27 މެއި 2018
ކްލަބް ވެލެންސިއާ އަތުން 3-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް އަރައި ދިވެހި ޕްރިމިއާ ލީގުގެ ޖާގަ އެއް ހޯދުމާ ގާތަށް ވިކްޓަރީން ޖެހިލައިފި އެވެ.
ކްލަބް ވެލެންސިއާ އަތުން 3-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް އަރައި ދިވެހި ޕްރިމިއާ ލީގުގެ ޖާގަ އެއް ހޯދުމާ ގާތަށް ވިކްޓަރީން ޖެހިލައިފި އެވެ.
ވިކްޓަރީ 19 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ގަދަ ހަޔެއް ކަށަވަރުކުރަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެއް ވަނައިގައި 25 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ރޭގެ މެޗާ އެކު ވެލެންސިއާ 11 މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ. އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގައި އޮތްއިރު ގަދަ ހަޔަކަށް ވަނުމަށް އޮތީ އުނދަގޫ މަގެކެވެ.
ރޭގެ މެޗުގައި ވިކްޓަރީ އަށް 32 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އަނެއް ދެ ގޯލް ޖެހީ ސިމޮން ޓިބޯ އެވެ. އޭނާ ފުރަތަމަ ގޯލް 58 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލް ޖެހީ 71 ވަނަ މިނެޓުގަ އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލް ޖެހީ 80 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރީގާ ސާޖެއީ އެވެ.
ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ ވިކްޓަރީގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް މަރުހަބާ ކިޔާ ކަމަށާއި އެންމެން ވެގެން ކުރަނީ ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.
ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ބަލިވި ނަމަވެސް ވަރަށް ގިނަ ރަނގަޅު ކަންކަން ފާހަގަވި ކަމަށާއި މިރޭ ހެދުނު ގޯސްތައް ރަނގަޅުކޮށް ދެން މެޗެއް ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ވިކްޓަރީން ފަހަތުން އަރައި ވެލެންސިއާ ބަލިކޮށްފި
ވިކްޓަރީ މެޗަކީ ވެލެންސިއާ އަށް ފައިނަލެއް: ސޮބާ
ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓަރީ އަށް
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
އެންމެ ފަހުން ވެލެންސިއާ މޮޅެއް ހޯދައިފި