01 އެޕްރީލް 2017
ޗައިނާގައި މުސްލިމުން ގިނަ ޝިންޖަންގުގައި މުސްލިމުންނާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އަޅައިފި އެވެ.
ޗައިނާގައި މުސްލިމުން ގިނަ ޝިންޖަންގުގައި މުސްލިމުންނާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އަޅައިފި އެވެ.
ހަރުކަށި ވިސްނުން ކޮންޓްރޯލްކުރުމުގެ ނިޔަތުގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވަކި ވަރަށް ވުރެ ބޮޑަށް ތުނބުޅި ދިގުކުރުމާއި އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން ހިމެނެ އެވެ.
ޝިންޖަންގްގެ އާބާދީގެ 45 ޕަސެންޓް ހިއްސާކުރަނީ މުސްލިމުންނެވެ. ޗައިނާ ދަރިކޮޅުގެ މީހުންގެ ނިސްބަތަކީ 40 ޕަސެންޓެވެ. އެއީ ވެސް 1949 ގައި ޗައިނާގެ ދަށަށް އެ ސަރަހައްދު ގެނައުމަށް ފަހު ޗައިނާގެ މައި ދަރިކޮޅު މީހުން ވަޒަންވެރިކުރުވަން ހިންގި މަސައްކަތުގަ އެވެ.
ޝިންޖަންގު މިނިވަންކުރަން އެ ސަރަހައްދުގައި މުސްލިމުން ގެންދަނީ ދޭތެރެ ދޭތެރެ އިން ހަތިޔާރުގެ ބޭނުންކޮށް އަދި ހަމަނުޖެހުންތައް ވެސް ހިންގަމުންނެވެ. އަދި ޗައިނާ ސަރުކާރުގެ ހަރުކަށިކަން ވެސް އެ ހިސާބުގައި ބޮޑު ކަމަށް، މީޑިއާތަކުން ބުނެ އެވެ.
ޝިންޖަންގުގެ މުސްލިމުން ބުނާ ގޮތުގައި އެ މީހުންނާ މެދު ޗައިނާ ސަރުކާރުން ކަންތައް ކުރަނީ އިންސާފު ކުޑަ ގޮތަކަށެވެ. ދީނީ ކަންކަން ކުރުމަށް ހުރަސް އަޅާ ކަމަށް ވެސް މުސްލިމުން ބުނެ އެވެ.
އެ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ، ޗައިނާ ސަރުކާރުން ބުނާ ގޮތުގައި، ހަރުކަށި ވިސްނުން ގެންގުޅޭ މުސްލިމުންނެވެ. އެކަމަކު އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަމަނުޖެހުން ބޮޑުވުމުގެ ސަބަބަކީ ޗައިނާ އިން ގެންގުޅޭ ހަރުކަށި ސިޔާސަތެވެ. އަދި އާ ފިޔަވަޅުތަކުގެ ސަބަބުން ހަރުކަށި ވިސްނުމަށް އެނބުރޭ މުސްލިމުން ގިނަވާނެކަމުގެ އިންޒާރު ވެސް އެ ފަރާތްތަކުން ދެ އެވެ.
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ވީގޫރް މޮޑެލް ހައްޔަރު ކުރުން ޗައިނާ އިން ދިފާއުކޮށްފި
ކޭމްޕްތަކުގައި ޗައިނާއިން މުސްލިމުންގެ ސިކުނޑި ދޮވެލަނީ
ޗައިނާގެ ޒިންޖިއާންގައި މިއަހަރު ވެސް ރޯދަ ހިފުން މަނާ
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޗައިނާގެ މުސްލިމުންނަށް ކުރާ އަނިޔާ ހާމަވާ ލިޔުންތަކެއް
ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ ޝިންޖިއާންގެ ހައްގުތަކުގެ މައްސަލަ ބަލަންޖެހޭ