08 މެއި 2019
ޒިންޖިއާން (މެއި 8) - ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ޗައިނާގެ ޒިންޖިއާންގައި 31 މިސްކިތާއި މުސްލިމުންގެ އިތުރު ދެ ބިނާއެއް ތަޅާލާފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
ޒިންޖިއާން (މެއި 8) - ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ޗައިނާގެ ޒިންޖިއާންގައި 31 މިސްކިތާއި މުސްލިމުންގެ އިތުރު ދެ ބިނާއެއް ތަޅާލާފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
ސެޓެލައިޓް ފޮޓޯތަކުގެ މައްޗަށް ބިނާކޮށް ގާާޑިއަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓެއްގައި ބުނެފައި ވަނީ ޒިންޖިއާންގައި 15 މިސްކިތެއް ވަނީ ގާތްގަނޑަކަށް ބިމާ ހަމަކޮށްލާފައި ކަމަށެވެ. ބާކީ ހުރި މިސްކިތްތަކުން ވެސް ބޮޑު ބައެއް ހަލާކުކޮށްލާފައިވާ ކަމަށް އިނގިރޭސިވިލާތުގައި ނެރޭ ނޫހުން ބުނެފައިވެ އެވެ.
ޒިންޖިއާން އިން ތަޅާލި މިސްކިތްތަކުގެ ތެރޭގައި އިމާމް އާސިމް ޝްރައިމް ހިމެނެ އެވެ. ޔުނިވާސިޓީ އޮފް ނޮޓިންހަމްގެ އިސްލާމީ ތާރީޚާ ބެހޭ ބޭފުޅެއް ކަމަށްވާ ރިއާން ތުމް ވިދާޅުވީ އިމާމް އާސިމް މިސްކިތް ތަޅާލާފައިވާ މަންޒަރު ފެނުމަކީ ލިބުނު ޝޮކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވިގާރް މުސްލިމުންގެ ތާރީޚީ އަދި ދީނީ މުހިންމު ބިނާއެއް ކަމަށެވެ.
ޗައިނާގެ ޒިންޖިއާންގައި 12 މިލިއަން ވިގާރް މުސްލިމުން އުޅެ އެވެ. ޗައިނާ އިން ދަނީ އެ މީހުންނަށް އެކި ގޮތްގޮތުން ދަތިކުރަމުންނެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އެ ސިޓީގައި މުސްލިމުން ރޯދަ ހިފުން މަނާ ކުރެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޕެނަލް އިން މިދިޔަ އަހަރު ބުނެފައި ވަނީ ވިގާރް މުސްލިމުންގެ އެއް މިލިއަން މީހުން ޗައިނާ އިން ބަންދުކޮށްފައިވާ ކަމަށެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ބަންދު ކުރީ ވޮކޭޝަނަލް ތަމްރީނު ދޭން ކަމަށެވެ.
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ޗައިނާގެ ޝިންޖިއާންގެ ހައްގުތަކުގެ މައްސަލަ ބަލަންޖެހޭ
އެންމެ މީހެއްގެ ސަބަބުން 4 މިލިއަން މީހުން ޓެސްޓްކޮށްފި
ވީގޫރް މޮޑެލް ހައްޔަރު ކުރުން ޗައިނާ އިން ދިފާއުކޮށްފި
ޗައިނާގެ ޝިންޖިއާންގައި ބަލި ފެތުރި ކުއްލި ހާލަތަށް
ކޭމްޕްތަކުގައި ޗައިނާއިން މުސްލިމުންގެ ސިކުނޑި ދޮވެލަނީ
ޗައިނާގެ ޒިންޖިއާންގައި މިއަހަރު ވެސް ރޯދަ ހިފުން މަނާ
ޗައިނާގެ މިސްކިތްތަކުގައި ގައުމީ ދިދަ ނަގަން އަންގައިފި
ޝިންޖަންގުގައި ތުނބުޅި ދިގުކުރުމާއި މޫނުބުރުގާ މަނާ
މައުމޫން ލޯބިން ބިނާކުރެއްވި އިސްލާމީ ލޭންޑްމާކަށް 40