Roadha Mihaaru
މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!

މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!

06 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އަމިއްލަފުޅަށް ކަންކަން ނުކުރެއްވޭތީ އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ޖަލަށް ގެންދަވަން ފައްޓަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އަމިއްލަފުޅަށް ކަންކަން ނުކުރެއްވޭތީ އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ޖަލަށް ގެންދަވަން ފައްޓަވައިފި އެވެ.

މައުމޫންގެ އާއިލާ އިން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް ވަނީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައި ކަމަށެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

އަދި މިދިޔަ ބުދަ ދުވަހުން ފެށިގެން މައުމޫންގެ ހާލުކޮޅު ސީރިއަސް ކަމަށް އާއިލާ އިން ބުނެ އެވެ.

December in feshigen maumoon ulhuvvanee aburaiganna aalaaskanfulheggai: Aailaa

December in feshigen maumoon ulhuvvanee aburaiganna aalaaskanfulheggai: Aailaa

The most trusted news source in the Maldives

Mihaaru

ޑިސެމްބަރުން ފެށިގެން ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާ: އާއިލާ

މައުމޫންގެ އާއިލާއާ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ ހުކުރު ދުވަހާއި އިއްޔެ ވެސް މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ދޫނިދު އަށް ގެންދެވި ކަމަށެވެ. އެގޮތުން ރޭ 7:45 އިން ފެށިގެން ދެ ގަޑިއިރު ވަންދެން ނަސްރީނާ ހޭދަކުރެއްވީ ފިރިކަލުން މައުމޫންގެ އަރިހުގަ އެވެ.

"ރައީސް މައުމޫން އެނދުން ތެދުވެވަޑައެއް ނުގަންނަވާ. ބެލެންސް ނުކުރެއްވޭ ކޮޅަށް ހުންނަވާކަށް. ނަސްރީނާ އިއްޔެ ވަޑައިގެން ރައީސްގެ ތުނބުޅިފުޅު ބާލައިދީ ކަންކަން ކުރައްވާފަ ވަޑައިގެންނެވީ،" އޭނާ ވިދާޅުވި އެވެ.

އެ މަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ވަނީ ލަފާދީފަ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު އަބަދުވެސް މައުމޫންގެ އަރިހުގައި ފުލުހަކު ހުރެ އެވެ. ނަމަވެސް އެ ފުލުހުން ގޮވައިގެން ފާޚާނާ އަށް ވަޑައިގަތުން ފަދަ ކަންކަން ކުރައްވަން މައުމޫން ދެކޮޅު ހައްދަވާ ކަމަށް، އާއިލާއާ ގުޅުން އޮންނަ ބޭފުޅާ ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ.

މައުމޫން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އަންގާފައިވަނީ އެކަން ކޮށްދެވެން ނެތް ކަމަށެވެ.