28 އޯގަސްޓް 2019
ކުއާލަ ލަމްޕޫރު (އޮގަސްޓް 28) - މެލޭޝިއާގެ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެ ކުންފުނީގެ ބޯޑުގެ ޗެއާމަންގެ މަގާމާއި ބޮޑު ވަޒީރު އަދި ފިނޭންސް މިނިސްޓަރުގެ މަގާމުގެ ނުފޫޒް ބޭނުންކުރައްވައިގެން މަސައްކަތް ކުރެއްވީ އަމިއްލަ އަށް މުއްސަނދިވުމަށް ކަމަށް ލީޑް ޕްރޮސެކިއުޓާ ގޯޕާލް ސްރީ ރާމް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކުއާލަ ލަމްޕޫރު (އޮގަސްޓް 28) - މެލޭޝިއާގެ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެ ކުންފުނީގެ ބޯޑުގެ ޗެއާމަންގެ މަގާމާއި ބޮޑު ވަޒީރު އަދި ފިނޭންސް މިނިސްޓަރުގެ މަގާމުގެ ނުފޫޒް ބޭނުންކުރައްވައިގެން މަސައްކަތް ކުރެއްވީ އަމިއްލަ އަށް މުއްސަނދިވުމަށް ކަމަށް ލީޑް ޕްރޮސެކިއުޓާ ގޯޕާލް ސްރީ ރާމް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ނަޖީބުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ އެތައް މައްސަލައެއްގެ ތެރޭން 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ ބޮޑު ޚިޔާނާތުގެ ޝަރީއަތުގައި ގޯޕާލް ވިދާޅުވީ އަމިއްލަ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކުރުމުގައި ނަޖީބު ވަނީ އަމިއްލަ އަށް ވެސް އިސް ރޯލެއް އަދާކުރައްވާފައި ކަމަށެވެ.
މިދިޔަ އަހަރުގެ އިންތިޚާބުގައި ނަޖީބުގެ ވެރިކަން ވެއްޓުމުގެ މައިގަނޑު ސަބަބަކީ ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަނުގެ މައްސަލަތަކެވެ. ނަޖީބުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފަށާފައި ވަނީ އެޕްރީލް މަހު އެވެ. ފުރަތަމަ ބެލީ 1އެމްޑީބީގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަނުގެ މައްސަލަ އެވެ. އެ މައްސަލަ ވަނީ ނަޖީބުގެ ލޮލުގެ ބައްޔަކާ ގުޅިގެން އޮގަސްޓް 14 ވަނަ ދުވަހު ފަސްކޮށްފަ އެވެ. 1އެމްޑީގެ ޚިޔާނާތުގެ މައްސަލަ މިއަދު ފެށީ އެސްއާރްސީގެ މައްސަލަ މަޑުޖައްސާލުމަށް ފަހު އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ހެކީގެ ލިޔުންތައް މިއަދު ކޯޓަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ނަޖީބުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އެންމެ ބޮޑީ 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް 2.28 ބިލިއަން ރިންގިޓް (540 މިލިއަން ޑޮލަރު) ޖަމާކުރި މައްސަލަ އެވެ.
އެކަމަކު އުމުރުން 66 އަހަރުގެ ނަޖީބު ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވައިފަ އެވެ.
ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން 2015 ވަނަ އަހަރު ފަޅާއެރުމުން މެލޭޝިއާގެ ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، އޭރުގެ އެޓާނީ ޖެނެރަލް ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއް ކަމަށް ނިންމައިފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ވަނީ ހުއްޓާލައިފަ އެވެ.
ޕްރޮސެކިއުޓަރުން ވަނީ މި މައްސަލައިގައި 60 އަށް ވުރެ ގިނަ ހެކި ހުށަހަޅަން ނިންމައިފަ އެވެ. ނަޖީބުގެ ވަކީލުން ވަނީ އެފަދަ ބޮޑު މައްސަލައަކަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. މައްސަލަ ކުރިއަށް ގެންދިއުމާ މެދު ފަނޑިޔާރު ގޮތެއް ނިންމާނީ ނޮވެމްބަރު މަހު އެވެ.
1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކޮށްފައިވެ އެވެ.
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި
ނަޖީބުގެ އަނބިކަނބަލުންނަށް ކޮރަޕްޝަނުގެ އާ ދައުވާއެއް
ކޮރަޕްޝަނުގެ ތުހުމަތާ ނަޖީބު ދެކޮޅު ހައްދަވައިފި
ނަޖީބު ރައްޒާގުގެ ޝަރީއަަތް ފަސްކޮށްފި
ޝަރީއަތް ލަސްކުރެވޭތޯ ނަޖީބް މަސައްކަތް ކުރައްވަނީ