11 ފެބުރުއަރީ 2019
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 11) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކޮށްފައިވާ ބޮޑު ޚިޔާނާތުގެ ޝަރީއަތް މާދަމާ ފަށަން ތައްޔާރުވެފައި ވަނިކޮށް ނަޖީބުގެ ވަކީލުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޝަރީއަތް ފަސްކޮށްފި އެވެ.
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 11) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކޮށްފައިވާ ބޮޑު ޚިޔާނާތުގެ ޝަރީއަތް މާދަމާ ފަށަން ތައްޔާރުވެފައި ވަނިކޮށް ނަޖީބުގެ ވަކީލުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޝަރީއަތް ފަސްކޮށްފި އެވެ.
ޝަރީއަތް ފަސްކޮށްފައި ވަނީ އިސްތިއުނާފް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އެކަމަށް އެއްބަސްވުމުންނެވެ. ނަމަވެސް ޕްރޮސެކިއުޝަން ޓީމުން ބުނެފައި ވަނީ ޝަރީއަތް މާބޮޑު ތަން ފަސް ނުވާނެ ކަމަށެވެ. އަދި ހަފުތާއެއް ނޫނީ ދެ ހަފުތާ ތެރޭގައި އަޑުއެހުންތައް ފެށޭވަރު ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީން ވަނީ ނަޖީބުގެ ވެރިކަމުގައި ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ. އެ ބޭންކުގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. 1އެމްޑީބީގެ ޚިޔާނާތުގެ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ. 1އެމްޑީބީ ޚިޔާނާތާ ގުޅޭ 42 މައްސަލައެއްގައި ނަޖީބުގެ މައްޗަށް ދައުވާ ކުރެ އެވެ.
އަންގާރަ ދުވަހު ޝަރީއަތް ބާއްވަން ތާވަލްކުރީ 1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަލް އިން ނަޖީބު ނެންގެވި ކަމަށް ބެލެވޭ 42 މިލިއަން ރިންގިޓް (10.3 މިލިއަން ޑޮލަރު) އާ ގުޅޭ މައްސަލައިގަ އެވެ. ނަޖީބުގެ މައްސަލަ ފަސްކުރީ އޭނާގެ ކޮރަޕްޝަނުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނިކޮށެވެ.
މިދިޔަ އަހަރު މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބުގެ ވެރިކަން ވެއްޓުނު މައިގަނޑު ސަބަބަކީ ވެސް ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ބޮޑުވުމެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
"ނަޖީބު މަސައްކަތްކުރީ އަމިއްލަ އަށް މުއްސަނދިވާން"
ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި
ނަޖީބުގެ އަނބިކަނބަލުންނަށް ކޮރަޕްޝަނުގެ އާ ދައުވާއެއް
ކޮރަޕްޝަނުގެ ތުހުމަތާ ނަޖީބު ދެކޮޅު ހައްދަވައިފި
ޝަރީއަތް ލަސްކުރެވޭތޯ ނަޖީބް މަސައްކަތް ކުރައްވަނީ