައި މިހާރު ތިއްބެވި ބޭފުޅުން ވާހަކަ ދެއްކެވީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގަ އެވެ.
"ރައީސް ޔާމީނަށް މި ދިމާވީ ވަރަށް ދެރަވަރުކޮށް. ފައި މައްޗަށް ހިނގައިގަންނާނެ ފެންވަރެއް ވެސް ނެތް. އެމަނިކުފާނު ވަނީ 12 މޭލު ފަހަތަށް ވެއްޓިފައި. ރައީސް ޔާމީނަށް ދެން 12 މެމްބަރުން ވެސް އަތު ނުވާނެހާ ފަހަތުގައި މިހާރު ހުންނެވީ،" ލަތީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓު ދޮށުގައި އުފާފާޅުކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަކީ އިދިކޮޅު ފަރާތްތަކުން ހައްގުގެ މަގުގައި ކުރި މަސައްކަތަށް ލިބުނު ނަސްރެއް ކަމަށެވެ. އިއްޔެގެ ހުކުމުން ސާފުވީ، ރައްޔިތުންގެ ނިންމުމަކީ އެންމެ ބާރުގަދަ ނިންމުން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ އާރަށުން ފައިބާ، ރައީސް އޮފީހުން ނުކުންނަވައި ފޮށިތަންމަތި ހިފައިގެން މުލިއާގެ އާއި ހިލާލީގެއިން ވެސް ނުކުމެވަޑައިގަންނަވަން،" ---ވައްޑެ
"ރައީސް ޔާމީންގެ އަނިޔާވެރިކަމުގައި ސިއްކަ މި ޖެހުނީ. އަނިޔާވެރިކަމުގެ އެންމެ ފަހު ސިއްކަ މި ޖެހުނީ. މަޖިލީހުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން، ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އިދިކޮޅު ހަތަރު މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ހުކުމުގެ ސަބަބުން އިންތިޚާބާ މެދު ސުވާލު ނުއުފެދޭ ވަރަށް ކަންކަން ވަނީ ނިމިގެން ގޮސްފަ އެވެ. ރައްޔިތުން އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައަށް ތާއީދު ނުކުރާ ކަމަށާއި ރައްޔިތުން ބޭނުންވަނީ އެމީހުން ދަންނަ ވެރިއެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
Dhen Fahe!! Dhen Fahe!! .....
— Abdulla Ahmed (@AblhoMP) October 21, 2018
Dhenves Goih Dhookuravvai Gaumashaai Rayyithunnah Reethi Namoonaa Dhakkavai, Verikamuge Baaruthah Inthikhaabee Raees @ibusolih Aai Havaalu Kurevvumah, YAG Ah Govaalan.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ކުރެއްވި ޓުވީޓު.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލް ކުރަން އުފައްދަން އުޅުނު އެއްޗެއް ނުއުފެއްދި ރައީސް ޔާމީން ބަދުނާމްވެގެން ގޮސްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު، ރައީސް ޔާމީން ނިންމާނެ އިތުރު ނިންމުމެއް ނެތް ކަމަށް ވައްޑެ ވިދާޅުވި އެވެ.
Al hamdhu lillaahi!
— PPM Waddey (@Lawyer_Waddey) October 21, 2018
Inthikhaab baathileh nukuri.
raees akee @ibusolih & naib raees akee @FaisalNasym kan 4 leaderunnaa eku ninmevi,rayyithunge hukumah Supreme Courtun thaaeedhu koffi!
Qawmee boki Aligadhakoh dhillijje!
Aniyaaverikan maazeeve,insaafge boki Aligadhakoh dhillije! pic.twitter.com/IkO1tjFQUV
ވައްޑެ ކުރެއްވި ޓުވީޓު.
"ރައީސް ޔާމީނަށް ހަމައެކަނި އޮތް ފުރުސަތަކީ ސުލްހަވެރިކަމާއެކު، ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުން. އިތުރު ނިންމުމެއް ނިންމާކަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ތަނެއް ނުދޭ. އިތުރު ނިންމުމެއް ނިންމަން ބާކީ އޮތް ދުވަސްތަކުގައި ފުރުސަތެއް ނެތް،" ވައްޑެ ވިދާޅުވި އެވެ.
"ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ އާރަށުން ފައިބާ، ރައީސް އޮފީހުން ނުކުންނަވައި ފޮށިތަންމަތި ހިފައިގެން މުލިއާގެ އާއި ހިލާލީގެއިން ވެސް ނުކުމެވަޑައިގަންނަވަން."
ވައްޑެ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަނިޔާވެރިކަން ވަނީ މާޒީވެގެން ގޮސްފަ އެވެ. އަދި އިތުރު ބާރުތަކެއް ދައްކައިގެން ކަންކަން ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ވައްޑެ ވިދާޅުވި އެވެ. ބާރު ދައްކައިގެން ކަންކަން ކުރުމަކީ މިހާރު މޮޔަ ހިޔާލެއް ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.
އަމީތުގެ އިތުރުން، ލަތީފް އާއި ވައްޑެއަކީ ވެސް މަޖިލިހުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނެވެ. ތިން ބޭފުޅުންގެ އިތުރުން، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރިއިރު، ދެން ތިއްބެވި އަށް މެމްބަރުންގެ މައްސަލަތައް ވެސް އޮތީ ކޯޓުގަ އެވެ.
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
"ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ"
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
މެމްބަރުންތަކެއްގެ ގޮނޑި "ގެއްލުން"، އާ މައްސަލައެއް
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
ހަތަރު މެމްބަރުންގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު