27 ޖުލައި 2016
އެމްއޭސީއެލް އިން މިފަހަރު ދެނީ ވަރަށް ބޮޑު ހަދިޔާ އެކެވެ؛ އެ ވާހަކަ ސިއްރު ކުރުމުގެ ބޭނުމެއް ނެތެވެ. މިރޭގެ ފުޅަނދު ބުރު ބަލަން ދާ މީހުންގެ ތެރެއިން ކޮންމެ ވެސް ދެ މީހަކަށް ޗައިނާ އަށް ދެވޭނެ އެވެ. މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. އެމްއޭސީއެލްގެ ފުޅަނދު ކައިރީގައި މަޑުކޮށްލުމާ އެކު ލިބޭ ހިލޭ ވައި ފައި އާ އެކު އެ މީހުންގެ ފުޅަނދުގެ ފޮޓޯތައް އެ މީހުންގެ ޚާއްސަ ހޭޝްޓެގަށް ފޮނުވަންވީ އެވެ. ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމްގައި އެ ހޭޝްޓެގް ބޭނުން ކުރެވޭނެ އެވެ. މީގައި ރަނގަޅީ ފޮނުވި ވަރެކެވެ. އެންމެ ގިނައިން ފޮޓޯ ފޮނުވާ ދެ މީހަކަށް އެ ނަސީބު ލައްވާލީ އެވެ. މީގެ އިތުރުން ވަރަށް ގިނަ އެހެން އިނާމްތައް ވެސް ހުރީ ތައްޔާރަށެވެ. ދެން އޮތީ އަހަރެމެން އެކަމަށް ތައްޔާރުވި ވަރެކެވެ.

ކޮންމެ ޖުލައި 26 ގައި އާދަޔާޚިލާފު ކޮންމެ ވެސް ކަމެއް ގެނެސްދޭ ކުންފުނީގެ މިފަހަރުގެ ފްލޯޓް ވެސް ވަރަށް ޚާއްސަ އެވެ. ޚާއްސަ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިދިޔަ އަހަރު، ފްރޯޒަން ތީމުން ތައްޔާރު ކުރި ވަރުގަދަ ފްލޯޓާ އެކު އެމްއޭސީއެލް މިފަހަރު އަމާޒު ހިފާފައި ވަނީ މާ ބޮޑު މަސައްކަތަކަށެވެ. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބާއްވާ ޑިޒްނީ ޕެރޭޑް މިރޭ މާލެ ގެނައުމަށެވެ. ޑިޒްނީގެ ހުރިހާ ކެރެކްޓާއެއްހެން ދައްކުވައިދޭ މި ފްލޯޓްގެ ދިގުމިން 500 ފޫޓަށް ދެމިގެންދެ އެވެ. އެހެންވެ، މާލޭގެ މަގުތަކުން މިރޭ ފެންނާނެ އެންމެ ހާއްސަ ހަރަކާތަކީ މިއީ ކަމަށް ވުން ވަރަށް ގާތެވެ.
"މިއީ މި ކުންފުނީގެ ގާތްގަނޑަކަށް 300އެއްހާ ދިވެހި މުވައްޒަފުންގެ ވަރަށް ގިނަ ވަގުތުގެ މަސައްކަތް. ގާތްގަނޑަކަށް ތިން ހަފުތާ މިވީ މި މަސައްކަތުގައި އުޅޭތާ،" ފްލޯޓްގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެމްއޭސީއެލް ފިއުލްގެ ޖެނެރަލް މެނޭޖަރު މުހަންމަދު ނިޔާޒު ވިދާޅުވި އެވެ. "މިފްލޯޓްގައި ގާތްގަނޑަކަށް ފަންސާހަކަށް ކެރެކްޓާ ފެނިގެންދާނެ. އެކިއެކި ކޮސްޓިއުމްސްގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ."
އެމްއޭސީއެލްގެ މި އަހަރުގެ ފުޅަނދުގައި ވަކިވަކި އަށް ފުޅަނދު ފެނިގެންދާނެ އެވެ. އެ އަށް ފުޅަނދަކީ ވެސް ޑިޒްނީގެ ވަކިވަކި ކާޓޫނުތަކެއްގެ މައްޗަށް ހަދާފައިވާ ފުޅަނދުތަކެކެވެ. މީގެ ކޮންސެޕްޓަކީ ނިޔާޒު ވިދާޅުވި ގޮތުގައި، ހޮންގްކޮންގްގައި ބާއްވަމުން އަންނަ މަޝްހޫރު ޑިޒްނީ ޕެރޭޑެވެ. އެހެން ނަމަވެސް، އެމްއޭސީއެލްގެ ފްލޯޓަށް ދީފައިވާ ނަމަކީ އެމްއޭސީއެލް ޕެރޭޑެވެ.
އެމްއޭސީއެލްގެ ޕެރޭޑްގެ މަސައްކަތް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުރަމުން ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މީގައި މި ދައްކުވައިދެނީ ގާތްގަނޑަކަށް ހަމަ އެ ޕެރޭޑް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ބައެއް ކަންތައްތައް ހުންނާނީ ބަދަލުކޮށްފައި. އެކަމަކު ވަރަށް ފުރިހަމަވާނެ."
އެމްއޭސީއެލްގެ އެ ފްލޯޓަކީ މި އަހަރުގެ ފުޅަނދުބުރުގައި ފެނިގެން ދާނެ އެންމެ ބޮޑު ފްލޯޓް ވެސް މެ އެވެ. އަދި އެއީ އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ ފްްލޯޓަށް ވުން ވެސް އެކަށީގެންވެ އެވެ. ނިޔާޒު ވިދާޅުވި ގޮތުގައި، މި ފްލޯޓަކީ މިދިޔަ އަހަރު އެ ކުންފުނިން ތައްޔާރުކުރި ފްލޯޓަށް ވެސް ވުރެ ވެސް މާ ފުރިހަމަ އަދި ބޮޑު ފްލޯޓަކަށް ވާތީ ކުންފުނީގެ ހުރިހާ މުވައްޒަފުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ.
އެމްއޭސީއެލްގެ ޕެރޭޑްގެ މަސައްކަތް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުރަމުން ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން މީގެ ޓެކްނިކަލް ހުރިހާ ކަމެއް ވެސް ޓެސްޓްކޮށް، ރޭ ރިހާސަލް ބާއްވައިފިން. އެއްވެސް މައްސަލައެއް ނެތް. ފްލޯޓް ދާނީ ބަރާބަރަށް،" އޭނާ ވިދާޅުވި އެވެ.
މި ފްލޯޓްގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ. ފްލޯޓުން ފެންނާނެ މައިގަނޑު ފަންނީ މަސައްކަތަކީ ވަޑާމުގެ މަސައްކަތްތަކެވެ. ފްލޯޓް އުފުލުމަށް ބޭނުންކޮށްފައިވާ އުޅަނދު ވެސް ތައްޔާރުކޮށްފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ބައެއް އެއްޗެހި އެއީ ގަންނަން ވެސް ލިބެން ނުހުންނަ ތަކެތި ކަމަށް ވާތީ، އެ ހުރިހާ އެއްޗެއް މި ފްލޯޓްތަކުގައި ދައްކައިދޭނީ އެމްއޭސީއެލްގެ މުވައްޒަފުން އަމިއްލަ އަށް ތައްޔާރުކޮށްގެންނެވެ. ނިޔާޒު ވިދާޅުވީ، "މިއިން ފެންނަ ކޮންމެ އެއްޗަކީ މި ކުންފުނީގެ މުވައްޒަފުންްގެ ހުނަރު" ކަމަށެވެ.
އެމްއޭސީއެލްގެ ޕެރޭޑްގެ މަސައްކަތް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުރަމުން ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ފުޅަނދުތަކުގައި މި ދައްކައިދޭ ބައެއް އެއްޗިއްސަކީ ތައްޔާރުކުރަން ހަމަ ހަގީގަތުގައި ވެސް ވަރަށް އުނދަގޫ އެއްޗެހި. ވަރަށް ކަވި ވަރަށް ބުރަ އަދި ވަރަށް ހުނަރުވެރި ޗާލު މަސައްކަތްތަކެއް މިރޭ މި ފްލޯޓްތަކުން ފެނިގެންދާނެ، އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރަކީ ފްލޯޓްތަކުގެ ތެރެއިން ވަނަ ހޮވާ އަހަރަށް ވާތީ، އެސްއެމްއެސް ކުރުމުގެ ފުރުސަތު ވެސް މިރޭ ހުޅުވާލާނެ ކަމަށެވެ.
އެމްއޭސީއެލް ޕެރޭޑް ކުރިއަށް ދާ ވަގުތު ކިތަންމެ ގިނަ ބަޔަކަށް ވެސް އެއްފަހަރާ ވަދެވޭ ގޮތަށް ހިލޭ ވައިފައި ދޫކުރާ ގޮތަށް ވެސް ހަމަޖެހިފައި ވެ އެވެ. އޭގެ ބޭނުމަކީ، ނިޔާޒު ވިދާޅުވި ގޮތުގައި ފްލޯޓްގެ ފޮޓޯތައް ފޮނުވަން އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރަން ނުޖެއްސުމެވެ.
އެމްއޭސީއެލްގެ ޕެރޭޑްގެ މަސައްކަތް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުރަމުން ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަށް ފުޅަނދުގައި މުޅި ދުނިޔެ އަށް މަޝްހޫރުވެގެން ދިޔަ ޑިޒްނީގެ ކާޓޫނުތަކުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ކެރެކްޓާތަކާއި އެ ކާޓޫނުތައް ސިފަ ވެގެންދާ މަންްޒަރުތައް މިރޭ ފެނިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"މިއީ އަނެއްކާ ވެސް މުޅިން އާ ކަމެއް. އަޅުގަނޑުމެން މި ތިބީ އަނެއްކާ ވެސް ފްލޯޓްތަކަށް މުޅިން އާ އިންގިލާބެއް ގެންނަން ތައްޔާރުވެގެން،" އޭނާ ވިދާޅުވި އެވެ.
އެހެން ވިއްޔާ އަހަރެމެން ވެސް ތައްޔާރެވެ.
ޑިޒްނީ އާއި ސްޓާވޯޒްގެ ކެރެކްޓާތަކުން މަގުތައް ފުރިއްޖެ
ހުނަރުވެރިކަމުން ފުރިފައި އޮތް ފުޅަނދުބުރެއް!
ފުޅަނދުތަކުން ދިވެހި އަދި ޖަޒީރާވަންތަކަން ފެންނާނެ
ފުޅަނދު ބުރު ވާދަވެރިވާނެ، ތަފާތުވާނެ: ސަލީމް
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
45މިލިއަން ލީޓަރުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އެމްއޭސީއެލްގެ ބޯޑުން އިބްރާހިމް ނޫރައްދީން ވަކިކޮށްފި
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
އެމްއޭސީއެލްއިން ކެރިއާ ގައިޑަންސް ޕްރޮގުރާމެއް ފަށައިފި