Roadha Mihaaru
މިނިވަން ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުން ހަދައިފި

15 ގައުމެއް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދައިފި

16 ނޮވެމްބަރ 2020

ހެނޮއީ (ނޮވެމްބަރު 15) - އޭޝިއާ ޕެސިފިކުގެ 15 ގައުމެއް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި ބްލޮކް ގާއިމްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހެނޮއީ (ނޮވެމްބަރު 15) - އޭޝިއާ ޕެސިފިކުގެ 15 ގައުމެއް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި ބްލޮކް ގާއިމްކޮށްފި އެވެ.

ރީޖަނަލް ކޮމްޕްރެހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް (އާރްސީއީޕީ) ގާއިމްކޮށްފައި ވަނީ، ތަޖްރިބާކާރުން ބުނާ ގޮތުގައި، ޗައިނާގެ ނުފޫޒް ސަރަހައްދަށް ކުޑަ ކުރުމުގެ ގޮތުންނެވެ. ސައުތު އީސްޓް އޭޝިއާގެ 10 ގައުމަކާ އެކު ގާއިމްކުރި ބްލޮކުގައި ޗައިނާ، ޖަޕާން، ސައުތު ކޮރެއާ، ނިއު ޒީލެންޑް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. އަލަށް ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ ގައުމުތައް ދުނިޔޭގެ އިގްތިސާދުގެ 30 ޕަސެންޓް ހިއްސާ ކުރެ އެވެ. އަދި އެ ގައުމުތަކުގެ އާބާދީ ދެ ބިލިއަނަށް ވުރެ އިތުރެވެ.

މީގެ 12 އަހަރު ކުރިން ގާއިމްކުރަން މަޝްވަރާ ކުރި އެއްބަސްވުމުން އިންޑިއާ މިދިޔަ އަހަރު ވަނީ ވަކިވެފަ އެވެ. ސަބަބެއް ކަމަށް އިންޑިއާ އިން ބުނެފައި ވަނީ ޗައިނާގެ އަގުހެޔޮ މުދާ އެ ގައުމަށް އެތެރެ ކުރުން ހުއްޓުވުމެވެ. އެއްބަސްވުމުގައި ސޮއިކުރި ގައުމުތަކުން ބުނެފައި ވަނީ ކުރިމަގުގައި އިންޑިއާ އަދި މި އެއްބަސްވުމުގައި ބައިވެރިވާނެ ކަމަށެވެ. އާރްސީއީޕީ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވިއެޓްނާމުގެ ހެނޮއީގައި ބޭއްވި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ ގައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައި ކަމަށެވެ.

އާރްސީއީޕީގެ ބޭނުމަކީ އެ ބްލޮކުގައި ހިމެނޭ ގައުމުތަކުގެ މެދުގައި ޓެރިފް ކުޑަކޮށް މުދާ ބަދަލުކޮށް، ޚިދުމަތާއި ވިޔަފާރި ހުޅުވާލުމެވެ.