02 ނޮވެމްބަރ 2016
ކުއާލަ ލަމްޕޫރު (ނޮވެމްބަރު 2) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދޮންދަރިފުޅު ރިޒާ އަޒީޒް ބައިވެރި ކުރެއްވި މައްސަލަ އެ ގައުމުގެ ސިޔާސީ ބައެއް ފަރާތްތަކުން ކުށްވެރިކޮށްފި އެވެ.
ކުއާލަ ލަމްޕޫރު (ނޮވެމްބަރު 2) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދޮންދަރިފުޅު ރިޒާ އަޒީޒް ބައިވެރި ކުރެއްވި މައްސަލަ އެ ގައުމުގެ ސިޔާސީ ބައެއް ފަރާތްތަކުން ކުށްވެރިކޮށްފި އެވެ.
ރިޒާ އަޒީޒަކީ މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ބައިވެރިވާ މީހެކެވެ. އެ ބޭންކުން ރިޒާ 200 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. 1އެމްޑީބީގެ މަނީލޯންޑްރިންގެ މައްސަލަ ބައެއް ގައުމުތަކުން ދަނީ ބަލަމުންނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ 1އެމްޑީބީގެ ޚިޔާނާތްވެފައިވާ ކަމަށް ބެލެވޭ އެއް ބިލިއަން ޑޮލަރުން އެމެރިކާ އިން ލަގްޒަރީ ހޮޓާތައް ގަނެ ރިއަލް އެސްޓޭޓުގެ ވިޔަފާރި ހިންގާފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ޕާލަމެންޓުގައި ވާހަކަ ދައްކަމުން އިއްޔެ ވަނީ ކޮރަޕްޝަނުގެ ބޮޑު ޚިޔާނާތުގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ސަރުކާރުގެ ރަސްމީ ދަތުރެއްގައި އިތުރަށް ޚަރަދު ކުރަންޖެހޭތޯ ސުވާލުކޮށްފަ އެވެ.
"ރައްޔިތުންގެ ފައިސާ އިން ރިޒާ އަށް ޚަރަދު ކުރާކަށް ނުޖެހޭ. އެއީ ހަައްޔަރުކޮށް ސުވާލު ކުރަން ޖެހޭ މީހެއް،" ޕާލަމެންޓުގެ އިދިކޮޅު މެންބަރެއް ކަމަށްވާ ރަފީޒީ ރަމްލީ ވިދާޅުވި އެވެ.
ޗައިނާ ދަތުރުގައި ނަޖީބުގެ އާއިލާގެ މީހުން ބައިވެރިކުރި މައްސަލަ ދިފާއުކޮށް މެލޭޝިއާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޗައިނާ އިން ދައުވަތު ދީފައި ވަނީ ނަޖީބު މުޅި އާއިލާ އަށް ކަމަށެވެ.
ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް ވަނީ 1އެމްޑީބީން 681 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
"ނަޖީބު މަސައްކަތްކުރީ އަމިއްލަ އަށް މުއްސަނދިވާން"
ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި
ނަޖީބުގެ އަނބިކަނބަލުންނަށް ކޮރަޕްޝަނުގެ އާ ދައުވާއެއް
ކޮރަޕްޝަނުގެ ތުހުމަތާ ނަޖީބު ދެކޮޅު ހައްދަވައިފި
ނަޖީބު ރައްޒާގުގެ ޝަރީއަަތް ފަސްކޮށްފި