Roadha Mihaaru
ހާއްސަ ހުއްދައިގެ ދަށުން ރާއްޖެއަށް ހަކުރު ޝިޕްމަންޓެއް

ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ހަކުރު ޝިޕްމަންޓެއް

14 ޖޫން 2022

ހާއްސަ ހުއްދައިގެ ދަށުން، އިންޑިއާ އިން ރާއްޖެ އަށް 520 ޓަނުގެ ހަކުރު ވިއްކަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހާއްސަ ހުއްދައިގެ ދަށުން، އިންޑިއާ އިން ރާއްޖެ އަށް 520 ޓަނުގެ ހަކުރު ވިއްކަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަކުރު ވިއްކަން ނިންމީ ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން، އެ ގައުމުން 520 ޓަނުގެ ހަކުރު 90 ދުވަހުގެ ތެރޭގައި އެސްޓީއޯ އަށް ދޫކުރަން ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުންޏެވެ.

ހަކުރު އެކްސްޕޯޓްކުރަން އިންޑިއާ ސަރުކާރުން އެސްޓީއޯ އަށް ދޫކުރި ހުއްދައިގެ ސިޓީގައި ބުނެފައި ގޮތުގައި، 2024 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި، ދެ ގައުމުގެ މެދުގައި، އެއްބަސްވެފައިވާ އަދަދަށް ރާއްޖެ އަށް ހަކުރު ލިބޭނެ އެވެ.

އިންޑިއާގެ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ގައުމުގެ އިންފްލޭޝަން މައްޗަށް ދާތީ ބައެއް ބާވަތްތައް، ހާއްސަ ހުއްދައިގެ ދަށުން ނޫނީ އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ހަކުރު ވެސް ހިމެނެ އެވެ.

މިދިޔަ މަހު ވަނީ އެ ގައުމުން ގޮދަން ފުށް ބޭރުކުރުން ވެސް މަނާކޮށްފަ އެވެ. އެކަމަކު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ހާއްސަ ހުއްދައެއްގެ ދަށުން އެ ތަކެތި ރާއްޖެ އެތެރެ ކުރެވޭނެ ކަމަށާއި ކާޑުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ.