13 މެއި 2018
ބިދޭސީ ފޯވާޑުން ގެނައުމުގައި ކްލަބް އީގަލްސް އިން މިދިޔަ ސީޒަނުގައި ކުރި ހިތި ތަޖުރިބާގެ ބަދަލު މިހާރު ވެސް އެ ޓީމަށް ލިބިއްޖެ އެވެ. މި ސީޒަނަށް ގެނައި ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ މިވަނީ ނުވަ މެޗުން 15 ގޯލް ޖަހައިދީފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ތިން ވަނައިގައި އީގަލްސް އޮތުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ކުޅުންތެރިޔަކީ ވެސް އުމުރުން 29 އަހަރުގެ އެ ފޯވާޑެވެ.
ބިދޭސީ ފޯވާޑުން ގެނައުމުގައި ކްލަބް އީގަލްސް އިން މިދިޔަ ސީޒަނުގައި ކުރި ހިތި ތަޖުރިބާގެ ބަދަލު މިހާރު ވެސް އެ ޓީމަށް ލިބިއްޖެ އެވެ. މި ސީޒަނަށް ގެނައި ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ މިވަނީ ނުވަ މެޗުން 15 ގޯލް ޖަހައިދީފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ތިން ވަނައިގައި އީގަލްސް އޮތުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ކުޅުންތެރިޔަކީ ވެސް އުމުރުން 29 އަހަރުގެ އެ ފޯވާޑެވެ.
ލީގުގައި އިއްޔެ ހަވީރު ކްލަބް ވެލެންސިއާ އަތުން 6-1 އިން އީގަލްސް މޮޅުވި މެޗުގައި ލުއިޒް އެޑުއާޑޯ ހެދި ހެޓްރިކަކީ މި ސީޒަނުގައި އޭނާ ހެދި ތިން ވަނަ ހެޓްރިކެވެ. ޖިސްމާނީ ގޮތުން ވަރުގަދަ މި ކުޅުންތެރިޔާ ހަލުވި ކުޅުމެއް ކުޅޭއިރު ނިންމާލުންތައް ވެސް އެހާމެ ފުރިހަމަ އެވެ.
އިއްޔެގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެޑުއާޑޯ ބުނީ އޭނާ ޝުކުރުއަދާކުރަން ބޭނުންވަނީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި ކުޅުންތެރިންނަށް ކަމަށާއި އެ އެންމެންގެ އެހީ ނެތި އިއްޔެ ވެސް އަދި އޭގެ ކުރިން ވެސް އޭނާ އަށް ހެޓްރިކެއް ނެހެދޭނެ ކަމަށެވެ.
"ކޯޗަށް ޝުކުރު އަދާކުރަން ބޭނުންވޭ އެއީ މެޗުގެ ހާފު ޓައިމްގައި އޭނާ އަހަންނަށް ހާއްސަ އިރުޝާދެއް ދިން. ކޯޗު އަހަރެން ގާތު ކޯޗު ބުނީ މެދުގައި މަޑުކުރާށޭ. އެއީ އަހަރެން ފުރަތަމަ ހާފުގައި ބޮޑަށް ކުޅުނީ އަރިމައްޗަށް ޖެހިގެން. ކޯޗު ބުނީ މެދުގައި މަޑުކުރާށޭ އޭރުން ޔަގީނުން ވެސް ލަނޑު ޖަހާނޭ. އަހަންނަށް އެކަން ހާސިލްވި އެކަމަކު އެއީ ކޯޗުގެ ސަބަބުން،" ލުއިޒް އެޑުއާޑޯ ބުންޏެވެ.
އޭނާ ވަނީ ތައިލެންޑާއި މެލޭޝިއާގެ ކްލަބްތަކަށް ކުޅެފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 2012 ވަނަ އަހަރު ތައިލެންޑްގެ ފުރަތަމަ ޑިވިޝަންގެ ޖަމްޕަސްރީ ޔުނައިޓެޑާ އެކު އެވެ. އެ ފަހަރު އޭނާ ވަނީ ކުޅުނު 22 މެޗުން 12 ގޯލް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ލުއިޒް މިދިޔަ ސީޒަންގައި ކުޅެފައިވަނީ މެލޭޝިއާގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ މެލޭޝިއަން އިންޑިއަން ސްޕޯޓްސް ކައުންސިލް ޓީމަށެވެ. އެ ޓީމަށް ކުޅުނު އަށް މެޗުން ހަތަރު ގޯލް ޖެހި އެވެ.
ލުއިޒް އެޑުއާޑޯ މޭން އޮފް ދަ މެޗުގެ އިނާމާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެ ގައުމުގެ ލީގާ ރާއްޖޭގެ ލީގުގެ ފެންވަރާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ކޮންމެ ގައުމެއްގެ ލީގު ވެސް ތަފާތު ކަމަށާއި ވަކި މިވެނި ލީގެއް ދަށޭ ނުވަތަ މޮޅޭ ބުނަން ނޭގޭ ކަމަށެވެ.
"އެކަމަކު ތެދެއް ބުނެފާނަން. އެއީ އެހެން ގައުމުތަކުގައި ކުޅޭއިރު ޑިފެންޑަރުން އިސްކޮޅުން ދިގުވުމުން އަހަންނަށް ޔަގީންކަމެއް ނޯވޭ ސީދާ ސެންޓަ ފޯވާޑަކަށް ކުޅެވޭނެކަމެއް. އެތަންތަނުގައި އަހަރެން ބޮޑަށް ކުޅެނީ ސެކަންޑް ސްޓްރައިިކަރަކަށް،" ލުއިޒް އެޑުއާޑޯ ބުންޏެވެ.
މި ސީޒަނުގެ ލަނޑު ލިސްޓުގެ އެއް ވަނަ މަގާމް ލުއިޒް އެޑުއާޑޯ އަންނަނީ ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާ ހިއްސާކުރަމުންނެވެ. ދެ ކުޅުންތެރިން ވެސް 15 ގޯލް ޖަހާފައިވެ އެވެ. ދަގަނޑޭ ފަހަތަށް ޖައްސާލެވިދާނެތޯ އެހުމުން އޭނާ ބުނީ އޭނާ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށެވެ.
"އޭނާ އަކީ މިތަނުގެ ލެޖެންޑެއް. އަހަރެން ވަރަށް ބޮޑަށް އިހުތިރާމްކުރަން. އަހަރެމެން ދެ ކުޅުންތެރިން އިދިކޮޅަށް ކުޅޭއިރު ވަރަށް މަޖާ. އަހަންނަކަށް ނޭގޭ އަހަންނަށް އޭނާ ފަހަތަށް ޖައްސާލެވިދާނެ ކަމެއް. އެކަމަކު އަހަރެން ޔަގީންކަންދެން އަހަރެމެން ދެ މީހުން އެކަކު އަނެއްކާ ދެކޮޅަށް ކުޅޭއިރު ރަނގަޅު މެޗެއް ފެންނާނެ،" ލުއިޒް އެޑުއާޑޯ ބުންޏެވެ.
އޭނާއާ އެކު އީގަލްސްގެ ފޯވާޑް ލައިނުގައި ދެން ކުޅެން ތިބީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ނާއިމް އާއި ހަސަން ރާއިފް (ހަންނަ) އެވެ. ލުއިޒް އެޑުއާޑޯ ބުނީ އެ ދެ ކުޅުންތެރިން ވެސް އެހާމެ މޮޅު ކަމަށާއި ގައުމީ ޓީމުން ވެސް ޖާގައެއް ހައްގު ކަމަށެވެ.
"އަހަރެން އެ ދެ ކުޅުންތެރިންނަށް ހިތްވަރު ދެން ގައުމީ ޓީމަށް ދާން. މި ވަގުތު ނޫނަސް ވަރަށް އަވަހަށް އެ ދެ ކުޅުންތެރިން ފެންނާނެ. އަހަންނަކަށް ނޭގޭ އެ ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިންކަމެއް އެކަމަކު ޔަގީނުން ވެސް ކުރިމަގުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ނާއިމާއި ހަންނަ ހިމެނޭނެ،" ލުއިޒް އެޑުއާޑޯ ބުންޏެވެ.
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް
ޓީސީ އާއި އީގަލްސް އަށް ޕޮއިންޓެއް
އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން