Roadha Mihaaru
ކޯކާ-ކޯލާ ޒީރޯގެ 1.25 ލީޓަރު ފުޅި ތައާރަފްކޮށްފި

"ކޯކާ-ކޯލާ ޒީރޯ ޝުގާ" ގެ 1.25 ލީޓަރުގެ ފުޅި ތައާރަފްކޮށްފި

25 ނޮވެމްބަރ 2021

"ކޮކާ-ކޯލާ ޒީރޯ ޝުގާ" ގެ 1.25 ލީޓަރު ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ކޮކާ-ކޯލާ ޒީރޯ ޝުގާ" ގެ 1.25 ލީޓަރު ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ކޮކާ ކޯލާ ޒީރޯ ޝުގާ ރާއްޖޭގެ ބާޒާރަށް ނެރުނީ 2015 ގަ އެވެ. ކޮކާ-ކޯލާ ޒީރޯ ޝުގާ އަށް ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލުކަން ވަނީ ލިބިފަ އެވެ.

ކޮކާ-ކޯލާ ޒީރޯ ޝުގާގެ 1.25 ބާޒާރަށް ނެރުނީ އިއްޔެ އެވެ. މީގެ ކުރިން ބާޒާރުގައި ވިއްކަމުން އައިސްފައިވަނީ 250 އެމްއެލް އަދި 300 އެމްއެލްގެ ފުޅި އެވެ.

ކޮކާ-ކޯލާ ޒީރޯ ޝުގާގެ މި ސައިޒުގެ ފުޅި މާލެ އާއި އަތޮޅުތަކުގެ ފިހާރަތަކުންނާއި ސުޕަމާކެޓުތަކުން ލިބެން ހުންނާނެ ކަމަށް ކޮކާ ކޯލާއިން ބުންޏެވެ.

ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވީ، ކެލޮރީ އާއި ހަކުރު ނުހުންނަ ގޮތަށް ނެރުނު ކޮކާ-ކޯލާ ޒީރޯ އާންމުން ބަލައިގަނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަސްދުކުރީ، މި ބްރޭންޑް މިހާރަށް ވުރެ ވެސް ރާއްޖޭގައި ފުޅާކޮށް، ކޮކާ-ކޯލާއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު ޒީރޯ ކެލޮރީ، ޒީރޯ ޝުގަ ބުއިމުގެ ހިތްގައިމުކަން އާއިލާ އާއި ރައްޓެހިންނާ ހިއްސާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ، އަލަށް ތައާރަފްކުރި 1.25 ލީޓަރުގެ ފުޅިއާ އެކު ކޮކާ ކޯލާގެ އުފެއްދުންތައް އިތުރުވެ ކޮކާ ކޯލާގެ ގިނަ ރަހަތައް ތަޖުރިބާ ކޮށްލަން ފުރުސަތު ލިބޭނެ ކަމަށް އެވެ.