Roadha Mihaaru
ކޯކު ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިން ހޮވައިފި

"ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިން ހޮވައިފި

15 ސެޕްޓެމްބަރ 2021

ފުޓްބޯޅަ އަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސްދިނުމުގެ މަގްސަދުގައި ކޮކާ-ކޯލާ އިން ފެށި "ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އަގުހުރި އިނާމްތަކެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުޓްބޯޅަ އަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސްދިނުމުގެ މަގްސަދުގައި ކޮކާ-ކޯލާ އިން ފެށި "ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އަގުހުރި އިނާމްތަކެއް ދީފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ހޮވުނު އައިޝަތު ނާއިފާ، ހުސެއިން ރިޔާޒު، ފަހީމާ ގާސިމް އަދި ފާތިމަތު ރަޝީދު އަށް ވަނީ އިނާމުގެ ގޮތުގައި ސްމާޓްފޯން، 50 އިންޗީގެ ސްމާޓް ޓީވީ އަދި ކޮކާ-ކޯލާ ލޯގޯ ޖަހާފައިވާ މިނީ ފްރިޖުތައް ހަވާލުކޮށްފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން މިމަހުގެ ނިޔަލަށް އިތުރު ބައިވެރިންނަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮކާ ކޯލާ އިން ބޭއްވި ޕްރޮމޯޝަނުން ސްމާޓް ޓީވީ ފްރިޖް ހޯއްދެއްވި މީހަކަށް އިނާމު ހަވާލުކުރަނީ--ފޮޓޯ:ކޮކާ ކޯލާ

ކޮކާ ކޯލާ އިން ބޭއްވި ޕްރޮމޯޝަނުން ސްމާޓް ޓީވީ ފްރިޖް ހޯއްދެއްވި މީހަކަށް އިނާމު ހަވާލުކުރަނީ--ފޮޓޯ:ކޮކާ ކޯލާ

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އިނާމު ބަލާ ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންޖެހެ އެވެ.

ޕްރޮމޯޝަންގައި ދޭ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯން، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ހިމެނެ އެވެ.