15 މެއި 2022
އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރިޔަސް، އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް އެ ލިބޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރިޔަސް، އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް އެ ލިބޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ރާއްޖެއަށް އިންޑިއާއިން ގޮދަންފުށް ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.
އިންޑިއާއިން ބައެއް ބާވަތުގެ މުދާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް، މީގެ ކުރިން ވެސް ރާއްޖެ އަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ބާވަތްތައް ގެނެވެ އެވެ.
މިދިޔަ ހުކުރު ދުވަހު، ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރީ އިންޑިއާގައި ތަކެތީގެ އަގު މައްޗަށް ދާތީ، އަގު ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.
އެ ގައުމުގެ އިންފްލޭޝަން ރޭޓް ކަންބޮޑުވާން މިންވަރަކަށް މައްޗަށްދާ ކަމަށް ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އަށް އަހަރު ކުރިން ވެސް ނުދާހާ މައްޗަށް، މިދިޔަ މަހު އިންޑިއާގެ އިންފްލޭޝަން މައްޗަށް ގޮސްފައިވެ އެވެ. ކޮންސިއުމާ ޕްރައިޒް އިންފްލޭޝަން މިދިޔަ މަހު 7.8 ޕަސެންޓަށް މައްޗަށް އެރިއިރު، ރީޓެއިލް ފުޑްގެ އިންފްލޭޝަން 8.4 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.
އާދައިގެ ގޮދަންފުށުން ފެށިގެން ޕާސްތާ ފަދަ އެއްްޗެހި ހަދަން ބޭނުންކުރާ ހައި ޕްރޮޓީން ޑްރުމް ވެސް ހިމެނޭ ގޮތަށް، ހުރިހާ ވައްތަރެއްގެ ފުށް އެކްސްޕޯޓްކުރުން މަނާ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ. އެކަމަކު ދެގޮތަކަށް ފުށް އެކްސްޕޯޓް ކުރަން ހުއްދަދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ؛
● ގައުމުތަކުގެ ފުޑް ސެކިއުރިޓީގެ ބޭނުމަށް އިންޑިއާ ސަރުކާރުގެ އެހީ އަށް އެދޭ ގައުމުތަކަށް.
● އިއްޔެގެ ކުރިން ގޮދަންފުށް އެކްސްޕޯޓްކުރަން އެއްބަސްވުން ހަދާފައިވާ ނަމަ އެ ގައުމަކަށް.
ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ގޮދަންފުށް އުފައްދާ އިންޑިއާ އިން ވަރަށް ގިނަ ގައުމުތަކަށް އެ އެކްސްޕޯޓް ކުރެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.
އިންޑިއާގެ ލޮކްޑައުންއާ ހެދި ތާށިވި މުދާތައް ގެންނަނީ
އިންޑިއާ އިން ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފި
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު