Roadha Mihaaru
އެޕަލްގެ "ރަތް ފޯނު"ގެ ވާހަކަ ޗައިނާގައި ނުދެއްކޭނެ

އެޕަލްގެ "ރަތް ފޯނު"ގެ ވާހަކަ ޗައިނާގައި ދައްކާކަށް ނުކެރުނު

26 މާޗް 2017

އެޕަލް އައިފޯން 7 ގެ ހާއްސަ އެޑިޝަނެއްގެ ގޮތުގައި ރަތް ކުލައިގެ ފޯނުތަކެއް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ. އެޕަލް "ޕްރޮޑަކްޓް" ރެޑް ގެ ތައްގަނޑުގައި އެޕަލް އިން އުފެއްދުންތައް ބާޒާރަށް ނެރެނީ އެއިޑްސްއާ މެދު ހޭލުންތެރިކަން އިތުރުކޮށް އެ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ފައިސާ ހޯދާ ޗެރިޓީ މަސައްކަތެއްގެ ގޮތުގަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެޕަލް އައިފޯން 7 ގެ ހާއްސަ އެޑިޝަނެއްގެ ގޮތުގައި ރަތް ކުލައިގެ ފޯނުތަކެއް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ. އެޕަލް "ޕްރޮޑަކްޓް" ރެޑް ގެ ތައްގަނޑުގައި އެޕަލް އިން އުފެއްދުންތައް ބާޒާރަށް ނެރެނީ އެއިޑްސްއާ މެދު ހޭލުންތެރިކަން އިތުރުކޮށް އެ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ފައިސާ ހޯދާ ޗެރިޓީ މަސައްކަތެއްގެ ގޮތުގަ އެވެ.

އެކަމަކު ރަތް ކުލައިގެ އައިފޯނު ޗައިނާގައި މާކެޓްކުރަނީ އެހެން ގޮތަކަށެވެ. މިއީ އެއިޑްސްއާ ގުޅުން ހުރި ޕްރޮޖެކްޓްތަކަށް އެހީވުމަށް ވިއްކާ ފޯނެއް ކަމަށް ބުނެފައި ވަނީ އެޕަލްގެ ޗައިނާ ވެބްސައިޓުގައި އެކަންޏެވެ. އެޕަލްގެ ޗައިނާ ވެބްސައިޓުގައި ރަތް ފޯނު ތައާރަފްކޮށްދީފައި ވަނީ "މިހާރު ރަތްކުލައިން" ކަމަށް ބުނެފަ އެވެ. މިއީ ހާއްސަ އުފެއްދުމެއް ކަމެއް އަދި އެ ފޯނު ވިއްކައިގެން ކުރަނީ ކީއްކަމެއް ބުނެފައެއް ނުވެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ޗައިނާގައި ބޮޑެތި ވިޔަފާރިތަކަށް ވެސް ސިޔާސީ ނުފޫޒު ފޯރާކަމުގެ ހެއްކެއް ކަމަށެވެ. އެކަމަކު އެޕަލް އިން މިކަމާ އެއްޗެއް ނުބުނެ އެވެ.

އެޕަލް އިން ޗައިނާގައި މި ފޯނު ތަފާތު ގޮތަކަށް މާކެޓްކުރަނީ ކީއްވެގެންހެއްޔެވެ؟

ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ. އެކަމަކު ދިރާސާކުރާ މީހުން ބުނަނީ އެއިޑްސް އަކީ ޗައިނާގައި "ދައްކަން ނުވާ" ވާހަކައެއް ކަމަށް ވާތީ އެޕަލް އަށް ވެސް އެ މީހުންގެ ފޯނު ވިއްކަނީ އެއިޑްސްއާ ގުޅުން ހުރި ކަމެއްގައިކަން ބުނަން ނުކެރުނީ ކަމަށެވެ. ނުވަތަ ބުނުން މަނާކުރީ ކަމަށެވެ.

އެޕަލް އިން ނެރުނު ރަތްކުލައިގެ އައިފޯން

އެޕަލް އިން ނެރުނު ރަތްކުލައިގެ އައިފޯން

ޗައިނާއިން އެއިޑްސް ފެނުނީ 1989 ވަނަ އަހަރު އެވެ. އަދި 2000 ވަނަ އަހަރު އައި އިރު މުޅި ގައުމުގައި ނުރައްކާތެރި މިންވަރަކަށް އެ ބަލި ފެތުރިފައިވެ އެވެ. އެކަމަކު ޗައިނާއިން މިހާރުވެސް ދަނީ އެއިޑްސްގެ ހާލަތު އެ ގައުމުގައި އޮތް މިންވަރު ސިއްރުކުރަމުންނެވެ. އަދި އެއިޑްސް ޖެހިފައި ތިބޭ މީހުންނާ މެދު ވަރަށް ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ރިޕޯޓްތައް ގިނަ އެވެ.

އެޕަލްގެ ރަތް ފޯނަކީ ހަމައެކަނި އިތުރުކޮށްލި ކުލައެއް ކަމަށް ބުނެ ޗައިނާގައި މާކެޓް ކުރަނީ އެހެން ސަބަބަކާ ހުރެ ކަމަށް ވެސް ވެދާނެ އެވެ. އެޕަލް އަށް ޗައިނާގައި ކުރިމަތިވާ މައްސަލަތައް މިހާރުވެސް މަދެއް ނޫނެވެ.

އެޕަލް އަށް މިދިޔަ އަހަރު ވެސް ޗައިނާ ސަރުކާރުގެ ފަރާތުން މައްސަލަތައް ކުރިމަތިވި އެވެ. އެޕަލް އިން ޗައިނާގައި ދޭ ބައެއް ހިދުމަތްތައް ހުއްޓާލަން ޖެހުނެވެ. ނިއު ޔޯކް ޓައިމްސްގެ ފޯން އެޕްލިކޭޝަން ޗައިނާއިން ޑައުންލޯޑް ނުކުރެވޭ ގޮތް ވެސް ހަދަން މަޖުބޫރުވި އެވެ.