Roadha Mihaaru
"ކޯކް އެންޑް މީލްސް" ނަމުގައި ކެމްޕެއިނެއް ފަށައިފި

ކޮކާ ކޯލާއިން "ކޯކް އެންޑް މީލްސް" ނަމުގައި ކެމްޕެއިނެއް ފަށައިފި

28 ޖެނުއަރީ 2021

ކޮކާ ކޯލާއިން މުޅި ދުނިޔޭގައި ހިންގާ "ކޯކް އެންޑް މީލްސް" ކެމްޕެއިނެއް ރާއްޖޭގައި ވެސް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮކާ ކޯލާއިން މުޅި ދުނިޔޭގައި ހިންގާ "ކޯކް އެންޑް މީލްސް" ކެމްޕެއިނެއް ރާއްޖޭގައި ވެސް ފަށައިފި އެވެ.

މިއީ ކޮވިޑަށް ފަހު އާއި ދިރިއުޅުމުގެ އާ ކަންކަމުގެ ތެރެއިން ކެއުމުގައި ރައްޓެހިންނާއި އާއިލާއާ އެކު ގުޅުން ބަދަހިކުރުމަށް ހިތްވަރުދޭ ކެމްޕެއިނެކެވެ.

ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކާޖް ސިންހާ ވިދާޅުވީ، މި ކެމްޕެއިނާ އެކު ރާއްޖޭގައި ވެސް ކެއުމުގެ ތެރެއިން އާއިލީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އާންމުންގެ ދިރިއުޅުމުގައި ކޮކާ ކޯލާގެ ދައުރު ބޮޑު. މި ބުއިމުގެ ތެރެއިން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

މި ކެމްޕެއިނާ އެކު، 132 އަހަރު ވެފައިވާ ކޮކާ ކޯލާ އިން ވަނީ މި ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަންގައި ކޮކާ ކޯލާގެ ދެ ލީޓަރު ފުޅިއެއް ގަތުމުން ތައްޓެއް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން މާޗް 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.