Roadha Mihaaru
ފެންޓާ ލެމަން ނުލިބޭތީ އެމެރިކާ މީހުން ދެރަވެއްޖެ

ފެންޓާ ލެމަން ނުލިބޭތީ އެމެރިކާ މީހުން ދެރަވެއްޖެ

02 ޖުލައި 2018

ފެންޓާގެ ބުއިންތަކުގެ ތެރެއިން މަގުބޫލުކަން ހޯދާފައިވާ ލެމަން ފްލެވާ އެމެރިކާގައި ވިއްކުން ހުއްޓާލަން ކޮކާ ކޯލާ ކުންފުނިން ނިންމުމާ އެކު އެ ގައުމުގެ ކަސްޓަމަރުން ދެރަވެގެން އެ ވާހަކަ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެންޓާގެ ބުއިންތަކުގެ ތެރެއިން މަގުބޫލުކަން ހޯދާފައިވާ ލެމަން ފްލެވާ އެމެރިކާގައި ވިއްކުން ހުއްޓާލަން ކޮކާ ކޯލާ ކުންފުނިން ނިންމުމާ އެކު އެ ގައުމުގެ ކަސްޓަމަރުން ދެރަވެގެން އެ ވާހަކަ ދައްކަން ފަށައިފި އެވެ.

ފެންޓާ އިން ވަނީ އެ ބްރޭންޑްގެ ލެމަން ފްލެވާގެ ވިޔަފާރި އެމެރިކާގައި ހުއްޓައިލާކަން އިއުލާންކޮށްފަ އެވެ. މިކަމާ ގުޅިގެން ޓްވިޓާގައި އަންނަނީ ޝަކުވާތައް ހާމަކުރަމުންނެވެ.

އެއް ބަޔަކު ބުނަނީ ފެންޓާ ބުއިންތަކުގެ ތެރެއިން ކަމުދާ އެއްޗަކީ ލެމަން ފްލެވާ ކަމަށެވެ. އަދި ފެންޓާ ލެމަން އެ މީހުންގެ އަތްފޯރާ ހިސާބުން ނުލިބޭ ނަމަ ދެން އެއާ އެއްކޮށް ވަކިވުން މާ ރަނގަޅު ކަމަށެވެ.

ފެންޓާ އާއި ކަސްޓަމަރެއްގެ ޓްވީޓްތަކެއް.

މަޝްހޫރު ކޮކާ ކޯލާ ކުންފުނީގެ ދަށުން ނެރޭ ފެންޓާގެ ލެމަން ފްލެވާ އެމެރިކާގައި ނުލިބުނަސް، ކުރިއެކޭ އެއްގޮތަކަށް އެހެން ގައުމުތަކުގައި އެ ބުއިން ވިއްކާނެ އެވެ. އެކަމަކު އެމެރިކާގެ ލެމަން ފްލެވާގެ ވިޔަފާރި ހުއްޓައިލަން ނިންމި ސަބަބެއް ނުބުނެ އެވެ.

ފެންޓާ އިން ބުނީ އެމެރިކާގައި ލެމަން ފްލެވާ ނުލިބުނަސް އެ ބުއިމުގެ އިތުރު 12 ރަހައެއް ކުރިއެކޭ އެއްގޮތަށް އެމެރިކާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.