20 ޖޫން 2018
ވާދަވެރި މާޒިޔާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗުގައި މިރޭ ޗެމްޕިއަން އައްޑަނަ އުފުލާލައިފި އެވެ.
ވާދަވެރި މާޒިޔާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗުގައި މިރޭ ޗެމްޕިއަން އައްޑަނަ އުފުލާލައިފި އެވެ.
މުސާރަ މައްސަލައިގައި ކޮންޓްރެކްޓް ބާތިލްކުރަން ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެފްއޭއެމަށް ހުށަހަޅާފައިވާތީ މިރޭ ނުކުޅޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި އޭނާ އެރިއިރު ކެޕްޓަން ބޭންޑާ ހަވާލުވެ އައްޑަނަ އުފުލާލީ ވެސް އޭނާ އެވެ.
މެޗުގެ ކުރިން ލީގު ކަށަވަރުކޮށްފައި އޮތް ނިއު އިން މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މުހިއްމު ކުޅުންތެރިން ނުހިމަނަ އެވެ. ދަގަނޑޭގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ފަހުން އެރިއިރު ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އާއި އަކްރަމް އަބްދުލްގަނީ އަދި އިމްރާން މުހައްމަދު ނުކުޅެ އެވެ. އެކަމަކު އެ ޓީމަށް ދާދި ފަހުން ގެނައި ރުވާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަން އެރި އެވެ. ދަގަނޑޭ އެރުމާ ހަމަޔަށް ކެޕްޓަންކަންކުރީ ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މިރޭ މާޒިޔާ ބަލިވުމުން ކްލަބް އީގަލްސް އަށް ވަނީ ލީގުގެ ދެ ވަނަ ލިބިފަ އެވެ. ނިއު އިން 37 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު އީގަލްސް ދެ ވަނަ މަގާމް ހާސިލްކުރީ 25 ޕޮއިންޓާ އެކު އެވެ. މާޒިޔާ 24 ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔައިރު ހަތަރު ވަނަ އަކީ 20 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބެވެ. ގަދަ ހަޔެއްގައި ދެން ހިމެނުނީ 20 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ފަސް ވަނަ ހޯދި ވިކްޓަރީ އާއި 14 ޕޮއިންޓާ އެކު ހަ ވަނަ އަށް ދިޔަ ގްރީންސްޓްރީޓްސް އެވެ. ނުވަ ޕޮއިންޓާ އެކު ހަތް ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އާއި ހަތް ޕޮއިންޓާ އެކު ފުލަށް ދިޔަ ވެލެންސިއާ އަށް ޖެހޭނީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރުމަށްޓަކައި ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގެ 28 ވަނަ މިނެޓުގައި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ފޮނުވާލި ބޯޅައެއް އެ ޓީމުގެ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) ގެ ގައިގައި ޖެހިފައި ސްޓެވާޓަށް ލިބުމުން އޭނާ ގޯލަށް ވައްދާލި އެވެ.
ނިއު އިން ވަނަ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހެއް މާޒިޔާގެ އަހުމަދު އިރުފާނަށް ލިބުނު ނަމަވެސް އޭނާ އަތުން ދޫވެ ދެން ލިބުނީ ހުހަށް ހުރި ހަސަން އަދުހަމް (ސަޑޭ) އަށެވެ. އޭނާ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ވައްދާލި އެވެ.
ނިއު އަށް 69 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މާޒިޔާގެ ޔޫތު ޓީމު ދޫކޮށް އެ ޓީމާ ގުޅުނު އިބްރާހިމް އަތީގް ހަސަން އެވެ. ރިލްވާން ވަހީދު (ރިލޭ) ދިން ބޯޅަ އަތީގް ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.
އޭގެ ފަހުން ނިއުގެ އާ ފޯވާޑް ކިޕްސަން އެރުވިއިރު އޭނާ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ދަގަނޑޭ ދިން ބޯޅަ އޭރިއާ ތެރެއިން ފޮނުވާލުމުން އަމާޒުވީ ގޯލް ދަނޑި އަށެވެ. މެޗުގެ ފަހުބައިގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ސްޓެވާޓަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.
ބޮޑު ދެ ބާރުގެ ކުރިމަތިލުން ނިއު ކާމިޔާބުކޮށްފި
ނިއު ވަރުގަދަ ވިޔަސް މާޒިޔާ އަށް މޮޅުވެވޭނެ: އިންމަ
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ދިވެހި ލީގުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ގްރީން އާއި މާޒިޔާ އެއްވަރު، އީގަލްސް އަށް މޮޅެއް
ލިލީގެ ގޯލުން މާޒިޔާ އަތުން ނިއު މޮޅުވެއްޖެ
ވެޓްރަންސް ކަޕް: ފައިނަލުގެ ފަހު ޖާގަ ނިއު އަށް
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި