Roadha Mihaaru
އައިފޯނު 6ގެ 32 ޖީބީގެ ފޯނު ބާޒާރަށް ނެރެފި

އައިފޯނު 6ގެ 32 ޖީބީގެ ފޯނު ބާޒާރަށް ނެރެފި

06 މާޗް 2017

އައިފޯނު 6 އެޕަލް އިން 2014 ގައި ނެރުނުއިރު ކަމެއް އުނިވެފައިވެ އެވެ. ބޮޑަށް ބެލެވެނީ އެއީ ގަސްދުގައި ކުރި ކަމަކާ އެވެ. އައިފޯނު 6ގެ 32ޖީބީ ފޯނެއް ނުނެރެ އެވެ. ނެރުނީ 16ޖީބީ، 64ޖީބީ އަދި 128ޖީބީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯނު 6 އެޕަލް އިން 2014 ގައި ނެރުނުއިރު ކަމެއް އުނިވެފައިވެ އެވެ. ބޮޑަށް ބެލެވެނީ އެއީ ގަސްދުގައި ކުރި ކަމަކާ އެވެ. އައިފޯނު 6ގެ 32ޖީބީ ފޯނެއް ނުނެރެ އެވެ. ނެރުނީ 16ޖީބީ، 64ޖީބީ އަދި 128ޖީބީ އެވެ.

އެކަމަކު އައިފޯނު 6 އަލުން ބާޒާރަށް ނެރެފި އެވެ. އެއީ 32ޖީބީގެ ފޯނެކެވެ. އެކަމަކު އެއްވެސް މީހަކު ސްޓޭޖަކަށް ނާރަ އެވެ. ފޮންޏެއް ނުކަނޑަ އެވެ. އެ ފޯނުގެ މޮޅު ވާހަކައެއް ނުދައްކަ އެވެ. އެކަން އެނގޭ ގިނަ ބަޔަކު ވެސް ނެތެވެ.

އައިފޯނު 6، 32ޖީބީ ނެރުނީ އޭޝިއާ އަށެވެ. ޚާއްސަކޮށްފައި ވަނީ ޗައިނާ އަދި ޓައިވާނަށެވެ. އާންމު ރީޓެއިލް ފިހާރަތަކުން މި ފޯނު ގަންނަން ނުލިބޭނެ ކަމަށްވެ އެވެ. އެޕަލް އޮންލައިން ސްޓޯރުން ވެސް ގަންނާކަށް ނުލިބޭނެ އެވެ. އަދި މިއީ އޮންލައިންކޮށް ލިސްޓްކުރެވޭ ފޯނަކަށް ވެސް ނުވާނެ ކަމަށްވެ އެވެ.

ޗައިނާ މާކެޓް އެޕަލް އަށް ގެއްލެމުން ދާތީ މޮޅު ގޮތެއް ހެދީ ކަމަށް ވެދާނެ އެވެ. ޗައިނާގައި އައިފޯނު ބޭނުންކުރާ އެވްރެޖް މީހުންނަށް އަމާޒުކޮށް އަގު ހެޔޮ ގޮތަކަށް ލިބޭ މޮޑެލެއް ތައާރުފުުރުމަކީ މި ދަނޑިވަޅުގައި ކުރި ބުއްދިވެރި ކަމެކެވެ. ބުނެވޭ ގޮތުގައި ޗައިނާ އަދި ޓައިވާނުގައި ވެސް މި ފޯނު ވިއްކާނީ ކޮންޓްރެކްޓަށެވެ. ޓައިވާނުގައި ކޮންޓްރެކްޓްކުރަނީ މަހަކު 45 ޑޮލަރު ދައްކާ ގޮތަށް 30 މަހަށް ބަހާލައިގެންނެވެ.