28 ޖުލައި 2020
ކުއާލަ ލަމްޕޫރު (ޖުލައި 28) - 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ މަލްޓި-މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައިގައި ކުށް ސާބިތުވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށްލުމާއި 50 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިއަދު ހުކުމްކޮށްފި އެވެ.
ކުއާލަ ލަމްޕޫރު (ޖުލައި 28) - 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ މަލްޓި-މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައިގައި ކުށް ސާބިތުވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށްލުމާއި 50 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިއަދު ހުކުމްކޮށްފި އެވެ.
އުމުރުން 67 އަހަރުގެ ނަޖީބުގެ މައްޗަށް ޖަލު ހުކުމް އިއްވި ނަމަވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލާނެ އެވެ.
ކުއާލަ ލަމްޕޫރުގެ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލާން މުހައްމަދު ގަޒާލީ ވަނީ 1އެމްޑީބީގެ އެކައުންޓުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި ނަޖީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް މިއަދު ވަނީ ސާބިތުވެފަ އެވެ. ކޮންމެ ކުށަކަށް 10-12 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް ހުރިހާ ހުކުމެއް ތަންފީޒް ކުރާނީ އެކުއެކީގަ އެވެ. އެހެންވެ މަދުވެގެން 12 އަހަރު ޖަލުގައި އޭނާ ހޭދަކުރައްވަން ޖެހޭނެ އެވެ.
ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނަޖީބު މިއަދު ވަނީ އޭނާގެ ބޮޑު ވަޒީރުކަމުގެ ނުވަ އަހަރުގެ ރެކޯޑް ދިފާއު ކުރައްވައިފަ އެވެ. އަދި ކުށްވެރި ވެއްޖެ ނަމަ އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނަޖީބު ރައްޒާގު ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޕްރޮސެކިއުޓަރު ވީ. ސިތަމްބަރަމް ވިދާޅުވީ ނަޖީބު ވަނީ ގައުމަށް ވެސް ޚިޔާނާތްތެރިވެފައި ކަމަށާއި އެހެންވެ ހަރުކަށި އަދަބެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މެލޭޝިއާގައި 2009 އިން 2018 އަށް ބޮޑުވަޒީރުގެ މަގާމުގައި ނަޖީބު ހުންނެވި އިރު ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވެ އެވެ. އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބަށް ނާކާމިޔާބުވުމުގެ ސިއްރަކީ ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެވެ.
ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު 1އެމްޑީބީ އުފެއްދީ މެލޭޝިއާގެ އިގްތިސާދަށް ކުރިއެރުން ގެނައުމަށްޓަކައި އިންވެސްޓްމަންޓް ބޭންކެއްގެ ގޮތުގަ އެވެ. އެ ބޭންކުން ކޮރަޕްޝަން ހިންގާފައިވާކަން ފަޅާ އަރަން ފެށީ 2015 ވަނަ އަހަރު އެވެ. މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ.
ނަޖީބުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ އެހެން ދައުވާތަކުގެ ތެރޭގައި 2011 އާއި 2014 އާ ދެމެދު 1އެމްޑީބީން 2.28 ބިލިއަން ރިންގިޓް (550 މިލިއަން ޑޮލަރު) ނަންގަވާފައިވުން ހިމެނެ އެވެ. ނަޖީބުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ 21 ދައުވާ އާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ހަތަރު ދައުވާ އުފުލައިފަ އެވެ. ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ އުފުލައިފަ އެވެ.
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
"ނަޖީބު މަސައްކަތްކުރީ އަމިއްލަ އަށް މުއްސަނދިވާން"
ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި
ނަޖީބުގެ އަނބިކަނބަލުންނަށް ކޮރަޕްޝަނުގެ އާ ދައުވާއެއް
ކޮރަޕްޝަނުގެ ތުހުމަތާ ނަޖީބު ދެކޮޅު ހައްދަވައިފި
ނަޖީބު ރައްޒާގުގެ ޝަރީއަަތް ފަސްކޮށްފި
ޝަރީއަތް ލަސްކުރެވޭތޯ ނަޖީބް މަސައްކަތް ކުރައްވަނީ