25 ޖޫން 2018
ރާއްޖެއަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ދަށްކުރި ޚަބަރު މީޑިއާ އިން ގެނެސްދީފައިވަނީ އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖެއަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ދަށްކުރި ޚަބަރު މީޑިއާ އިން ގެނެސްދީފައިވަނީ އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.
އިންޑިއާ އިން ރާއްޖެ އެތެރެކުރާ ކާޑުގެ ބާވަތްތަކާއި އަލުވި، ބިސް އަދި ފިޔާގެ ކޯޓާ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވަރަށް ބޮޑަށް ދަށްކުރަން ނިންމާފައިވާ ކަމަށް ފުރަތަމަ ރިޕޯޓްކުރީ އިންޑިއާގެ ނޫހަކުންނެވެ. އެކަމާ، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވުމާ އެ ގައުމުގެ މީޑިއާއިން ގުޅުވާފައިވެ އެވެ.
އެކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު އެ ގައުމުގެ މީޑިއާތަކަށް މިއަދު ވިދާޅުވީ ކޯޓާ ދަށްކުރުމާ ގުޅޭ ޚަބަރުތައް އެ ގައުމުގެ މީޑިއާއިން ގެނެސްދިނީ އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށާއި އެ ބަދަލަކީ ވޭތުވެދިޔަ މުއްދަތުގައި، ދީފައިވާ ކޯޓާގެ ބޭނުން ހިފައި، ރާއްޖެ އެތެރެކުރި އަދަދަށް ބެލުމަށް ފަހު ގެނައި ބަދަލެއް ކަމަށެވެ. އަދި އެއީ 1981 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން އެކަން ކުރަންޖެހޭ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާ އަދިވެސް އޮތީ ދިވެހިންނާ އެކު ކަމަށް ވިދާޅުވެ، ދިވެހިންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދޭނެ ކަމަށް ވެސް ރަވީޝް ވިދާޅުވި އެވެ.
ކޯޓާ ދަށްކުރި ޚަބަރާ އެކު ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ، އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް ދަތި ނުވާނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ބުނެފަ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވާތީ ގުޅުން ރަނގަޅު ކުރުމަށްޓަކައި މަތީ ފެންވަރުގެ މަޝްވަރާތަކެއް މިހާރު ވަނީ ފަށައިފަ އެވެ. ދާދިފަހުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިންޑިއާ އަށް ވަޑައިގަތުމުން އަނބުރާ ފޮނުވާލި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ. އެކަމަކު ނިހާން އަނބުރާ ފޮނުވާލި ސަބަބެއް އަދިވެސް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ އިންޑިއާ މީހުންނަށް ރާއްޖެއިން ވިސާ ދިނުން ދަތިކޮށްފައިވާ ކަމަށް އެ ގައުމުން ބުނާ ބުނުމާ ގުޅުން ހުރި ކަމެކެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް: އިންޑިއާގެ ރައީސް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސާއި ޖައިޝަންކަރު ބައްދަލުކުރައްވައިފި
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ