Roadha Mihaaru
ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

20 މެއި 2018

ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލު ވަރަށް ސީރިއަސް ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލު ވަރަށް ސީރިއަސް ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މަޖީދަށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުނީ ބައްދަލުވުމަކަށް ސްރީ ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި، ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި އޭނާ މިހާރު އޮންނެވީ ވެންޓިލޭޓަރުގަ އެވެ.

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މަޖީދަށް ޖެހުނު މި ސްޓްރޯކާ ގުޅިގެން އޭނާގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ.