24 އޮކްޓޯބަރ 2016
ބެއިޖިން (އޮކްޓޯބަރު 24) - ކޮރަޕްޝަނުގެ އެކި ތުހުމަތުތަކާ ގުޅިގެން ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ޗައިނާގައި އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ މައްސަލާ ބަލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބެއިޖިން (އޮކްޓޯބަރު 24) - ކޮރަޕްޝަނުގެ އެކި ތުހުމަތުތަކާ ގުޅިގެން ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ޗައިނާގައި އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ މައްސަލާ ބަލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސިއްރު ބައްދަލުވުމަކަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން ކޮރަޕްޝަނުގެ ތުހުމަތަށް ގައުމުން ބޭރުން މި އަހަރު ވަނީ 409 މީހުން ހައްޔަރުކޮށްފަ އެވެ. މިއީ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތު ކަނޑައަޅަން ބާއްވާ ބައްދަލުވުމެކެވެ.
ރައީސް ކަމަށް ޝީ ޖިންޕިން ވަޑައިގަތުމަށް ފަހު ވަނީ ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފަ އެވެ. ނަމަވެސް ބައެއް އޮބްޒާވަރުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޝީގެ ބޭނުމަކީ ކޮރަޕްޝަނުގެ ތުހުމަތު އަޅުވާ ސިޔާސީ ވާދަވެރިން ނައްތާލުމެވެ.
ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ތަހުގީގު ކުރި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ދަށް ވަޒީފާތަކުގައި އުޅޭ މީހުންނާއި ވަޒީރުންނާއި ވިޔަފާރިވެރިންނާއި މީޑިއާތަކުގެ މީހުން ހިމެނެ އެވެ.
ރިޝްވަތު ނެގި ކަމުގެ ކުށުގައި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް މި މަހު ކުރީކޮޅު ވަނީ މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ. ޗައިނާގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ބައި އެންޕެއިގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ ކިބައިން ސިޔާސީ ހުރިހާ ހައްގެއް ވަނީ ނިގުޅައިގެންފަ އެވެ. ނަމަވެސް އޭނާގެ ހުކުމް ތަންފީޒު ކުރުން ވަނީ ދެ އަހަރަށް ފަސްކޮށްފަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި ޗައިނާ އޮފިޝަލަކަށް މަރުގެ އަދަބު
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާގެ ލޯނުތައް ދެއްކުން ލުއިކޮށްދޭން ނިންމަވައިފި
ރައީސް ޝީގެ ވާހަކަތައް އަޑު އިވުމުން ކަރުނަ ހިލޭވަރުވޭ
ރަަސްމާލޭގައި 30،000 ގެދޮރު އަޅަން ޗައިނާގެ އެހީ
ރާއްޖެ- ޗައިނާ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ޗައިނާއިން ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް
ޗައިނާގެ ބޮޑު އިތުބާރެއް ރައީސް ހޯއްދަވައިފި: ސައީދު