12 ޖޫން 2018
އެސްޓީއޯ މާލޭ ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އިން މިރޭ ކްލަބް ގްރީންސްޓްރީޓްސް 2-1 އިން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އިން މިރޭ ކްލަބް ގްރީންސްޓްރީޓްސް 2-1 އިން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި އެވެ.
ވެލެންސިއާ އަށް ގަދަ ހަޔެއް ގެއްލި އަދި ގްރީންސްޓްރީޓްސް އަށް ގަދަ ހަޔެއް ލިބިފައިވާތީ މިރޭގެ މެޗުގެ ނަތީޖާގެ މުހިއްމު ކަމެއް ނެތެވެ. އެކަމަކު މި މޮޅަކީ ކުރިއަށް އޮތް މާލޭ ލީގު ކޮލިފިކޭޝަން (ރެލިގޭޝަން ޕްލޭއޮފް) ގެ ކުރިން ވެލެންސިއާ ކުޅުންތެރިންނަށް ލިބުނު ބޮޑު އިތުބާރެއް ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ވަނީ ބުނެފަ އެވެ.
"ކޮންމެ ގޮތެއް ވިޔަސް މޮޅެއް ވުން މުހިއްމު ޕްލޭއޮފަށް ގޮސްފައި އޮތަސް. ކުޅުންތެރިންގެ މޯޓިވޭޝަނާއި ކޮންފިޑެންސް ރަނގަޅުވާނެ މި މޮޅާ އެކު. ފަހަރުގައި ވެދާނެ އިދިކޮޅު ޓީމުގެ މާބޮޑު ސީރިއަސްކަމެއް ނެތީ ކަމަށް ވެސް އެކަމަކު އެޔެއް ނޫން މުހިއްމީ. މީގައި އަޅުގަނޑުމެންނަށް މުހިއްމީ މި މޮޅު،" ސޮބާ ބުންޏެވެ.
މިރޭގެ މެޗުގެ 14 ވަނަ މިނެޓުގައި ވެލެންސިއާ އިން ލީޑު ނަގައި ހަމަޖެހިލި އެވެ. ގްރީންސްޓްރީޓްސްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޖެހީ ޑްރީގާ ސާގީ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގްރީންސްޓްރީޓްސްގެ އަހުމަދު ރިލުވާނަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ވެލެންސިއާ އިން ތަފާތު ބޮޑުކޮށްލީ 62 ވަނަ މިނެޓުގައި އަންސަރު އިބްރާހިމް ޖެހި ގޯލަކުންނެވެ. އޭގެ ފަހުން ގްރީންސްޓްރީޓްސް އިން އެޓޭކަށް އަރައި ފުލުފުލުގައި ތިން ހަމަލައެއް ފޮނުވާލި އެވެ. އަދި 89 ވަނަ މިނެޓުގައި ރޮލޭންޑް ރަސެލް ގޯލް ޖަހައި ތަފާތު ކުޑަކުރި އެވެ. އެ ޓީމަށް ފަހު ވަގުތު ޕޮއިންޓެއް ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އެކަނިމާއެކަނި ހުރެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބޯޅަ ފޮނުވާލީ ގޯލްކީޕަރު އަތަށެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް ނުކުތްއިރު ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި މި މެޗުގެ ނަތީޖާ މިވަގުތު މުހިއްމު ނޫން ކަމަށެވެ. އެކަމަކު އޭނާ ވަނީ ފަހު ވަގުތު ޕޮއިންޓެއް ހޯދަން އޭނާގެ ކުޅުންތެރިން ކުރި މަސައްކަތް ބަލައިގަނެ އެކަން ފާހަގަކޮށްފަ އެވެ.
މިރޭގެ މެޗަކީ އާދީއްތަ ދުވަހުގެރޭ ކުޅެން އޮތް މެޗެކެވެ. އެކަމަކު ރޯދަ މަހުގެ 27 ވިލޭރެއާ ދިމާވާތީ މިރެއަށް ފަސްކުރީ އެވެ. ސުޒޭން ބުނީ 27 ވިލޭރޭޔާ މެޗު އޮންނަ ދުވަސް ދިމާވާކަން ރޯދަ މަސް ފެށޭ ހިސާބުން އެނގޭނެ ކަމަށާއި އެވަރު ބަލާނުލައި ޝެޑިއުލް ހެދުމަށް ފަހު، ފަހު ވަގުތު ބަދަލު ގެނައުމަކީ ދެރަ ކަމެއް ކަމަށެެވެ.
"މިއީ ބަލިވީމާ ދައްކާ ވާހަކައެއް ނޫން. އެކަމަކު އެއްވެސް ބަޔަކު އަޅާނުލާނޭ ކަމަށް މިގޮތަށް ކަންތައް ކުރުމަކީ ގޯހެއް. ފުޓްބޯޅައަކީ ޗީޕް އެއްޗަކަށް ހަދައި ބޭނުން ގޮތަކަށް ހެދިގެން ނުވާނެ،" ސުޒޭން ބުންޏެވެ.
ލީގުގައި ބާކީ ދެން އޮތީ ކޮންމެ ޓީމެއް ކުޅެން ޖެހޭ ފަހު މެޗެވެ. ނިއު ރޭޑިއަންޓުން 34 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްގެންނެވެ. ގްރީންސްޓްރީޓްްސް ހަ ވަނައިގައި 14 ޕޮއިންޓާ އެކު އޮތްއިރު ވެލެންސިއާ އޮތީ ހަތަރު ޕޮއިންޓާ އެކު ފުލުގަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް
ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި
ވެލެންސިއާ މޮޅުވިއިރު ގްރީންގެ ހިތްހަމަނުޖެހުންތަކެއް
"ވެލެންސިއާ ވަރުގަދަ ވިޔަސް ގްރީން މެޗު އުނދަގޫވާނެ"
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ކުއްލިއަކަށް ލީގު ހުއްޓާލުމުން ކޯޗުންނަށް ޗެެލެންޖް ބޮޑު