01 އެޕްރީލް 2019
ލ. ގަމުގައި އަޅާ 200 ހައުސިން ޔުނިޓުގެ މަޝްރޫއު އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ލ. ގަމުގައި އަޅާ 200 ހައުސިން ޔުނިޓުގެ މަޝްރޫއު އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫއަށް ހުށަހެޅި ބިޑްތައް ބަލައިގެންފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އިވެލުއޭޝަން މަރުހަލާ ކަމަށާއި އެ މަރުހަލާ ނިމުމުން ބަޔަކާ ހަވާލުކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް އެ މަޝްރޫއަށް ބިޑް ހުށަހެޅީ ކިތައް ފަރާތަކުން ކަމެއް އަދި ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ.
މި އަހަރު ބޯހިޔާވަހިކަމުގެ ހަ މަޝްރޫއުއެއް އަލަށް ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އެ މަޝްރޫއުތަކަށް 207 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިނގަމުން ދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް އާ ސަރުކާރުން ހޭދަކުރާނެ އެވެ.
ބ. ތުޅާދޫގައި ވެސް 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެ މަޝްރޫއަށް ބިޑް ހުށަހެޅުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. ޅ. ނައިފަރުގައި އަޅާ 100 ހައުސިން ޔުނިޓަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަހެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
ގަމުގައި 200 ހައުސިން ޔުނިޓް އަޅަނީ
ހަ ރަށެއްގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
ލ. ގަމުގައި ހަދާ 100 ފްލެޓްގެ ބިންގާ އަޅައިފި
ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ
ފަންނީ މީހުންގެ ފްލެޓް ދޫކޮށްލަން ތިން މަސް ލިބޭނެ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު އާންމުކޮށްފި
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބަލަނީ