Roadha Mihaaru
އައިފޯން 6އެސް އަކީ ކޮޕީއެއްކަމަށް ބުނެ ދައުވާކޮށްފި

ޗައިނާ ކުންފުންޏަކުން ބުނަނީ އައިފޯން 6އެސް އަކީ ކޮޕީއެއް ކަމަށް

19 ޖޫން 2016

އަބަދުވެސް އިވެނީ އަދި ފެންނަނީ ޗައިނާގެ ކޮންމެވެސް ކުންފުންޏަކުން ކޮންމެވެސް އެހެން ބައެއްގެ ފޯނެއް ކޮޕީކޮށްގެން އުޅެނިކޮށެވެ. އެހެންވެ ޗައިނާގެ އުފެއްދުންތައް އެހެން ބަޔަކު ކޮޕީކުރަނީއޭ ބުންޏަސް އެ ވާހަކަ އެހާ ސީރިއަސްކޮށް ނަގާނެ މީހަކު ވަރަށް މަދުވާނެ އެވެ. މިއީ އެކަހަލަ ކަމެކެވެ. އެޕަލްގެ އައިފޯން 6އެސް އަކީ ޗައިނާ ކުންފުންޏަކުން މާކުރިން އުފައްދާފައިވާ ފޯނެއްގެ ޑިޒައިން ކޮޕީކޮށްގެން ހަދާފައިވާ ފޯނެއް ކަމަށް ބުނެ މިހާރު ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

"ބައިލީ" ނަމަކަށް ކިޔާ ކުޑަކުޑަ ކުންފުންޏަކުން ބުނަނީ އައިފޯން 6އެސް އަކީ ބައިލީ އިން އުފައްދާފައިވާ "100ސީ" ފޯނުގެ ކޮޕީއެއް ކަމަށެވެ. މި ކުޑަކުޑަ ކުންފުނިން، ބިޔަ އެޕަލްއާ ދެކޮޅަށް ކުރި ޝަކުވާ މިހާރު ވަނީ ބެއިންޖިން އިންޓަލެކްޗުއަލް ޕްރޮޕަޓީ (ބީއައިޕީ) އިން ބަލައިގެންފަ އެވެ. ގަބޫލުކުރެވެނީ މި މައްސަލަ ބަލައިގަންނާނީ ވެސް ޝަކުވާގައި ކޮންމެވެސް ބުރަދަނެއް ހުރެގެން ކަމެވެ.

މި ޝަކުވާއާ ގުޅިގެން ބީއައިޕީން ވަނީ ޗައިނާގައި އައިފޯން 6 އާއި 6އެސް ވިއްކުން ހުއްޓާލުމުގެ އަމުރެއް ވެސް ނެރެފަ އެވެ. އެކަމަކު އެޕަލް އިން އެ ނިންމުން އިސްތިއުނާފުކޮށް މިހާރު ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ހައިރާންވާން ޖެހޭ ކަމަކީ ބަލާ ބެލުމަށް ވެސް މި ދެ ފޯނު އެހާ ވައްތަރު ނުވާތީ އެވެ. އެކަމަކު ދެން އޮތީ ކޯޓުން މި ކަމުގައި ނިންމާ ގޮތަކަށް އިންތިޒާރު ކުރުމެވެ.

މިފަދަ ޝަކުވާތައް އެޕަލް އަށް އަލެއް ނޫނެވެ. މީގެ ކުރިން އެމެރިކާ ކުންފުންޏަކުން ވެސް ވަނީ އެ ކުންފުނީގެ ފޯނެއްގެ ޑިޒައިން އެޕަލް އިން ކޮޕީކުރި ކަމަށް ބުނެ ދައުވާކޮށްފަ އެވެ.