ބެއިޖިން (މެއި 8) - ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ އިސް ވެރިއެއް ކަމަށްވާ ސަން ޒެންގްކައިގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުކޮށް އޭނާ އުމުރަށް ޖަލަށް ލައިފި އެވެ.
08 މެއި 2018
ބެއިޖިން (މެއި 8) - ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ އިސް ވެރިއެއް ކަމަށްވާ ސަން ޒެންގްކައިގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުކޮށް އޭނާ އުމުރަށް ޖަލަށް ލައިފި އެވެ.
ޕޮލިޓްބިއުރޯގެ ކުރީގެ މެންބަރު ސަން ޒެންގްކައި އަކީ ޗައިނާގެ އެންމެ އިސް ލީޑަޝިޕުގެ މުހިންމު ބޭފުޅެކެވެ. ރައީސް ޝީ ޖިންޕިން ހިންގަވާ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގެ ދަށަށުން ޖަލަށްލާން އެންމެ ފަހުން ހުކުމްކުރި ޒެންގްކައިގެ މައްޗަށް ވަނީ ރިޝްވަތުގެ ގޮތުގައި 26.7 މިލިއަން ޑޮލަރު ނެގި ކަމަށް ސާބިތުކޮށްފަ އެވެ.
ޗައިނާގެ ރަސްމީ މީޑިއާ އިން ބުނީ އުމުރުން 54 އަހަރުގެ ޒެންގްކައި ނަހަމަ ގޮތުގައި ހޯދާފައިވާ ހުރިހާ މުދަލެއް ސަރުކާރަށް ނަގާނެ އެވެ.
ރައީސް ޝީ ޖިންޕިން ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ކޮރަޕްޝަނުގެ ކުށުގައި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަދަބު ދީފަ އެވެ. އެކަމަކު ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ރައީސް ޝީ ޖިންޕިންގެ އިދިކޮޅު މީހުން ހައްޔަރު ކުރަން ހިންގާ ކެމްޕޭނެއް ކަމަށެވެ.
ޗައިނާގެ ޑިފެންސް މިނިސްޓަރަށް ކޮރަޕްޝަންގެ ތުހުމަތު
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ނަޖީބު ދަތުރުގައި ދޮންދަރި ބައިވެރިކުރުން ކުށްވެރިކޮށްފި
ކޮރަޕްޝަން ތުހުމަތަށް 1 މިލިއަން މީހުން ތަހުގީގުކޮށްފި
ކޮރަޕްޝަނުގެ ކުށުގައި ޗައިނާ އޮފިޝަލަކަށް މަރުގެ އަދަބު
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ބެއިޖިންގެ ބަހާރުން، ޗޮންޗިންގެ ދެގުނަ އުފާވެރިކަމަށް
ޝަރުތުހަމަނުވާ މީހަކަށް ވަޒީފާ ދިން މައްސަލަ ޕީޖީ އަށް
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ