Roadha Mihaaru
ލުބުނާނުގެ އިންތިޚާބު: ހިޒްބުﷲ އިން ކާމިޔާބު އިއުލާންކޮށްފި

ލުބުނާނުގެ އިންތިޚާބު: ހިޒްބުﷲ އިން ކާމިޔާބު އިއުލާންކޮށްފި

08 މެއި 2018

ބޭރޫތު (މެއި 8) - ލުބުނާނުގައި ވޭތުވެދިޔަ ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބޭއްވި އާއްމު އިންތިޚާބުން ކާމިޔާބު ހޯދާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އިއުލާން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (މެއި 8) - ލުބުނާނުގައި ވޭތުވެދިޔަ ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބޭއްވި އާއްމު އިންތިޚާބުން ކާމިޔާބު ހޯދާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އިއުލާން ކުރައްވައިފި އެވެ.

ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރި ނަމަވެސް ނަސްރުﷲ ވިދާޅުވީ އިންތިޚާބުގައި އެމީހުންނަށް ލިބުނު ކާމިޔާބީގެ ސަބަބުން އިޒްރޭލާ ދެކޮޅު އިހްތިޖާޖް ކުރިއަށް ގެންދެވޭނެކަން ޔަގީންވާ ކަމަށެވެ.

ސުންނީ ބޮޑު ވަޒީރު ސައުދު ހަރީރީ ވިދާޅުވީ އޭނާގެ ފިއުޗާ މޫވްމަންޓް ޕާޓީ އަށް ތިންބައިކުޅަ އެއްބައި ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ހަރީރީ ވިދާޅުވީ އޭނާގެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ 21 ގޮނޑި ކަމަށެވެ.

އިންތިޚާބު ބޭއްވިތާ އެއް ދުވަސް ފަހުން ނަސްރުﷲ ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ސިޔާސީ ގޮތުން ބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށެވެ. ހިޒްބުﷲ އަށް ކާމިޔާބު ކުރެވުނީ ކިތައް ގޮނޑި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނީ މިހާތަނަށް ވަނީ ޕާލަމެންޓުގެ 128 ގޮނޑީގެ ތެރޭން 67 ގޮނޑި ހިޒްބުﷲ އިން ކާމިޔާބު ކޮށްފައި ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓުލާފައި ވަނީ 49.2 ޕަސެންޓް މީހުންނެވެ. މީގެ ނުވަ އަހަރު ކުރިން ބޭއްވި އިންތިޚާބުގައި ވަނީ 54 ޕަސެންޓް މީހުން ވޯޓު ދީފަ އެވެ.