Roadha Mihaaru

ކޮރަޕްޝަނުގެ ކުށުގައި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު

ބެއިޖިން (އޮކްޓޯބަރު 9) - ރިޝްވަތު ނެގި ކަމުގެ ކުށުގައި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް މިއަދު މަރުގެ ހުކުމް އިއްވައިފި އެވެ.

ކޮރަޕްޝަނުގެ ކުށުގައި ޗައިނާ އޮފިޝަލަކަށް މަރުގެ އަދަބު
ހަސަން އާމިރު
ހަސަން އާމިރު

09 އޮކްޓޯބަރ 2016

ބެއިޖިން (އޮކްޓޯބަރު 9) - ރިޝްވަތު ނެގި ކަމުގެ ކުށުގައި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް މިއަދު މަރުގެ ހުކުމް އިއްވައިފި އެވެ.

ޗައިނާގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ބައި އެންޕެއިގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ ކިބައިން ސިޔާސީ ހުރިހާ ހައްގެއް ވަނީ ނިގުޅައިގެންފަ އެވެ. އަދި އޭނާގެ ހުރިހާ މުދަލެއް ވަނީ ނަގައިފަ އެވެ. ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ޕްރޮވިންޝަލް ކޮމިޓީގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ އެންޕެއިގެ މައްޗަށް ކުރި މަރުގެ ހުކުމް ތަންފީޒު ކުރުން ވަނީ ދެ އަހަރަށް ފަސްކޮށްފައި ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.

ރައީސް ކަމަށް ޝީ ޗިންޕިން ވަޑައިގަތުމަށް ފަހު ޗައިނާ އިން ވަނީ ކޮރަޕްޝަން ނައްތާލުމަށް ފިޔަވަޅުތައް އަޅުއްވަން ފައްޓަވައިފަ އެވެ. ޝީ ޗިންޕިން އިސް ނަންގަވައިގެން ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގައި އެކި ފެންވަރުގެ އެތައް ހާސް އޮފިޝަލުންނަކަށް މިހާރު ވެސް ވަނީ އަދަބު ދީފަ އެވެ.