04 އޮކްޓޯބަރ 2019
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮކަ-ކޯލާގެ އާ ރަހައެއް ނެރުމަށް ފަހު، އަނެއްކާވެސް އާ ހަތަރު ރަހައެއް އެނާޖީ ބުއިންތަކެއްގެ ގޮތުގައި ނެރެން ތައްޔާރުވާން ފަށައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮކަ-ކޯލާގެ އާ ރަހައެއް ނެރުމަށް ފަހު، އަނެއްކާވެސް އާ ހަތަރު ރަހައެއް އެނާޖީ ބުއިންތަކެއްގެ ގޮތުގައި ނެރެން ތައްޔާރުވާން ފަށައިފި އެވެ.
ކޮކަ ކޯލާ ކުންފުނިން ބުނިގޮތުގައި މި ފަހަރު ނެރެން ނިންމާފައި ވަނީ ކޮކަ-ކޯލާ އެނަޖީގެ ނަމުގައި ނެރޭ އެޑިޝަންގެ ހަތަރު ރަހައެކެވެ. އެ ރަހަތަކަކީ ކޮކަ-ކޯލާ އެނަޖީ، ކޮކަ-ކޯލާ އެނަޖީ ޒީރޯ ޝުގާ، ކޮކަ-ކޯލާ އެނަޖީ ޗެރީ އަދި ކޮކަ-ކޯލާ އެނަޖީ ޗެރީ ޒީރޯ ޝުގާ އެވެ.
މި ރަހަތައް އިޝްތިހާރުކުރަން ކޮކަ-ކޯލާ ކުންފުނިން މިހާރު ވަނީ ކުޑަވަރެއްގެ އިޝްތިހާރެއް ވެސް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.
އާ ރަހަތައް އެމެރީކާގައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނެރެން ނިންމާފައިވާ އިރު، ކޮކަ-ކޯލާ އެނަޖީ ޒީރޯ ޝުގާ މިހާރު ވެސް އިންޓަނޭޝަނަލް އެހެން މާކެޓްތަކުން ލިމިޓެޑްކޮށް ލިބޭނެ ކަމަށް ކޮކަ-ކޯލާ އިން ބުންޏެވެ.
Coca-Cola Energy—the first energy drink from the Coca-Cola brand—is coming to the US in January. We’re expanding successful innovations from around the world to offer more of the beverages people want. https://t.co/FkSN9Y44Rx pic.twitter.com/YvC2VEBqNE
— The Coca-Cola Co. (@CocaColaCo) October 1, 2019
ކޮކަ-ކޯލާގެ އެހެން ރަހަތަކާ ހިލާފަށް ކޮކަ-ކޯލާ އެނަޖީގެ ރަހަތަކުގެ އަގު ބޮޑުވާނެ އެވެ. އަދި މި ބުއިންތަކުގައި ކެފެއިން އެކުލެވޭ މިންވަރު އާދައިގެ ކޯކަށް ވުރެ ހަތަރު ގުނަ މައްޗެވެ. އެގޮތުން ކޮކަ-ކޯލާ އެނަޖީގެ ކޮންމެ 12 އައުސް (340.194 ގްރާމް) ގައި 114 މިލިގްރާމްގެ ކެފެއިން އެކުލެވޭނެ އެވެ. އާދައިގެ ކޯކްގައި ހިމެނެނީ 34 މިލިގްރާމްގެ ކެއިފެނެވެ. އަދި ޑައިޓް ކޯކްގައި އެކުލެވެނީ 46 މިލިގްރާމެވެ.
ކޮކަ-ކޯލާ ބްރޭންޑް ޑިރެކްޓަރު ޖާންކީ ގަމްބީރު ސީއެންއެން އަށް ވިދާޅުވި ގޮތުގައި އާންމުކޮށް ކޮކަ-ކޯލާ ބޯ މީހުންނަކީ އެނަޖީ ޑްރިންކްތަކާ އެހާ ދޯޅު ބައެއް ނޫނެވެ.
"އެހެންވީމާ އެނަޖީ ކޯކް އެޑިޝަނާ އެކު އަހަރެމެން ވަރަށް ބޮޑަށް ފޯކަސްކުރާނަން މި ބުއިންތަކަށް މީހުން އެޑިއުކޭޓްކުރަން،" ޖާންކީ ވިދާޅުވި އެވެ.
ކޮކަ-ކޯލާ އެނަޖީގެ އާ ރަހަތެއް ނެރުމަށް ފަހު، ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ ރަހަތަކެއް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އަދި އެ ރަހަތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުކުރާނެ ކަމަށް ސޮފްޓް ޑްރިންކް އުފެއްދުމުގެ 133 އަހަރުގެ ތާރީހެއް އޮތް ކޮކަ-ކޯލާ އިން ބުންޏެވެ.
"ކޮކަ ކޯލާ ވިތު ކޮފީ" އަންނަ ޖެނުއަރީގައި
ފެންޓާ ލެމަން ނުލިބޭތީ އެމެރިކާ މީހުން ދެރަވެއްޖެ
ސޮޑާ ދަޅަކުން ހަކުރު ބަލީގެ ނުރައްކާ 46 ޕަސެންޓަށް
ސްޕްރައިޓާ ގުޅޭ ހާއްސަ ކެމްޕެއިނެއް ބާއްވައިފި
ކޯކާ-ކޯލާ ޒީރޯގެ 1.25 ލީޓަރު ފުޅި ތައާރަފްކޮށްފި
ސްޕްރައިޓްގެ ޓްރާންސްޕޭރެންޓް ފުޅި ތައާރަފުކޮށްފި
ފުޓްބޯޅަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާގެ ޕްރޮމޯޝަނެއް
"ކޯކް އެންޑް މީލްސް" ނަމުގައި ކެމްޕެއިނެއް ފަށައިފި
ޕެޕްސީން "ކޮކޯ ކޯލާ" ނެރެނީ
ޔުނިވާސަލްގެ ޑރ. މަނިކު އަވަހާރަވެއްޖެ