ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
22 މެއި 2018
ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ށ. ކޮމަންޑޫ އާއި ރ. މަޑުއްވަރީ އާއި ބ. އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދޫ އާއި ދ. މީދޫ އަދި ލ. ގަމުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލްގެ ދަށުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މަސައްކަތަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހަޅަން ވަނީ ދައުވަތު ދީފަ އެވެ.
ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. ފައިސާ ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަަމައަށް އޮންނައިރު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
އެ މަޝްރޫއުގެ ތެރެއިން ކޮމަންޑޫ އާއި މަޑުއްވަރީ އާއި ކުޑަހުވަދޫގެ އިތުރުން މީދޫގައި އަޅަން ނިންމާފައިވަނީ 50 ހައުސިން ޔުނިޓެވެ. އޭދަފުށީގައި 100 ޔުނިޓް އަޅާއިރު ގަމުގައި އަޅަން ހަމަޖައްސާފައިވަނީ 200 ހައުސިން ޔުނިޓެވެ.
މިދިޔަ އަހަރު ވެސް ތިން ރަށެއްގައި ހައުސިން ޔުުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސުން އިއުލާނުކުރި އެވެ. އެއީ އައްޑޫ ފޭދޫ، ޅ. ނައިފަރު އަދި ޅ. ހިންނަވަރެވެ.
ގަމުގައި 200 ހައުސިން ޔުނިޓް އަޅަނީ
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ
ގަމު ހައުސިން މަޝްރޫއު އޮތީ އިވެލުއޭޝަން މަރުހަލާގައި:ފިނޭންސް
ސަމްސުއްނިސާ: އެތައް ކުދިންގެ "މަންމަ"އަކަށް
57 ރަށެއްގައި 10،000އަށްވުރެ ގިނަ ފްލެޓް އަޅަނީ
ހުޅުމާލޭގެ ބައެއް ފްލެޓުތަކުގެ މަރާމާތް އެފްޑީސީ އަށް
އަމިއްލަ ގޯތީގައި ހައުސިން ޔުނިޓްތައް އަޅައިދެނީ
ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ