30 ޖޫން 2018
ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ފުޅާކުރަމުންދާ ކަމަށާއި ރައީސް ޔާމީން ބަލި ކުރުން ނޫން ޗޮއިސެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، އއ. އުކުޅަހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ފުޅާކުރަމުންދާ ކަމަށާއި ރައީސް ޔާމީން ބަލި ކުރުން ނޫން ޗޮއިސެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، އއ. އުކުޅަހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޮރަޕްޝަނާއި ވައްކަމަކީ ތަރައްގީއޭ ކިޔައި ޒުވާނުންގެ ސިކުނޑިތަކަށް ވެއްދުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ބޭނުމަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުސޫލުތައް ނެތިކޮށްލުމެވެ.
އަދި އެއީ އާންމު އުސޫލުތަކަކަށް ހަދައި، ޒުވާން ޖީލު އެ ނާތަހުޒީބު ކަންކަމުގެ ތެރެއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
"ވަގުންނާއި ކޮރަޕްޓު މީހުންނަކީ ސްމާޓް މީހުންގެ ގޮތުގައި ޒުވާނުންނަށް ކިޔައިދެނީ. ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި އަނިޔާވެރިކަން އިންތިހާ އަށް ދަނީ ފުޅާ ކުރަމުން،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ޕާޓީއެއް ކަން ފާހަގަ ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ކޮންމެ ހަރަކާތެއް ބާއްވަން މަސައްކަތް ކުރިޔަސް، ސަރުކާރާއި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުކުޅަހުގައި ބާއްވާ ކޮންގްރެސްގައި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ އެކު ހަސަން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްކުރާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައި ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އެ ފައިސާ ދިނުމަކީ އީސީގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސަރުކާރުން ދިނީމަ ކައިގެން، ސަރުކާރުން ދިނީމަ ބޮއެގެން، ސަރުކާރުން ދިނީމަ ލައިގެން ތިބޭ ޕާޓީއެއް ނޫން،" ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި ކޮންގްރެސްގައި ހަސަން ލަތީފް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް އެއް އެންމެ ފަހުން ބޭއްވީ 2010 ގަ އެވެ. އަދި މިއީ އެމްޑީޕީގެ ކޮންގްރެސްއެއް ރާއްޖޭގެ ރަށެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ފޮހެލެވޭނީ ރައްޔިތުން އެ މަގަށް މަސައްކަތްކޮށްގެންނެވެ. ސިޔާސީ ޕާޓީތަކުގެ މައިގަނޑު އަމާޒަކީ ވެސް ކޮރަޕްޝަނާއި އަނިޔާވެރިކަން ފޮހެލައި، މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނީ އެއް ކެންޑިޑޭޓު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި، އެ ކެންޑިޑޭޓަކީ އެމްޑީޕީން ނެރޭ ކެންޑިޑޭޓަކަށްވުމަށް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައިވާ ކަން ހަސަން ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން އެއްކޮޅަށް އަރައިފިނަމަ، ރައީސް ޔާމީން "ބޮޑު ތަނުން ބަލިވާނެ" ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ
ދޮޅު އަހަރަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަނީ
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
އެމްޑީޕީ ކޮންގްރެސް: އުކުޅަހަށް ބޮޑު އީދެއް
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
ޕީޕީއެމް އުކުޅަހު ޖަލްސާއަށް ހުރަސް އަޅައިފި
ސަލާން ޖަހާކަށް ނުޖެހޭނެ: ފައިސަލް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްކޮށްފި
ކޮންގްރެސްގައި 1500 މީހުން ބައިވެރިވާނެ: އެމްޑީޕީ
ސެޕްޓެމްބަރު މަހު ނަޝީދު ރާއްޖޭގައި ހުންނަވާނެ:ހަސަން