23 ޖޫން 2018
ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ވަރަށް ބޮޑުތަނުން ކުޑަކޮށްފި އެވެ.
ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ވަރަށް ބޮޑުތަނުން ކުޑަކޮށްފި އެވެ.
އިންޑިއާގެ "ދަ ވަޔާ" ނޫހުގައި ބުނެފައިވާ ގޮތުން ކާޑުގެ ބާވަތްތަކުން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް ކޯޓާގެ ގޮތުގައި ކަނޑައަޅާފައި ވަނީ 24،581.07 ޓަނުގެ ހަނޑުލާއި 946.21 ޓަނުގެ ފުށާއި 338.47 ޓަނުގެ ހަކުރެވެ. ކާޑުގެ ބާވަތްތަކުގެ އިތުރުން އަލުއްވާއި ފިޔާގެ ކޯޓާގެ ވެސް ވަނީ ވަރަށް ބޮޑަށް ދަށްކޮށް އެވެ. އެ ބާވަތުގެ ކޯޓާގެ ގޮތުގައި، މިހާރު ކަނޑައަޅާފައި ވަނީ 5،308.7 ޓަނުގެ އަލުއްވާއި 9،892 ޓަނުގެ ފިޔާ އެވެ.
މީގެ އިތުރުން، ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް ވަނީ 122.2 ޓަނުން 31.5 ޓަނަށް ދަށްކޮށްފަ އެވެ.
އިންޑިއާ އިން ކާޑުގެ ބާވަތްތަކުގެ ކޯޓާ އަށް ގެނައި ބަދަލާ ގުޅިގެން، އެންމެ ބޮޑަށް ކޯޓާ ދަށްކޮށްފައި ވަނީ ފުށް އެތެރެކުރުމަށެވެ. އެގޮތުން ކުރިން ކަނޑައަޅާފައިވާ 59،442.17 ޓަނުގެ ފުށުގެ ކޯޓާ ވަނީ 98.4 ޕަސެންޓް ދަށްކޮށްފަ އެވެ. ކުރިން ކަނޑައަޅާފައިވާ 11،706.3 ޓަނުގެ ހަކުރުގެ ކޯޓާ ވެސް ވަނީ 97 ޕަސެންޓް ކުޑަކޮށްފަ އެވެ. އަދި ހަނޑުލުގެ ކޯޓާ ވަނީ 67،640 ޓަނުން 24،581 ޓަނަށް ދަށްކޮށްފަ އެވެ. މިއީ 63 ޕަސެންޓްގެ ދަށްވުމެކެވެ.
ދަ ވަޔާ ނޫހުގައި ބުނެފައި ވަނީ އިންޑިއާ އިން އާ ކޯޓާތަކެއް ކަނޑައެޅީ ރާއްޖެ އިން މިދިޔަ ތިން އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ. އެ ކަން ބަލާފައި ވަނީ ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ އަދަދަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް ނޫހުގައި ވެ އެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ ދަ ވަޔާ ނޫހުގައި ބުނެފައި ވަނީ ކުރިއަށް އޮތް އެއް އަހަރަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރާނެ މިންވަރު ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް، ކުރިން ދޫކޮށްފައިވާ ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށް ވެސް އެ ނޫޙުގައި ވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުން ފެށިގެން އިންޑިއާ އިން ކޯޓާ ކަނޑައަޅަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަކަށް ބެލުމަށް ފަހު ކަމަށް ދަ ވަޔާ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ. އެގޮތުން، އެ އެއްބަސްވުމުގެ ނުވަ ވަނަ މާއްދާގެ ދަށުން، ރާއްޖެ އިން އެތެރެކުރަން ހުށަހަޅާ ބާވަތްތަކުގެ ސަޕްލައި ހުރި މިންވަރަކަށް ބެލުމަށް ފަހު އިންޑިއާ އިން ކޯޓާ ކަނޑައަޅަން ޖެހެ އެވެ.
ކާޑާއި އަލުވި، ފިޔާ އަދި ބިހުގެ ކޯޓާ އިންޑިއާ އިން ދަށްކުރިއިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އެކަން ރަނގަޅުކުރަން ދެ ގައުމުގެ މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
އިންޑިއާސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ދަތިކަން
ހާއްސަ ހުއްދައިގެ ދަށުން ރާއްޖެއަށް ހަކުރު ޝިޕްމަންޓެއް
އިންޑިއާއިން ރާއްޖެއަށް ގޮދަންފުށް ގެނެވޭނެ: ސަރުކާރު
އިންޑިއާއިން ބޯޓުތަކަށް ނާދެވި ބާޒާރުން މުދާ ހުސްވެފައި
އެއް ގައުމަކަށް ބަރޯސާވުން ހުއްޓާލަން ޖެހިފައި!
ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި
އިންޑިއާގެ ލޮކްޑައުންއާ ހެދި ތާށިވި މުދާތައް ގެންނަނީ
އިންޑިއާ އިން ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފި