29 މާޗް 2022
"ސްޕްރައިޓް" ބަންދުކޮށްފައި ހުންނަ ފެހި ފުޅިން އެތެރެ ފެންނަ ފުޅިތަކަށް ބަދަލުކުރުން ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓް ބްރޭންޑްގެ ހާއްސަ ކެމްޕެެއިނެއް ހިންގައިފި އެވެ.
"ސްޕްރައިޓް" ބަންދުކޮށްފައި ހުންނަ ފެހި ފުޅިން އެތެރެ ފެންނަ ފުޅިތަކަށް ބަދަލުކުރުން ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓް ބްރޭންޑްގެ ހާއްސަ ކެމްޕެެއިނެއް ހިންގައިފި އެވެ.
'ޑްރިންކް އިޓް އެންޑް ބިން އިޓް' ނަމުގައި ހިންގި މި ކެމްޕެއިންގެ ދަށުން ކުނި އުކާލުމުގައި ފަރުދީ ޒިންމާ ނެގުމަށް ހިތްވަރުދެ އެވެ. އަދި ހުސް ފުޅިތައް މަގުމައްޗަށް އެއްލާލުމުގައި ޑަސްބިންތަކަށް އެޅުމުގެ މުހިއްމުކަން ކިޔައިދޭނެ އެވެ.
ކޮކާކޯލާ އިން އުފައްދާ ސްޕައިޓަކީ 100 ޕަސެންޓް ރީސައިކަލް ކުރެވޭ ފުޅިއެއްގައި ބަންދުކޮށްފައިވާ ބުއިމެކެވެ. އަދި އެކުންފުނިން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުފައްދާ ހުރިހާ ބުއިންތަކަކީ 100 ޕަސެންޓް ރީސައިކަލް ކުރެވޭ ފުޅިއަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މި އަމާޒަށް ދިއުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސްރައިޓް ބަންދުކޮށްފައި ހުންނަ ފެހި ފުޅި އެތެރެ ފެންނަ ފުޅިތަކަށް ބަދަލުކޮށްފަ އެވެ.
ސްޕައިިޓް ބަންދުކޮށްފައި ހުންނަ ޓްރާންސްޕޭރެންޓް ފުޅި އަކީ 100 ޕަސެންޓް ރީސައިކަލް ކުރެވޭ ފުޅިއެކެވެ. އަދި މިގެނައި ބަދަލާ އެކު މި ފުޅިތައް ބޭނުން ކުރުމަށްފަހު އުކާލުމުން އެ ޕްލާސްޓިކްގެ ގޮތުގައި އަނބުރާ ގަންނަ އަގު ބާޒާރުގައި ވަނީ ބޮޑުވެފަ އެވެ. ކޮކަކޯލާ އިން ބުނީ މިގެނައި ބަދަލުގެ ސަބަބުން އިގްތިސާދުގައި ގިނަ ބޭނުންތަކަށް މިފުޅިތައް ބޭނުން ކުރެވޭނެ ކަމަށެވެ.
މި ކެމްޕެއިން ކުރިއަށްގެންދިޔައީ މި މަހުގެ 18-19 އަށެވެ. އޭގެ އިތުރުން 25 އިން 26 އަށް "ޑަންކް ބީންސް"ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވެސް ހަރަކާތެއް ހިންގި އެވެ. ބާސްކެޓް ބޯޅަ ތީމަށް ހިންގި މި ހަރަކާތުގައި ބައިވެރިވެ އެޕަލް ވޮކް ސީރީޒް 7، އެއާޕޮޑް ޕްރޯ އަދި ޕާޓްނާ ރެސްޓޯރެންޓްތަކުން ގިފްޓް ވައުޗާތައް ހޯދުމުގެ ފުރުސަތު އޮތެވެ.
މި ކެމްޕޭންގެ ތެރެއިން، ވަށިގަނޑުތަކަށް އަޅާފައިވާ ފުޅިތައް، ކޮކާކޯލާގެ ޕާޓްނަރު އެންޖީއޯ ކަމަށްވާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ)އިން އެއްކުރާނެ އެވެ.
މި ހޭލުންތެރިކަމުގެ ކެމްޕޭން ފަށާފައި މި ވަނީ، ސްޕްރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ކޮންސިއުމާ ޕްރޮމޯޝަނާ ގުޅުވައިގެންނެވެ. މިދިޔަ މަހުގެ 1 އިން އޭޕްރީލް 4 އަށް ކުރިއަށްގެންދާ "ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯ ސްކްރީން" ކެމްޕެއިންގެ މަގްސަދަކީ ސްކްރީނަކުން އެއްޗެއް ބަލާއިރު ކަރުހިއްކުން ފިލުވާލަން ސްޕްރައިޓް ހިޔާރުކުރުމަށް ހިތްވަރުދިނުމެވެ.
ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. މި އުފެއްދުން ތައްޔާރުކުރީ 1961 ވަނަ އަހަރު އެވެ.
"ކޯކް އެންޑް މީލްސް" ނަމުގައި ކެމްޕެއިނެއް ފަށައިފި
ކޯކުގެ ޕްރޮމޯޝަން: ބެންކޮކް ދަތުރާއި ހިލޭ ކޯކް
"ޗާޖްޑް ނައިޓް"ގެ ދެ ވަނަ ޝޯ މާދަމާ ރޭ
ކޯކުގެ އުފެއްދުންތަކާ އެކު ބޮނަކުއާ ފެންފުޅިއެއް ހިލޭ
ކޯކާ-ކޯލާ ޒީރޯގެ 1.25 ލީޓަރު ފުޅި ތައާރަފްކޮށްފި
ފުޓްބޯޅަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާގެ ޕްރޮމޯޝަނެއް
ޕެޕްސީން "ކޮކޯ ކޯލާ" ނެރެނީ
ކޮކަ ކޯލާގެ ބައި ގަރުނުވީ "ޓެބް" ހުއްޓާލަނީ
"ކޮކަ ކޯލާ ވިތު ކޮފީ" އަންނަ ޖެނުއަރީގައި
ކޮކާ ކޯލާއިން ބޭއްވި ޕްރޮމޯޝަން މެދުކަނޑާލައިފި