22 މެއި 2018
ބެއިޖިން (މެއި 22) - ގައުމީ ރޫހު އާލާ ކުރުމުގެ ގޮތުން ކަމަށް ބުނެ ޗައިނާގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ގައުމީ ދިދަ ނަގަން އަންގައިފި އެވެ.
ބެއިޖިން (މެއި 22) - ގައުމީ ރޫހު އާލާ ކުރުމުގެ ގޮތުން ކަމަށް ބުނެ ޗައިނާގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ގައުމީ ދިދަ ނަގަން އަންގައިފި އެވެ.
ޗައިނާ އިސްލާމިކް އެސޯސިއޭޝަނުން ބުނީ މިސްކިތްތަކުގައި ނަގާ ދިދަ ހުންނަން ޖެހޭނީ ވީހާ ވެސް ގިނަ ބަޔަކަށް ފެންނަ ގޮތަށް ކަމަށެވެ. މީގެ އިތުރުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މައިގަނޑު އުސޫލުތައް މިސްކިތްތަކުގައި އާއްމުންނަށް ފެންނަން ހުންނަ ގޮތަށް ބަހައްޓަން ވެސް ވަނީ އަންގައިފަ އެވެ. ބޭނުމަކީ މިސްކިތްތަކަކީ އަޅުކަން ކުރާ ތަންތަނުގެ އިތުރުން އެ ތަންތަނުން ޗައިނާގެ އުސޫލްތަކާއި ގާނޫނުތައް ވެސް މީހުންނަށް ދަސްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ބުނެފައިވެ އެވެ.
ޗައިނާ އިސްލާމިކް އެސޯސިއޭޝަނަކީ އެ ގައުމުގެ ސަރުކާރުގެ ޖަމާއަތެކެވެ. މިސްކިތްތައް ބެލެހެއްޓުމާއި އިމާމުން ކަނޑައަޅާނީ މި އެސޯސިއޭޝަނުންނެވެ.
ޗައިނާ އިން މި ގޮތަށް ހަމަޖައްސާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ރިލިޖަސް އެފެއާޒް ގާނޫނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މި ގާނޫނުގައިވާ ގޮތުން ދީނީ ހަރަކާތްތައް ހިންގަން ޖެހެނީ ސަރުކާރުން ހުއްދަ ނަގައިގެންނެވެ. އަދި ދީނީ ކަންކަން ހިންގާ އިރު ސަރުކާރުން ސުޕަވައިޒް ކުރުން ވަނީ އިތުރު ކޮށްފަ އެވެ.
ޗައިނާ ސަރުކާރުން ބަލައިގެންފައިވާ ފަސް ދީނުގެ ތެރޭގައި އިސްލާމް ދީން ވެސް ހިމެނެ އެވެ. ޗައިނާގައި 23 މިލިއަން މުސްލިމުން އުޅެ އެވެ. އެކަމަކު މުސްލިމުންނަށް ކުރާ ދަތިތައް ވެސް ދަނީ އިތުރު ކުރަމުންނެވެ. ޚާއްސްކޮށް ހުޅަނގު އުތުރުގެ ޝިންޖިއަން ޕްރޮންސްގަ އެވެ. އުއިގާރު މުސްލިމުން ގިނަ އަދަދަކަށް އުޅޭ އެ ޕްރޮވިސްންގައި މުސްލިމުން ތުނބުޅި ބެހެއްޓުމާއި އާއްމު ތަންތަނުގައި ނަމާދު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޝިންޖިއާންގައި ރޯދަ އަށް ތިބޭ މީހުންނަށް ވެސް އެކި ހުރަސްތައް ދަނީ ކޮންމެ އަހަރަކު ވެސް ކުރިމަތި ކުރަމުންނެވެ. މި ގޮތުން ރޯދަ މަހު ދުވާލު ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމާއި ސްކޫލްތަކަށްދާ މުސްލިމް ކުދިންނަށް ރޯދަ މަހު ދުވާލު ކާން މަޖްބޫރު ކުރުން ހިމެނެ އެވެ.
ޗައިނާގެ ޒިންޖިއާންގައި އެތައް މިސްކިތެއް ތަޅާލައިފި
މައުމޫން ލޯބިން ބިނާކުރެއްވި އިސްލާމީ ލޭންޑްމާކަށް 40
އަނބިމީހާ ހަނދާނުގައި ރަށު ސްކޫލްގައި މިސްކިތެއް
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"
އިމުގެ މައްސަލާގައި އިންޑިއާ-ޗައިނާ އެއްބަސްވުމަކަށް
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި