ހަމްޒާ މުހައްމަދު (ހަމްޕް) ގެ ހެޓްރިކާ އެކު އެފްއޭއެމް ލީގު ކަޕްފައި މާޒިޔާއިން ނިއު ރޭޑިއަންޓްގެ މައްޗަށް 5-1 ން ކާމިޔާބު ހޯދައިފި އެވެ.
05 މެއި 2025
ހަމްޒާ މުހައްމަދު (ހަމްޕް) ގެ ހެޓްރިކާ އެކު އެފްއޭއެމް ލީގު ކަޕްފައި މާޒިޔާއިން ނިއު ރޭޑިއަންޓްގެ މައްޗަށް 5-1 ން ކާމިޔާބު ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު އެ މެޗަކީ މިދިޔަ އަހަރުގެ ފެބްރުއަރީގެ ފަހުން ނިއު ރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗެވެ. މާޒިޔާ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކޮށްފަ އެވެ.
ކުރިން ނިއު އަށް ކުޅުނު ހަމްޕް މާޒިޔާ އަށް ލީޑް ނަގައި ދިނީ މެޗު ފެށިގެން ފަސްވަނަ މިނެޓްގަ އެވެ. ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ވަނީ މާޒިޔާގެ ފުރަތަމަ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ދެ ލަނޑު ޖެހި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ވާދަވެރި މެޗެއް ނުކުޅެ ތިބުމުން، މެޗުގެ ތެރެއަށް ވަނަނަން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް އުނދަގޫ ވި އެވެ.
އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން: މާޒިޔާ މެޗު ކާމިޔާބު ކުރީ 5-1 ން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމްޕް ވަނީ ދެވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ ހެޓްރިކް ހެދީ ދެވަނަ ހާފުގަ އެވެ.
މާޒިޔާގެ އަނެއް ދެ ލަނޑު ޖެހީ ހަސަން ނަޒީމް (ޗޯޓް) އާއި އެންމެ ފަހުން ބޭއްވި 19 އަހަރުންދަށުގެ ޔޫތު މުބާރާތް އެ ޓީމަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އުމުރުން 16 އަހަރުގެ އިލާން އިމްރާނެވެ.
ފުޓްބޯޅައިގެ އުއްމީދީ ކުޅުންތެރިޔެއްގެ ގޮތުގައި ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރުން ސިފަ ކުރާ އިލާން މާޒިޔާގެ ސީނިއާ ޓީމާ އެކު ކުޅުނު ފުރަތަމަ މެޗަށް ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ހަމްޕްގެ ބަދަލުގައި އިލާން ކުޅެން ނުކުތީ 70 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ 83 ވަނަ މިނެޓްގަ އެވެ.
މާޒިޔާ އާއި ނިއުގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތް ފެށެން ހަފުތާއަކަށް ވުރެ ވެސް ވަގުތު ކުޑަތަން ވެފައިވަނިކޮށް ތައްޔާރީތައް ފެށި ނިއުގެ ހަމައެކަނި ލަނޑު ޖެހީ ރާފިގް އަމިނު އެވެ.
އެފްއޭއެމްގެ ރަސްމީ ކަލަންޑަރުން ބޭރުން ބާއްވާ މުބާރާތުގައި ބައިވެރިވާ ފަސް ޓީމުގެ ތެރެއިން މެޗެއް ނުކުޅެނީ މަހިބަދޫ ސްޕޯޓްސް އެކަންޏެވެ.
އެ ޓީމުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަދިއްތަ ދުވަހުގެ ރޭ އޮޑިން ވަނީ ޓީސީއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ފުޓްބޯޅަ އެނބުރިއައުން؛ ގެންޖެހުންތަކާއި ހިތްހަމަޖެހުން
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް
ދިވެހި ޕްރިމިއާ ލީގު ފަށާނީ ރޯދައިގެ ފަހުން؟
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މިކަހަލަ ހާލަތެއް ކުރިންދިމާނުވޭ: ޑުކަނޮވިޗް
އޭއެފްސީ ކްލަބް ލައިސެންސް ފުރިހަމަ ކުރީ މާޒިޔާ އެކަނި
މާލީ ތަފުސީލު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވީ މާޒިޔާއިން
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި